މެދުއިރުމަތިގައި މިއަދު ދެވަނަ ސުޕަޓޭންކަރުގައި ރޯވެއްޖެއެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނީ ކަނޑުއަޑީގައި ހަރުކޮށްފައިވާ މައިނެއްގައި ޖެހި، ސާފުނުކުރާ ތެޔޮ އުފުލާ ދެވަނަ ސުޕަޓޭންކަރެއް ގޮވައި، އޭގައި ވަރުގަދައަށް އަލިފާން ރޯވެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ސަރަޙައްދީ ކަނޑުގެ މުހިންމު މަގެއްގައެވެ. މިއީ ފާއިތުވި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ގޮތަކަށް މައިނެއްގައި ޖެހި ގެއްލުން ލިބުނު މި ޒާތުގެ ދެވަނަ ބޮޑު އުޅަނދެވެ.
އިތުރު ތަފްޞީލް އަންނަނީ…



