Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލުން ފަލަސްޠީނުގެ 30 މީހުން ކިޑްނެޕް ކޮށްފި

އިސްރާއީލުން ފަލަސްޠީނުގެ 30 މީހުން ކިޑްނެޕް ކޮށްފި

ޖަވާދު
571 ދުވަސް ކުރިން - 6 ފެބްރުއަރީ 2025 08:09
އިސްރާއީލް ސިފައިން މީގެ ކުރިން ފަލަސްޠީނުގެ ޒުވާނުންތަކެއް ގަދަކަމުން ހައްޔަރުކޮށްގެން ގެންދަނީ ފޮޓޯ: އަލްޖަޒީރާ
އިސްރާއީލް ސިފައިން މީގެ ކުރިން ފަލަސްޠީނުގެ ޒުވާނުންތަކެއް ގަދަކަމުން ހައްޔަރުކޮށްގެން ގެންދަނީ ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

އިސްރާއީލް ސިފައިން އިއްޔެ ގަދަކަމުން ފޭރި ހައްޔަރުކޮށްގެން ގެންދިޔައީ ކުރިން ޖަލުން މިނިވަންކުރި މީހުން. އޭގެތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނޭ.

އިއްޔެ އިޒްރޭލުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި އޮކިއުޕައިޑް ވެސްޓް ބޭންކުން މަދުވެގެން ފަލަސްތީނުގެ 30 މީހުން ގަދަކަމުން ފޭރިގަނެ ވަގަށް ނަގައިގެން ގޮސް ހައްޔަރުކޮށްފި ކަމަށް ބައެއް ހަބަރުތައް ބުނެއެވެ.

ފަލަސްތީނުގެ ޖަލު ބަންދުގައި ތިބޭ މީހުންގެ ކަންކަމާއި ގުޅޭ ހަބރުތައް ގެނެސްދޭ ނޫހަކުން ބުނީ ކޮމިޝަން އޮފް ޑިޓެއިނީސް އެފެއާޒް އަދި ޕެލެސްޓީނިއަން ޕްރިޒަނަރ ސޮސައިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި ކުރިން ޖަލުގައި ހުރި މީހުން ހިމެނޭ ކަމަށެވެ. އެމީހުން ގަދަކަމުން ހިފައި ކިޑްނެޕް ކޮށްގެން ގެންދިޔައީ އިރުމަތީ ޖެރޫސަލަމް، ހެބްރޯން، ޓޫބާސް، ޓުލްކަރަމް، ގަލްގިލިޔާ، ނަބްލުސް އަދި ރާމަﷲ އިންނެވެ.

އިޒްރޭލުގެ ސިފައިން ވަނީ ވެސްޓް ބޭންކުގެ އެކި ރަށްރަށާއި ރެފިއުޖީ ކޭމްޕްތަކުގައި ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުންނާއި ސުވާލުކޮށްފައިވާ ކަމަށް ޑިޓެއިނީސް އެފެއާޒް އަދި ޕެލެސްޓީނިއަން ޕްރިޒަނަރ ސޮސައިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement

Advertisement 1

ޖެނުއަރީ 21 ގައި އިޒްރޭލުގެ ސިފައިން ވަނީ ޖެނިން ސިޓީއާއި އެތަނުގެ ރެފިއުޖީ ކޭމްޕަށް ހަމަލާދީފައެވެ. ފަހުން މި ހަމަލާ ޓުލްކަރަމް ސިޓީއަށް ފުޅާކޮށް، ގިނަ އަދަދެއްގެ ފަލަސްތީނުންގެ ގެތައް ވަނީ ތަޅާލާފައެވެ. މިކަމުގެ ސަބަބުން ހާހުން ގުނާ އަދަދެއްގެ މީހުން ވަނީ ގެތަކުން ނުކުންނަން މަޖުބޫރު ވެފައެވެ.

އާދީއްތަ ދުވަހު އިޒްރޭލުގެ ސިފައިން ވަނީ އުތުރު ވެސްޓް ބޭންކުގެ ޓޫބާސް ސިޓީގެ ތަމްމޫން ރަށާއި އަލް-ފަރާ ރެފިއުޖީ ކޭމްޕަށް ހަމަލާ ދީފައެވެ.

ފަލަސްތީނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ގެ އޮކްޓޯބަރުން ފެށިގެން ވެސްޓް ބޭންކުން އިޒްރޭލުގެ ސިފައިން ހައްޔަރުކޮށްފައިވާ ފަލަސްތީނުންގެ އަދަދު 14,300 އަށްވުރެ އިތުރުވެއެވެ. މީގެ ތެރޭގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާ މީހުންވެސް ހިމެނެއެވެ. ނަމަވެސް މި އަދަދުގައި ގާޒާ ސްޓްރިޕްއިން ހައްޔަރުކޮށްފައިވާ މީހުން ނުހިމެނެއެވެ. ގާޒާއިން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު އުޅޭނީ ހާހުން މަތީގައި ކަމަށް ލަފާ ކުރެވެއެވެ.

ފަލަސްތީނުގެ އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާތަކުން ލަފާކުރާ ގޮތުގައި މިހާރު އިޒްރޭލުގެ ޖަލުތަކުގައި 10,000 އަށްވުރެ ގިނަ ފަލަސްތީނުން ބަންދުކޮށްފައި އެބަތިއްބެވެ. މީގެ ތެރޭގައި ދަޢުވާއެއް ނުކޮށް އަދި ޝަރީޢަތެއް ނުހިންގައި އިދާރީ ބަންދުގައި ބަހައްޓާފައިވާ 3,379 މީހުން ހިމެނެއެވެ.

ފަލަސްތީންއިސްރާއީލްފަލަސްތީނު އޮތޯރިޓީ (ޕީއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

5 ގަޑިއިރު ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

2 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

9 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

9 ދުވަސް ކުރިން - 14:34

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

10 ދުވަސް ކުރިން - 12:03