އޭގެތެރޭގައި އަލް-މަވާސީ ކޭމްޕުގެ 5 ކުދިން ހިމެނޭ. އިސްރާއީލުން މުއާހަދާއާއި ޚިލާފުވެފައިވާތީ، ލުބުނާނުގެ އަސްކަރިއްޔާއިން ވަނީ އިސްރާއީލުގެ ބާރުތައް ފަހަތަށް ޖެހުނު ދެކުނުގެ ސަރަޙައްދުތަކަށް އަސްކަރީ ޔުނިޓުތައް ފޮނުވާފަ.
600 ދުވަސް ކުރިން - 08:23
ނެތަންޔާހޫގެ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަނެއް ހެދިފައިވާތީ މި ސާޖަރީ ކުރަން ޖެހުމާއިއެކު އޭނާގެ ޕްރޮސްޓޭޓް ބޮޑުވެ، އިތުރު ގެއްލުން ލިބިދާނެ ކަމަށް ޑޮކްޓަރުން ލަފާދީފައިވާތީ، ޕްރޮސްޓޭޓް ނެގުމަށް ނިންމާފައިވާކަމަށް އޭނާގެ އޮފީހުން ހާމަކުރި.
609 ދުވަސް ކުރިން - 23:33
5 ނޫސްވެރިން ވެސް ޝަހީދުކޮށްލިއިރު ހަމާސް އާއި ޓެލްއަވީވްއާއި ދެމެދު ހަނގުރާމަ ހުއްޓާލުމާބެހޭ މަޝްވަރާތައް ކުރި ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް ނާދެވޭ.
613 ދުވަސް ކުރިން - 08:32
ހޫޘީން ދިން ޙަމަލާ ހުއްޓުވުމުގެ ޤާބިލްކަމެއް އިސްރާއީލުގެ އަސްކަރިއްޔާގައެއް ނެތް.
615 ދުވަސް ކުރިން - 18:16
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ހަމަނުޖެހުން ބޮޑުވި ފަހުން ޣައްޒާގައި ޝަހީދުވާ މީހުންގެ އަދަދު މިހާރު ވަނީ ބައިލައްކަ އަށް ވުރެ މައްޗަށް ގޮސް، 106،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ
620 ދުވަސް ކުރިން - 12:58
ބައިނަލްއަގުވާމީ ގާނޫނާއި ހިލާފަށް ސީރިޔާގެ ގޯލާން ހައިޓްސްގެ ބިންތަކަށް ނުޙައްގުން ވެރިވެގަތުމަށް އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވުމަށް ދިވެހި ސަރުކާރުން ގޮވާލި.
623 ދުވަސް ކުރިން - 16:32
ޔަހޫދީ ދިފާޢީ ވަޒީރު ވަނީ ސޫރިޔާއާއި ލުބުނާނު ސަރަޙައްދުގައިވާ މައުންޓް ހާމަންގައި ޔަހޫދީ ފައުޖުތައް ދާއިމީކޮށް ޤާއިމުކުރުމަށް އަމުރުކުރައްވާފަ. މިއާއެކު ސަރަޙައްދުގެ ބާރު ޔަހޫދީންގެ އަތްމައްޗަށް ދާނެކަމަށް ދިރާސާކުރާ މީހުން ކަށަވަރު ކުރޭ.
624 ދުވަސް ކުރިން - 22:32
ލުބުނާނުން ޔަހޫދީން ފައިބަނީ މަރުޙަލާތަކަށް ބަހާލައިގެން. މިކަންކަން ވިލަރެސް ކުރުމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ އާމީ ޖެނެރަލް މައިކަލް ކުރެލާ ހުންނެވީ ބެއިތޫތުގައި.
626 ދުވަސް ކުރިން - 23:25
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސައުތު އެފްރިކާއިން ހުށަހެޅި މައްސަލައިގައި މިހާތަނަށް ބްރެޒިލް، ތުރުކީ، މެލޭޝިއާ، ޗިލީ، ސްޕެއިން، ޕާކިސްތާން އަދި ސީރިއާ ވަނީ މި މައްސަލައިގައި ސައުތު އެފްރިކާއަށް ތާއީދުކޮށްފައެވެ.
627 ދުވަސް ކުރިން - 01:55
ސޫރިޔާގެ ވެރިކަން ވެއްޓުނު ދަނޑިވަޅާއި ދިމާކޮށް އިސްރާއީލުގެ ޤައުމީ ދިފާޢީ ބާރުން ދިމިޝްޤާއި އެހެން ދެ ސަރަޙައްދަކަށް ޙަމަލާދީ، ސޫރިޔާގެ އަސްކަރިއްޔާއިން ދޫކޮށްލާފައިވާ ހަތިޔާރުތައް ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަތްދަށަށް ދިޔުން ހުއްޓުވުމަށް މަސައްކަތްކޮށްފި.
630 ދުވަސް ކުރިން - 22:21
ޖަރުމަނުވިލާތާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން އިސްރާއީލަށް ތާއީދުކުރާއިރު ނޯވޭ އާއި ފުރާންސުން ފާޅުގައި ދެކޮޅު ހަދަމުންދާތީވެ ޔޫރަޕިއަން ޔޫނިއަންގެ ބާރު މިކަމުގައި ވަނީ ކެނޑިފަ. އެމީހުން މިހާރު މަސައްކަތް ކުރަމުންދަނީ ޤަތަރާއި މިސްރު މެދުވެރިކޮށް.
635 ދުވަސް ކުރިން - 17:47
އޮސްޓްރޭލިއާ އާއެކު 156 ޤައުމަކުން ވޯޓު ދިނީ ފަލަސްޠީނުގައި ހިފާފައިވާ ސަރަޙައްދު ތަކުގައި އިސްރާއީލުން ވަޒަންވެރިވުމާއި ދެކޮޅަށް. އޮސްޓްރޭލިއާއިން ޢާންމުކޮށް މިފަދަ ކަންކަމުގައި އިސްރާއީލާއި ދެކޮޅަށް ވޯޓެއް ނުދޭ.
635 ދުވަސް ކުރިން - 12:50