އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ކުރިޔަށްދާ ދަނޑިވަޅެއްގައި އުތުރު ކޮރެއާއިން މިއަދު ޖަޕާނުގެ ކަނޑުގެ އިރުމަތީ ސަރަޙައްދާއި ދިމާލަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައިފިއެވެ.
މި މިސައިލްތައް ޖެހިފައި ވަނީ ޖަޕާނުގެ ގާތްގަނޑަކަށް 340–350 ކިލޯމީޓަރު ކައިރިޔަށެވެ.
ޖަޕާނުން މިހާރު ވަނީ ކުއްލި އެލާޓްތައް ނެރެ، ކްރައިސިސް ރެސްޕޮންސް ޓީމުތައް އެކްޓިވޭޓްކޮށްފައެވެ. ޖަޕާނުގެ އޮފިޝަލުން ކަށަވަރުކޮށްދޭ ގޮތުގައި ހުރިހާ މިސައިލްތަކެއް ވެއްޓުނީ ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ބޭރަށެވެ.
ކޮރެއާ ޕެނިންސުލާގައި ފިތުނަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި މި މި މިސައިލްތައް ފޮނުވާ ފައި ވަނީ އެމެރިކާއާއި ދެކުނު ކޮރެއާގެ ޑްރިލްތަކަށް ދޭ އިންޒާރެއްގެ ގޮތުގައި ކަމަށް މާހިރުން ފާހަގަ ކުރެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މި މިސައިލް ތައް ޖަޕާނު ކައިރިޔަށް ފޮނުވައިލީ “ސިޔާސީ މެސެޖެއް” ދިނުމުގެ ގޮތުންނެވެ.










