Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިވާ ނެތަންޔާހޫއަށް ކެންސަރު ޖެހިއްޖެ

އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިވާ ނެތަންޔާހޫއަށް ކެންސަރު ޖެހިއްޖެ

އައިޝަތު ރުވާ ރިފްޢަތު
564 ދުވަސް ކުރިން - 29 ޑިސެންބަރު 2024 23:33
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ.
ޚުލާސާ

ނެތަންޔާހޫގެ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަނެއް ހެދިފައިވާތީ މި ސާޖަރީ ކުރަން ޖެހުމާއިއެކު އޭނާގެ ޕްރޮސްޓޭޓް ބޮޑުވެ، އިތުރު ގެއްލުން ލިބިދާނެ ކަމަށް ޑޮކްޓަރުން ލަފާދީފައިވާތީ، ޕްރޮސްޓޭޓް ނެގުމަށް ނިންމާފައިވާކަމަށް އޭނާގެ އޮފީހުން ހާމަކުރި.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ޕްރޮސްޓޭޓް ކެންސަރުގެ ފަރުވާއަށް ސާޖަރީއެއް ކުރުމަށް ގުދުސްގައި ހުންނަ ބިމު އަޑީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފިއެވެ.

ނެތަންޔާހޫގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، ނެތަންޔާހޫގެ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަނެއް ހެދިފައިވާތީ މި ސާޖަރީ ކުރަން ޖެހުނީއެވެ. އަދި އޭނާގެ ޕްރޮސްޓޭޓް ބޮޑުވެ، އިތުރު ގެއްލުން ލިބިދާނެ ކަމަށް ޑޮކްޓަރުން ލަފާދީފައިވާތީ، ޕްރޮސްޓޭޓް ނެގުމަށް ނިންމާފައިވާ ކަމަށް ވެސް އެ އޮފީހުން ހާމަކުރިއެވެ.

އެގޮތުން، މި ސާޖަރީ ކުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ. އަދި ސާޖަރީއަށްފަހު ނެތަންޔާހޫ ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި އޮންނަން ޖެހޭނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

Advertisement

Advertisement 1

މީގެ ކުރިން ވެސް ނެތަންޔާހޫ ވަނީ ހާނިޔާ ސާޖަރީއެއް ކޮށްފައެވެ. އަދި ހިތަށް ޕޭސްމޭކަރެއް ވެސް ލައްވާފައިވެއެވެ.

ނެތަންޔާހޫ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާއިރު، އޭނާއާ ދެކޮޅަށް އިސްރާއީލުގެ ކޯޓެއްގައި ޝަރީއަތެއް ވެސް ދަނީ ހިނގަމުންނެވެ. އެ މައްސަލާގައި ނެތަންޔާހޫއާ ދެކޮޅަށް ރިޝްވަތާއި މަކަރާއި ހީލަތުގެ ދައުވާތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް، މިހާރު އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ފަސްކޮށްފައެވެ.

އިސްރާއީލްބެންޖަމިން ނަތަންޔާހޫ
Ad
Ad

4 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ާއަޙްމަދު

563 ދުވަސް ކުރިން - 06:49

ދޮގުހެދުމާއި ހިލަތާއި މަކަރުހެދުމާއިއެކު މުސްލިމުންގެމައްޗަށް އަނިޔާވެރި ވުމުގައި ހައްދުފަހަނައަޅާފައިވާ މުޑުދާރު ނަޖިސް ޔަހޫދީންގެ“ދޮގު” ޚަބަރުތަށް ފަތުރާއުޅޭބަޔަކު ކަމުގައި އަދުގެ މުސްލިމުންވާޙާލު ދެން ކޮންފަދައަކުންތޯ އެޔަހޫދީންގެ އަތްދަށުން ފަލަސްޠީނު މިނިވަންކުރާނީ!؟

ގުޅޭ ޚަބަރުތައް

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

3 ދުވަސް ކުރިން - 14:51

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

5 ދުވަސް ކުރިން - 11:26

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

7 ދުވަސް ކުރިން - 13:08

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް އަރައިފި

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް

12 ދުވަސް ކުރިން - 21:30

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

12 ދުވަސް ކުރިން - 11:40

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

24 ދުވަސް ކުރިން - 17:47