ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސް ހަދިޔާ ކޮށްފި އެވެ. އެ އެމްބިއުލާސް ރާއްޖޭ ސަރުކާރާއި ރަސްމީކޮށް ހަވާލު ކުރީ އިއްޔެ ބޭއްވި ރަސްމީ ޖަލްސާ އެއްގަ އެވެ.
ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޖަޕާނު ސަރުކާރުގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވީ ޖަޕާނުން ރާއްޖެ އަށް މިހާރު ކަނޑައަޅާފައި ހުންނަވާ ސަފީރު، މިސް އިޝިގަމި ރުމިކޯ ކަމަށެވެ. އަދި ރާއްޖޭގެ ސަރުކާރުގެ ފަރާތުން އެ އެހީ އާއި ހަވާލުވެ ވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާނު މައުމޫނެވެ.


އެމިނިސްޓްރީން އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ "ގްރާންޓް އެއިޑް ފޮރ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް" ގެ ދަށުން ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މި އެހީގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ސިއްހީ ހިދުމަތް ލިބުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.








