Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޢިމާރާތްކުރުމަށް އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

ޢިމާރާތްކުރުމަށް އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

ހުސައިން އިސްމާއިލް
67 ދުވަސް ކުރިން - 23 ޖޫން 2026 17:35
ހުޅުމާލޭގެ ފޭސް2 ގައި އަމިއްލަ ފަރާތަކުން ޢިމާރާތްކުރުމަށް ފެޑޯ ކޮންސްޓްރަކްޝަން އާއި ޙަވާލުކުރި މިސްކިތުގެ ނިމިފައި ވަނީ ގާތްގަނޑަކަށް 30 ޕަސަންޓް
ހުޅުމާލޭގެ ފޭސް2 ގައި އަމިއްލަ ފަރާތަކުން ޢިމާރާތްކުރުމަށް ފެޑޯ ކޮންސްޓްރަކްޝަން އާއި ޙަވާލުކުރި މިސްކިތުގެ ނިމިފައި ވަނީ ގާތްގަނޑަކަށް 30 ޕަސަންޓް
ޚުލާސާ

ޢާންމު ފަރާތަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް ޢިމާރާތް ކުރުމަށް ފެޑޯ ކޮންސްޓްރަކްޝަން އާއި ހަވާލުކުރީ ކޮވިޑް ދުވަސްވަރު. އެއަށްވުރެ މާފަހުން ފެށި ބޮޑެތި މަސައްކަތްތައް ފެޑޯ އިން ވަނީ ނިންމާލާފަ.

ކޮވިޑް-19 ގެ ދުވަސްވަރު އަމިއްލަ ފަރާތަކުން ލިއްލާހިއަށްޓަކައި ހުޅުމާލޭގެ ވިނަރެސް ފްލެޓްތައް ހުރި ސަރަހައްދުގައި އިމާރާތް ކުރަން ފެށި މިސްކިތުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެ، އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް ފެޑޯ ކޮންސްޓްރަކްޝަން އަށް އަމާޒުވެއްޖެއެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ނަމާދު ކުރާނެ މިސްކިތެއްގެ ބޭނުން އިންތިހާއަށް ޖެހިފައިވާއިރު، މިސްކިތުގެ މަސައްކަތް މިހާތަނަށް ކުރިއަށް ގޮސްފައިވަނީ އެންމެ 30 އެއްހާ އިންސައްތައަށެވެ.

މިމައްސަލަ އެންމެ ފުރަތަމަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައި ބިތުފަންގި.ކޮމް އޮން ކަށަވަރުކުރި ގޮތުގައި މިސްކިތް ބިނާކުރުމަށްޓަކައި ކޮންޓްރެކްޓަރު ފެޑޯއަށް އެޑްވާންސްގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް (ފުލް ޕޭމެންޓް) އެއްފަހަރާ ވަނީ ހަވާލުކޮށްފައެވެ. އެއީ ކޮވިޑް19 ދުވަސްވަރުގައެވެ.

Advertisement

Advertisement 1

"ވީ ބިލްޑް ޓްރަސްޓް" ނުވަތަ އިތުބާރު ބިނާކުރާ ކަމުގެ ޝިއާރު ހަރުކޮށްގެން ހިންގާ ފެޑޯ ކުންފުނިން، ފައިސާ ލިބުމުން ވެސް މިސްކިތް ނުނިމި ދިގުލައިގެންދާ މައްސަލައަކީ ދީނީ އަދި އިޖުތިމާއީ ގޮތުން ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ފަހުން ފެށި ބޮޑެތި އިމާރާތްތައް ނިމުނުއިރު މިސްކިތް އޮތީ ބިންމަތީގައި!

މިސްކިތުގެ މަސައްކަތް ފެށިފަހުން، ފެޑޯ ކޮންސްޓްރަކްޝަނުން ވަނީ ހުޅުމާލޭގައި އެއަށްވުރެ މާ ބޮޑެތި އަދި މާ ގިނަ ވަގުތު ނަގާނެ މަޝްރޫއުތައް ފަށައި، އެތަންތަން މުޅިން ނިންމާލާފައެވެ. އޭގެ ތެރޭގައި އަހުމަދިއްޔާ ސްކޫލުގެ އައު އިމާރާތް ވެސް ހިމެނޭއިރު، މިސްކިތަށްވުރެ މާ ފަހުން ފެށި ނަމަވެސް، މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މީގެ އިތުރުން އެޗްޑީސީގެ ބޮޑެތި ޕްރޮޖެކްޓްތަކާއި، ސަރުކާރާއި ކުންފުނިތަކުގެ ބޮޑެތި މަޝްރޫއުތައް ވަނީ ނިންމާފައެވެ. *

އާންމުން ސުވާލު އުފައްދަނީ، (މާފަހުން ފެށި) ވިޔަފާރީގެ އުސޫލުން ބޮޑު ފައިދާލިބޭ މިފަދަ ޓަވަރުތަކާއި ސްކޫލްތައް ނިންމާލިއިރު، މާތްވެގެންވާ މިސްކިތުގެ މަސައްކަތް އެޑްވާންސް ފުލް ޕޭމެންޓް ލިބުމުން ވެސް އަޅާނުލައި ދޫކޮށްލާފައިވަނީ ކީއްވެގެންތޯއެވެ؟

އާންމުންގެ ކަންބޮޑުވުން:

ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލޭގެ ގިނަ ބަޔަކު ސިފަކުރާ ގޮތުގައި، މިއީ މިސްކިތް އެޅުމުގެ ނަމުގައި ހިންގާފައިވާ ވަރަށް ބޮޑު އިހުމާލެކެވެ. ދީނީ ބިނާތަކަށް ދޭންޖެހޭ އަހައްމިއްޔަތުކަން ކުޑަކޮށް، އަމިއްލަ ވިޔަފާރީގެ ފައިދާއަށް ކުންފުނިން އިސްކަންދޭ ކަމުގެ ހެއްކެކެވެ. މިސްކިތް ނުނިމި މިހާ ގިނަ ދުވަސްވުމުން، އެ ސަރަހައްދުގެ މީހުން ނަމާދަށް ދިއުމަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހެއެވެ. ރައްޔިތުން ގޮވާލަނީ ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަ ބަލައި، ފެޑޯ ކޮންސްޓްރަކްޝަނުން މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށް މަޖުބޫރުކުރުވުމަށެވެ.

ހުޅުމާލެހުޅުމާލެ ފޭސް-2
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 12:06

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ މަޝްރޫޢެއް ފަށަނީ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެމަޝްރޫޢެއް ފަށަނީ

24 ދުވަސް ކުރިން - 11:49

މޫސުން ގޯސްވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516 އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

މޫސުން ގޯސްވެެ އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

29 ދުވަސް ކުރިން - 14:51

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

37 ދުވަސް ކުރިން - 14:28

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

:އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ”

39 ދުވަސް ކުރިން - 19:54

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

41 ދުވަސް ކުރިން - 19:54