Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޙައްޖަށް ދިއުމުގެ ނަޞީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުމަށް ޚުޠުބާގައި ނަސޭޙަތްތެރިވެއްޖެ

ޙައްޖަށް ދިއުމުގެ ނަޞީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުމަށް ޚުޠުބާގައި ނަސޭޙަތްތެރިވެއްޖެ

އަައިޝަތު ޒީނާ
431 ދުވަސް ކުރިން - 30 މެއި 2025 13:11
މި ދުވަސްތަކަކީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއް.
މި ދުވަސްތަކަކީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއް.
ޚުލާސާ

ޢަރަފާތު ދުވަހު ފާފަފުއްސެވުން އެދި ދުޢާކުރުމަށް ޚުޠުބާގައި ވަނީ ނަސޭޙަތްތެރިވެފައި. އަދި އެ ދުވަހަކީ ދުޢާ އިޖާބަކުރެއްވުމުގެ ދުވަހެއް ކަމަށް ޚުޠުބާގައި ބުނި.

ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަ ހިފުން މޮޅު އިތުުރުވެގެންވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަށްވުރެ ވެސް ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް މާތްކަމުގެ ގޮތުން އިތުރުވެގެންވާކަން ފާހަގަކޮށް ޚުޠުބާގައި ބުނީ މި ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަސް ކަމަށެވެ. އެ ދުވަހު ޢަރަފާތުގެ ބިމަށް ޖަމާވެފައިވާ ޙައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތް الله ފުއްސަވައިދެއްވާ ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި އެއީ ފާފަފުއްސެވުމާއި، ޢަފޫކުރެއްވުމާއި، ނަރަކައިން ދިންނަވައި، މުއްތިކުރެއްވުމުގެ ދުވަހެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ މާތް اللهގެ އޯގާވަންތަކަމާއި، ތަނަވަސް ރަޙްމަތުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަޞީބު ނުލިބޭ މީހުން ވެސް މި ދުވަހުގެ ސަވާބުން މަޙުރޫމު ނުކުރައްވާ ކަމަށެވެ. އަދި ޙައްޖަށް ދިއުމުގެ ނަޞީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެންވާ ކަމަށް ޚުޠުބާގައި ބުންޏެވެ.

Advertisement

Advertisement 1

ޚުޠުބާގައި ބުނީ ޢަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއް ކަމަށެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމީ، އިސްވެ ގޮސްފައިވާ އަހަރުގެ ކުދި ފާފަތައް ފުއްސަވާނެ ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ޢަރަފާތު ދުވަހު ފާފަފުއްސެވުން އެދި ދުޢާކުރުމަށް ޚުޠުބާގައި ވަނީ ނަސޭޙަތްތެރިވެފައެވެ. އަދި އެ ދުވަހަކީ ދުޢާ އިޖާބަކުރެއްވުމުގެ ދުވަހެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ޢަރަފާތު ދުވަހު ޛިކުރުކޮށް ދުޢާކުރުން ގިނަކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތު ދުވަހު ކުރާ ދުޢާ ކަމަށާއި، މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ (لَا إِلَـٰـهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ) މި ދުޢާ ކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން މި މައްސަރުގެތެރޭގައި އަންނަ އަޟުޙާ ޢީދު ދުވަހު އުޟުޙިޔާ ކަތިލުމަށް ޚުޠުބާގައިވަނީ ބުނެފައެވެ. އެއީ މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަމަށް ބާރުއަޅުއްވައި، އެކަލޭގެފާނު ޢަމަލީ ގޮތުން އެ ކަން ކުރައްވައި ނަމޫނާ ދައްކަވާފައިވާ ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

އުޟުޙިޔާ ކަތިލުމަކީ، ޙައްޖު މަހުގެ ދިހަވަނަ ދުވަހު އިރު އެރީއްސުރެ ތޭރަވަނަ ދުވަހުގެ އިރު އޮއްސިއްޖައުމަށް ދާންދެން ގެރި ބަކަރި، ޖަމަލު ފަދަ ނަޢަމްސޫފި اللهގެ މަގުގައި ޤުރުބާންކުރުމެވެ. އުޟުޙިޔާ ކަތިލުމަކީ ތަނަވަސްކަން ލިބިގެންވާ މީހުންނަށް ގަދަވެގެންވާ ސުންނަތެއް ކަމަށާއި، އެއީ ގިނަގުނަ ދަރުމައާއި ސަވާބު ހުރި ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

މި ދުވަސްތަކަކީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއްކަން ފާހަގަކޮށް ޚުޠުބާގައިވަނީ ތަޤްވާވެރިވުމާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމަށާއި، ހެޔޮޢަމަލުކުރުން ގިނަކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމަށް ނަސޭޙަތްތެރިވެފައެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

4 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

11 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

18 ދުވަސް ކުރިން - 13:00

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

25 ދުވަސް ކުރިން - 13:00

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

32 ދުވަސް ކުރިން - 14:29

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ހިޔާނަތެއް: ހުތުބާ

ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް: ހުތުބާ

39 ދުވަސް ކުރިން - 13:33