
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ހަމްދަރުދީއާއި ތަޢުޒިޔާ ރައްދުކުރައްވާފައިވޭ.
42 ދުވަސް ކުރިން - 15:06
މި ހާދިސާގައި ބައެއް ބޮޑެތި އިމާރާތްތަކާއި ފެކްޓަރީތައް ވެއްޓި، މަގުތައް ކަނޑައިގެން ގޮސް، ފެނާއި ކަރަންޓް ކެނޑި، އެތައް ބަޔަކު ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާއިރު، އަދިވެސް 24 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ.
42 ދުވަސް ކުރިން - 14:43
ބައެއް މީހުން މަރުވެ އެތައް ބަޔަކު ގެއްލިގެން ހޯދަމުންދާ އިރު، ބިންހެލުމުގެ ސަބަބުން މިހާތަނަށް 50 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް މަސްދަރުތަކުން ބުނޭ.
43 ދުވަސް ކުރިން - 18:24