Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

اللهގެ ރަޙްމަތަށް އެދޭނަމަ ޤައުމު ހަލާކުނުކޮށް އެންމެން އެއްބައިވަންވަންތަވުމަށް އިންޒާރު ދެއްވައިފި!

اللهގެ ރަޙްމަތަށް އެދޭނަމަ ޤައުމު ހަލާކުނުކޮށް އެންމެން އެއްބައިވަންވަންތަވުމަށް އިންޒާރު ދެއްވައިފި!

ހުސައިން އިސްމާއިލް
420 ދުވަސް ކުރިން - 25 އޭޕްރިލް 2025 13:10
އިސްލާމީ މަރުކަޒުގައި ކުރެވުނު ނަމާދެއްގެ ތެރެއިން. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމީ މަރުކަޒުގައި ކުރެވުނު ނަމާދެއްގެ ތެރެއިން. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ކޮރަޕްޝަނާއި ޚިޔާނާތާއި އަނިޔާވެރިކަމުގެ ތެރެއިން އަމިއްލަ ޤައުމުތައް ހަލާކު ނުކުރުމަށާއި، މުސްލިމުން ބައިބައިކުރުމަށް ކުރާ މަސައްކަތަށް ހޭލައިތިބެ، އެންމެން ގުޅިގެން އުޅެންޖެހޭ ކަމަށް ބުނެ އިންޒާރު ދެއްވި.

ތިޔަބައިމީހުން މާތް اللهގެ ރަޙްމަތަށް އެދޭ ކަމުގައި ވާނަމަ މި ޤައުމު ހަލާކުނުކޮށް އެންމެން އެއްބައިވަންވަންތަވެ އެކަތިގަނޑަކަށް ވުމަށް، މިއަދުގެ ހުކުރު ޚުޠުބާގައި ވަރަށް ވަރުގަދަ އިންޒާރެއް ދިވެހި މުސްލިމު އަޚުންނާއި އުޚްތުންނަށް ދެއްވައިފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ، އަޅުގަނޑުމެން މުސްލިމުންގެ ތެރޭގައި ބައިބައިވުން އުފައްދަން ބަޔަކު މަސައްކަތް ކުރަމުންދާކަން ހަނދާންކޮށްދެއްވާފައެވެ. އެގޮތުން، ދުނިޔޭގެ އެންމެހާ މުސްލިމުންގެ މެދުގައި ބައިބައިވުމާއި ނަފްރަތާއި ދެކޮޅުވެރިކަން އުފައްދަމުންދާ ކަމަށާއި، މުއުމިނުންނަށް ގެއްލުން ދިނުމަށް ކުރަމުންދާ ކަންތަކަށް އަޅުގަނޑުމެން ދިވެހިން ވަރަށް ސަމާލުވެ ހޭލައި ތިބެންޖެހޭކަން ހަނދާންކޮށްދެއްވައި، މުއުމިނުންނަށް ގެއްލުން ނުދިނުމަށް އިންޒާރު ދެއްވިއެވެ. ޚުޠުބާގައި ކޮރަޕްޝަނާއި ޚިޔާނާތާއި އަނިޔާވެރިކަމުގެ ތެރެއިން އަމިއްލަ ޤައުމުތައް ހަލާކުކޮށްލާ މީހުންގެ ނުރައްކާތެރި ނަތީޖާތަކަށް އަލިއަޅުވާލެއްވިއެވެ.

“އެންމެ ނުބައި މީހަކީ އޭނާގެ ޤައުމު ހަލާކުކޮށް، ސުލްހައާއި އަމާންކަން ނައްތާލައި، އަމިއްލަ ރައްޔިތުންނާ ހަނގުރާމަކުރާ މީހާ،” އިމާމްގެ ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ހުރިހާ މުސްލިމުން ވެސް އަރަހުށި ހުސްޠާހިރުވަންތަ މާތް الله އަށް ބިރުވެތިވެ، އެކަލާނގެ އަމުރުފުޅާއި އެއްގޮތަށް ޢަމަލުތައ ބެހެއްޓުމުގެ ގޮތުން ތައްޔިތުން އެއްބައިވަންތަވެ، ދޭދޭމީހުން ވެސް ދެބަސްވުމާއި އެކަކު އަނެކަކަށް ބަދުބަސް ބުނުމުން ދުރުހެލިވުމަށް ގޮވާލެއްވިއެވެ. ޤުރުއާނާއި ޙަދީޘް ތަކަށް އަލިއަޅުވާލައްވަމުން، ބައިބައިވުމުގެ ބޮޑު ފާފައާއި، އޯގާތެރިކަމާއި، އެއްބައިވަންތަކަމާއި، ޢަދުލުވެރިކަމުގެ މާތްކަން ހަނދާންކޮށްދެއްވިއެވެ.

Advertisement

Advertisement 1

މިއަސުގެ ޚުޠުބާގައި، އެއްބައިވަންތަކަމާއެކު އުޅުމާއި، ފަގީރުންނަށް އެހީތެރިވުމާއި، އެކަކު އަނެކަކާއި ރަޙްމަތްތެރިކަމުގެ ގުޅުން އުފެއްދުމާއި، މަގުފުރެދިފައިވާ މީހުންނަށް މަގުދައްކައިދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ފަދައިން އެހެން މީހުންނަށް ގެއްލުމާއި އަނިޔާވެރިކަން ގެނެސްދޭ މީހުންނަށް މަތިވެރި މާތް الله ގެ ކޯފާ އާއި ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދެއްވިއެވެ.

މުޖުތަމަޢުގެތެރޭގައި ދޮގު ޚަބަރު ފަތުރާ މީހުންނާއި، މުސްލިމުންނަށް ފުރައްސާރަ ކުރާ މީހުންނާއި، ނުހައްގުން އަނެކާއަކީ ކާފަރެކޭ ބުނާ މީހުންނާއި، އަދި އެހެން މީހުންގެ ކުށްތައް ފަޅާއަރުވާ މީހުންގެ ނުބައިކަމާއެވެ. އެފަދަ މީހުންނާއި ސީދާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ.

“ފަހެ ތިޔަބައިމީހުން މުސްލިމުންނަށް އުނދަގޫކޮށް، އެ މީހުންގެ މައްޗަށް ބާޠިލު ތުހުމަތުތައް ނުކުރާށެވެ! ދޮގު ބުހުތާން ވާހަކަތައް ނުފަތުރާށެވެ! ދެރަކޮށް، ނިކަމެތިނުކޮށްލާށެވެ! ބަދުބަސް ބުނެ، ލަޢުނަތްދީ، ކާފިރުކޮށް، އެ މީހުންނީ ބިދުޢަވެރީންނާއި ފާސިޤުން ކަމުގައި ބުނެ ނޫޅޭށެވެ! އެ މީހުންގެ އަތްދަށުން ދޫވެގެން ކުރެވޭ ކުށްތައް ފަތުރައި، ފަޟީޙަތް ނުކުރާށެވެ! އެ މީހުންގެ މުދާ ވަގަށް ނަގައި، ކެހިދީ، އަބުރު ނަގައިލައި، އެ މީހުންގެ ފުރާނަޔަށާއި އަބުރަށް އަރައިނުގަންނާށެވެ! ކީރިތި ރަސޫލާ މިންބަރަށް އަރައިވަޑައިގަންނަވައި ހަރުއަޑުފުޅުން ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އެބައެއްގެ ދުލުން އީމާންވެ، އެ އީމާންކަން ހިތާހަމައަށް ނުފޯރާ މީހުންނޭވެ! ތިޔަބައިމީހުން މުސްލިމުންނަށް އުނދަގޫ ނުކުރާށެވެ! އެ މީހުންނަށް ޢައިބުނުކިޔާށެވެ! އެ މީހުންގެ ކުށްތައް ހޯދައި ހާމަނުކުރާށެވެ. އެހެނީ ތިމާގެ މުސްލިމް އަޚާގެ ކުށްތައް ހޯދައި އުޅޭ މީހުންގެ ކުށްތައް މާތް ﷲ ހާމަކުރައްވާހުއްޓެވެ. އަދި އެފަދަ މީހާ ގޭގެ އެތެރޭގައި ވިޔަސް މާތް ﷲ އޭނާ ފަޟީޙަތްކުރައްވާހުށްޓެވެ."

ޚުޠުބާ ނިންމަވައިލައްވަމުން، އަޅުގަނޑުމެންނަށް ގޮވައިލެއްވީ މަރުގެ ހަޤީޤަތާއި ނަރަކައިގެ އަލިފާންގަނޑުގެ މަތިން ހަނދާން ހަނދާން ނައްތާނުލުމަށެވެ. އަދި މުސްލިމުންނަށް އިލްތިމާސް ކުރެއްވީ އަޅުގަނޑުމެންގެ ފާފަތައް ގިނަވެ އުޑައި ޖެހެންދެން ހުރި ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ވެރިރަސްކަލާނގެ އަކީ ފާފަތައް ފުއްސެވުމުގައި އޯގާތެރި އަދި ދީލަތިވަންތަ ރަސްކަލާނގެކަން ހަނދުމަކޮށް އަވަހަށް ތައުބާވެ އަދި ތައުބާ މަތީގައި ދެމިހުރުމަށެވެ. އަދި، އަޅުގަނޑުމެން ދޫކޮށްލާ ކޮންމެ ނޭވާއަކީ މިދުނިޔެއާއި ވަކިވެ ހިސާބުބައްލަވާ ދުވަހާއި ކައިރިވަމުންދާ ކަމުގެ ނިޝާނެއްކަން ވެސް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

ހުކުރު ޚުޠުބާޚުޠުބާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުތުބާ: އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި މާތް ދުވަސް

"އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި ދުވަސް"

20 ގަޑިއިރު ކުރިން - 13:30

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

7 ދުވަސް ކުރިން - 13:05

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ހުތުބާގައި ގޮވާލައިފި

"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރޭ"

14 ދުވަސް ކުރިން - 13:00

ރިޝްވަތު ދިނުމާއި ޓެކުމާއި ޖުވާކުޅެގެން މުދާ ހޯދާ މީހުންނަށް ގިޔާމަތް ދުވަހުގައި އޮތީ ނަރަކައިގެ އަޒާބު: ހުތުބާ

"ހަރާމް ގޮތުގައި މުދާ ހޯދާ މީހުންނަށް ގިޔާމަތްދުވަހުގައި އޮތީ ނަރަކައިގެ އަޒާބު"

21 ދުވަސް ކުރިން - 13:03

ރުޅިވެރިކަމާއި، ނަފުރަތާއި، ހަސަދަވެރިކަން ދޫކޮށް ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

28 ދުވަސް ކުރިން - 13:08

ހައްޖުމަހުގެ 10 ދުވަހަށްވުރެ ހެޔޮ އަމަލުކުރަން ލޮބުވެތިވެގެންވާ ދުވަސްތަކެއް ނުވޭ: ހުތުބާ

ހައްޖުމަހުގެ 10ދުވަހު ހެޔޮއަމަލުކުރުން ގިނަކުރުމަށް ހުތުބާގައި އިލްތިމާސްކޮށްފި

35 ދުވަސް ކުރިން - 13:03