ޖަޕާނުން 6 ބިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ޔުކްރޭނަށް ދޭން ނިންމައިފި

ހުސައިން އިސްމާއިލް | 34 ދުވަސް ކުރިން - 22 ޑިސެންބަރު 2025 11:22
ޖަޕާނުގެ ދިދަ - ޔުކްރޭން ތަރައްޤީ ކުރުމަށް ޖަޕާނުން ވަނީ ހަބިލިއަން ޑޮލަރު ދޭން ނިންމާފަ
ޖަޕާނުގެ ދިދަ - ޔުކްރޭން ތަރައްޤީ ކުރުމަށް ޖަޕާނުން ވަނީ ހަބިލިއަން ޑޮލަރު ދޭން ނިންމާފަ
ޚުލާސާ

ޖަޕާނުން އަންނަ އަހަރު އެންމެ ބޮޑު މާލީ އެހީތެރިކަމެއް ދޭން ނިންމާފައި ވަނީ ޔުކްރޭނަށް

އަންނަ އަހަރު ޔުކްރޭނަށް ފައިސާގެ އެހީގެ ގޮތުގައި ހަބިލިއަން ޑޮލަރު ދޭނެ ކަމަށް ޖަޕާނުން އިޢުލާން ކޮށްފިއެވެ. ޖަޕާނުން މި ފައިސާ ދޭނެ ކަމަށް އިޢުލާން ކުރީ ޔޫކްރޭންގެ އިސްތިޤްލާލު ދިފާޢު ކުރުމަށް ކަމަށް ބުނެ، ޔޫރަޕުން ވެސް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޔޫރަޕިއަން ޔޫނިއަނުން އެއްބަސްވެފައި ވަނީ ޔޫކްރޭނަށް 2026–2027ކަވަރު ކުރުމަށް 90 ބިލިއަން ޔޫރޯގެ ޕެކޭޖެއް ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެމީހުން ބޮޑަށް މަސައްކަތް ކުރަނީ ހިފަހައްޓާފައިވާ ރަޝިއާގެ އެސެޓުން އެ ފައިސާ ޔުކްރޭނަށް ދިނުމަށެވެ. މިކަމުގައި މިހާރު އިނގިރޭސިވިލާތާއި ފްރާންސުގެ ބޮޑެތި ބޭންކުތަކުން ވަނީ ދެކޮޅުހަދާފައިކަން ފާހަގަ ކުރެވެއެވެ. ސަބަބަކީ އެ ބޭންކްތަކުން ބުނަނީ ޤާނޫނީ ގޮތުން އެއީ ރަޝިއާގެ ފައިސާ ކަމަށާއި، ވަގުތީ ގޮތުން ފްރީޒް ކޮށްފައިވާ ފައިސާ އެއް އެ ޤައުމުގެ ސަރުކާރުން އަތުލާއިރު ބޭންކަށް ޤާނޫނީ ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށެވެ.

ޔުކްރޭނަށް އެހީ ވުމަށް ޖަރުމަނުން ވެސް އަންނަ އަހަރުގެ ބަޖެޓް ޕްލޭންތަކުގައި ގާތްގަނޑަކަށް 11.5 ބިލިއަން ޔޫރޯ ހިމަނާފައި ވާއިރު، ސްވިޑެން އިން ވެސް މަދުވެގެން 200 މިލިއަން ޑޮލަރަށް އަންނަ އަހަރު ޔުކްރޭނަށް ދޭނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%