ޖަޕާނަށް ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ދީފިއެވެ.
މިއީ 7.4 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވަނީ އިވާޓޭ، ހޮކައިޑޯ އަދި އައޯމޯރީ ޕްރިފެކްޗާ ހިމެނޭ ސަރަހައްދުތަކަށެވެ.
މި ހާދިސާއާ ގުޅިގެން، އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަގުތުން ރައްކާތެރި ހިސާބުތަކަށާއި އުސް ބިންތަކަށް ބަދަލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި މަސްވެރިންވެސް މި ވަގުތު ސަމާލުވުމަށް ވަނީ އަންގާފައެވެ.
ޖަޕާނަކީ ބިންހެލުންތަކާއި ސުނާމީގެ ނުރައްކާ ބޮޑު ގައުމެކެވެ.










