
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރާނީވިލާ / ޅ. ނައިފަރު، މުޙައްމަދު މުބާރިކް (32އ) އާއި ސައިލުގެ / ޅ. ނައިފަރު, ޙަސަން ޤާސިމް (23އ). ކޯޓުން ވަނީ މުޙައްމަދު މުބާރިކް 15 ދުވަހަށް އަދި ޙަސަން ޤާސިމް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ.
6 ދުވަސް ކުރިން - 12:06
ހުޅުމާލޭގައި ތަރައްގީކުރާ 70 މެގަވޮޓުގެ އިންޖީނުގޭގެ ޢަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާއިރު ދުރުރާސްތާގެ ދެމެހެއްޓެނިވި ޕްލޭނެއްގެ ދަށުން ގުޅިފަޅުގައި 200 މެގަވޮޓުގެ ބޮޑު އިންޖީނުގެއެއް ތަރައްޤީ ކުރުމަށްވެސް ސްޓެލްކޯއިން ވަނީި ނިންމާފަ.
24 ދުވަސް ކުރިން - 11:49
މޫސުން އިތުރަށް ގޯސްވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށާއި، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުވުމަށް އެޗް.ޑީ.ސީން ވަނީ އެދިފަ. ހެނދުނު 11:30 އިން ފެށިގެން މެންދުރުފަހު 15:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރީދޫ ސަމާލު ވަނީ ނެރެފަ.
29 ދުވަސް ކުރިން - 14:51
އެޗްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، ކާނިވަލް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ. މިއީ ހުރިހާ އުމުރެއްގެ މީހުންނާ ވެސް ގުޅޭނެ ފަދަ ތަފާތު ގިނަ ހަރަކާތްތަކެއް ހިމަނައިގެން، އާއިލާތަކަށް އުފާވެރި މާޙައުލެއް ހޯދައިދިނުމަށް އިންތިޒާމުކުރާ އިވެންޓެއް.
37 ދުވަސް ކުރިން - 14:28
2022 ވަނަ އަހަރުގެ ރަމަޟާން މަހު ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ވަޅިން ހަމަލާދީ ވެއިޓަރަކު މަރައިލި މައްސަލައިގައި އެ ރެސްޓޯރެންޓުގެ ކައްކާ ގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް އެކަށީގެންވާ ޝައްކެނެތް މިންވަރަށް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ކޮށްފި.
42 ދުވަސް ކުރިން - 19:54
ޢާންމު ފަރާތަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް ޢިމާރާތް ކުރުމަށް ފެޑޯ ކޮންސްޓްރަކްޝަން އާއި ހަވާލުކުރީ ކޮވިޑް ދުވަސްވަރު. އެއަށްވުރެ މާފަހުން ފެށި ބޮޑެތި މަސައްކަތްތައް ފެޑޯ އިން ވަނީ ނިންމާލާފަ.
67 ދުވަސް ކުރިން - 17:35
މި ބައްދަލުވުމުގައި އެޗްޑީސީގެ އިތުރުން ވެމްކޯ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، އީޕީއޭ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި. ފަހަކަށް އައިސް ހުޅުމާލޭ ފަޅުތެރެއަށް ގިނަ އަދަދެއްގެ ޕްލާސްޓިކާއި އެހެނިހެން ކުނި ޖަމާވަމުންދާތީ، އެ ސަރަހައްދު ބޭނުންކުރާ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.
72 ދުވަސް ކުރިން - 16:32
ހުޅުމާލޭގެ ފޭސް 1 ގައި ދެ ސަރަހައްދެއް ކަނޑައަޅާފައިވޭ. އެއީ ސެންޓްރަލް ޕާކު އަދި 137 ވަނަ ފުލެޓު ކައިރީގައި ހުންނަ ހެދިކާ ސެންޓަރު ސަރަހައްދު. ފޭސް 2 ގައި މި އިންތިޒާމު ހަމަޖެއްސީ ވިނަރެސް ޓަވަރު 9 ކުރިނަތީގައި އޮންނަ ރޯދަ މާރުކޭޓު ޓެންޓު ސަރަހައްދު.
79 ދުވަސް ކުރިން - 16:51
ޒޯން 1އިން ޒޯން 6 އާ ހަމައަށް ހުރިހާ މަގުތަކުގައި ގައު އެތުރުމުގެ 95 އިންސައްތަ މަސައްކަތް، ޒޯން 7ގެ 35 މަސައްކަތް ވަނީ ނިމިފަ.
94 ދުވަސް ކުރިން - 17:49
މި އިމާރާތަކީ ޖުމްލަ 140 މީހުންގެ ޖާގައިގެ ޖަލު ޔުނިޓެއް. މި އިމާރާތުގެ ގްރައުންޑް ފްލޯގެ ހުރިހާ މަސައްކަތްތަކެއް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ.
97 ދުވަސް ކުރިން - 19:59
މާލެއިން ކަރަންޓު މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން 60 އިންސައްތައަށް މިހާރު ވަނީ ކަރަންޓު ދެވިފަ. ވީއެންމެ އަވަހަކަށް ކަރަންޓު އިއާދަކުރުމަށް ބާރުސްޕީޑުގައި ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުން.
98 ދުވަސް ކުރިން - 15:34
ހާރު ދިމާވެގެން އުޅޭ ކަރަންޓު ކެނޑުމުގެ މައްސަލައަކީ މިއަދު ހެނދުނު ނިންމާލި އަޕްގްރޭޑިން މަސައްކަތާ ގުޅުންހުރި ކަމެއްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވޭ.
98 ދުވަސް ކުރިން - 12:41
ދުވުމުގެ ތެރޭގައި ދިމާވެދާނެ ހާދިސާއަކުން ލިބޭ ގެއްލުމަށް 100,000 ރުފިޔާއާ ހަމައަށް ބަދަލު ލިބޭނެ އިންތިޒާމު އެލައިޑުން ހަމަޖެއްސި. މި ދުވުމުގައި އެއްވަނައަށް ދިޔައީ މުހައްމަދު ޝިފާޒް.
99 ދުވަސް ކުރިން - 20:20