3 ބަހުގައި އެފަހަރާ 3 ބޮން ގޮއްވައިލިއިރު އެއީ ހުސް ތިން ބަސް. ދެން އޮތީ މީހުން ނޫޅޭ ތަންތަނުގައި ދެ ބޮން ބާއްވާފައި. ފަލަސްތީނު ރައްޔިތުން ފިލައި ތިބެ ފިނޑި އިންޒާރެއް ނުދޭނެ. އެމީހުންނަކީ އިސްރާއީލާއި ދެކޮޅަށް ސީދާ ކުރިމަތިލާ ބައެއް.
556 ދުވަސް ކުރިން - 12:44
އިސްރާއީލުގެ ޝަރުޠަކީ ހަމާސްއިން ޣައްޒާއިން ފޭބުމާއި ހަމާސްއިން ހަތިޔާރުތައް ދޫކޮށްލުން. ނަމަވެސް އެއާއި ދެކޮޅުހަދައި ހަމާސްއިން ބުނީ ހަނގުރާމަ ހުއްޓަލައި ޣައްޒާއިން ހުރިހާ ޔަހޫދީ ސިފައިން ފައިބާމަތިން ހުރިހާ އަސީރުން ދޫކޮށްލާނެ ކަމަށް.
557 ދުވަސް ކުރިން - 09:43
އިސްރާއީލުގެ ސިފައިން ލުބުނާނުން ފައިބަން ޖެހެނީ 60 ދުވަހުގެ ތެރޭގް. އެ މުއްދަތު ފާއިތުވުމާއި ގުޅިގެން، މާދަމާއަށް އިތުރުކޮށްފައިވަނިކޮށް މިހާރު މި ވަނީ އިސްރާއީލުން އިތުރު ބަދަލުތަކެއް ގެނެސްފަ.
559 ދުވަސް ކުރިން - 15:17
އަލް-ޤައްސާމް ބްރިގޭޑާއި ސަރާޔާ އަލް-ޤުދުސްއިން އިސްރާއީލްގެ ތިން ރަހީނުން ރެޑް ކްރޮސްއާ ހަވާލުކޮށްފި. ބަދަލުގައި ފަލަސްޠީނުގެ 369 މީހުން އިސްރާއީލުން މިނިވަންކުރާނެ ކަމަށް ވަނީ އެއްބަސްވެފައި.
562 ދުވަސް ކުރިން - 14:10
ހޫޘީން ބުނީ ޣައްޒާގެ ހަނގުރާމަ ހުއްޓަލުމުގެ އެއްބަސްވުންތަކަށް އެމެރިކާ އާއި އިސްރާއީލުން ދެކޮޅު ހަދައިފިނަމަ ބަދަލު ހިފާނެކަމަށް.
565 ދުވަސް ކުރިން - 13:14
ރަހީނުން ދޫކުރުން ފަސްކޮށްލި ކަމުގެ އިންޒާރު ހަމާސްއިން ދިނުމުން އިސްރާއީލް ސިފައިން ކުއްލި ޙާލަތު އިޢުލާންކޮށް ޗުއްޓީގައި ތިބި ސިފައިން ވެސް އަލުން ޑިއުޓީއަށް ނެރެފި.
566 ދުވަސް ކުރިން - 08:31
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އިސްރާއީލުން ޚިލާފުވަމުންދާތީ، އަންނަ ހޮނިހިރު ދުވަހު ހަމާސް އިން ދޫކޮށްލުމަށް ހަމަޖެހިފައިވާ އަސީރުން ދޫކުރުން ފަސްކޮށްލައިފި.
566 ދުވަސް ކުރިން - 07:28
ނަތަންޔާހޫ ސައުދީ އަރަބިއްޔާގެ ބިމެއްގައި ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ގޮވާލި ގޮވާލުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ޗާޓަރާ ޚިލާފު ވާހަކަތަކެއް ކަމަށާއި މިވާހަކަތައް ކުށްވެރިކުރާކަމަށް ސަރުކާރުން ބުނެފި.
567 ދުވަސް ކުރިން - 18:02
މިއީ ޖެނުއަރީ 19 ގައި އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމުގެ ކުރިން އިސްރާއީލުން އެޅި ފިޔަވަޅެއް.
568 ދުވަސް ކުރިން - 11:00
ނަތަންޔާހޫގެ އޮފީހުން ބުނެފައިވާ ގޮތުގައި މި ހަދިޔާއަކީ ހިޒްބުﷲއާއި ދެކޮޅަށް ކުރެވުނު ހަނގުރާމައިގައި "އައި ބަދަލެއްގެ" ނިޝާނެއް.
569 ދުވަސް ކުރިން - 21:30
އިސްރާއީލް ސިފައިން އިއްޔެ ގަދަކަމުން ފޭރި ހައްޔަރުކޮށްގެން ގެންދިޔައީ ކުރިން ޖަލުން މިނިވަންކުރި މީހުން. އޭގެތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނޭ.
571 ދުވަސް ކުރިން - 08:09
އިސްރާއީލަށް ހަތިޔާރު ނުދިނުމަށް އެކި ފަރާތްތަކުން ގޮވާލަމުންދާއިރު ވެސް އެމެރިކާގެ ސަރުކާރުން އެކަމާއި އަޅައެއް ނުލާ. މިއަދު ނެތަންޔާހޫ އާއި ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވައި ޣައްޒާ ހަނގުރާމަ ހުއްޓުވުމާއި ސަރަހައްދީ ކަންކަމާ މެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
573 ދުވަސް ކުރިން - 10:33