
ޖަޕާނަށް ސްނޯ ފައިބައިފައި. ބައެއް ތަންތަނުގައި 65 ފޫޓަށް ސްނޯ ވަނީ ފައިބައިފައި.
65 ފޫޓަށް ސްނޯ ފައިބައި ޖަޕާނުގެ އުތުރު ސަރަޙައްދެއް ވަޅުލެވިއްޖެއެވެ. ޚަބަރުތައް ބުނާ ގޮތުގައި ޖަޕާނުގެ އައޮމޮރީ ސިޓީގެ ގެތަކާއި ޓްރެފިކްލައިޓުތައް ވެސް ސްނޯއިން ވަޅުލެވިފައި ވާއިރު، 65 ފޫޓުގެ އުސްމިނަށް ބައެއް ތަންތަނުގައި ސްނޯ އެބަހުއްޓެވެ.
ޖަޕާނުން ބުނާ ގޮތުގައި ސްނޯގެ ސަބަބުން އެންމެ ޙާލަތު ގޯހީ ހޮކައިޑޯގައެވެ. ސްނޯގެ ސަބަބުން މަގުތައް ބަންދުވެ، ގިނަ ޢަދަދެއްގެ ފްލައިޓް ކެންސަލްވެ، ކަރަންޓް ކެނޑިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާ އިން މިހާރު ވަނީ މަޖުބޫރު ނޫން ނަމަ ދަތުރުފަތުރު ނުކުރުމަށް ބައެއް ހިސާބުތަކުގެ ރައްޔިތުންނަށް ވެސް އަންގައި އިންޒާރު ދީފައެވެ.






