Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

އައިޝަތު ރުވާ ރިފްޢަތު
1 ގަޑިއިރު ކުރިން - 11 ޖޫން 2026 16:51
ހުޅުމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް. / ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް. / ފޮޓޯ: އެޗްޑީސީ
ޚުލާސާ

ހުޅުމާލޭގެ ފޭސް 1 ގައި ދެ ސަރަހައްދެއް ކަނޑައަޅާފައިވޭ. އެއީ ސެންޓްރަލް ޕާކު އަދި 137 ވަނަ ފުލެޓު ކައިރީގައި ހުންނަ ހެދިކާ ސެންޓަރު ސަރަހައްދު. ފޭސް 2 ގައި މި އިންތިޒާމު ހަމަޖެއްސީ ވިނަރެސް ޓަވަރު 9 ކުރިނަތީގައި އޮންނަ ރޯދަ މާރުކޭޓު ޓެންޓު ސަރަހައްދު.

މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ މެޗުތައް ބެލުންތެރިންނަށް ކުލަގަދަކޮށް ގެނެސްދިނުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓައިފިއެވެ.

އެޗްޑީސީން މިއަދު ބޭއްވި މީޑިއާ ބްރީފިންގްއެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޒާމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކުވެރި އަދި ފޯރިގަދަ މާހައުލެއްގައި ވޯލްޑް ކަޕްގެ މެޗުތައް ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި އިންތިޒާމުގެ ދަށުން ބޮޑު ސްކްރީނުން މެޗުތައް ބެލޭނެ ތިން ސަރަހައްދަކީ:

Advertisement

Advertisement 1
  1. ހުޅުމާލެ ފޭސް 1 - ސެންޓްރަލް ޕާކު.
  2. ހުޅުމާލެ ފޭސް 1 - ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ސަރަހައްދު.
  3. ހުޅުމާލެ ފޭސް 2 - ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ސަރަހައްދު.

އެޗްޑީސީން ބުނީ މި ތިން ސަރަހައްދުގައި ވެސް ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް ބޮޑު ސްކްރީނުން ދައްކާނެ ކަމަށެވެ. އަދި މި އިންތިޒާމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށް ވެސް އަމާންކަމާއެކު، ހިލޭ މެޗުތައް ބަލައިލެވޭނެ ފޯރިގަދަ މާހައުލެއް ބިނާކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

މި އަހަރުގެ ވޯލްޑް ކަޕްގެ ފޯރި މުޅި ރާއްޖޭގައި ގަދަވެފައިވާއިރު، މި މުބާރާތް ފެށުމުގެ ގޮތުން މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މެކްސިކޯ އާއި ސައުތު އެފްރިކާއެވެ. މި މެޗު ރާއްޖެ ގަޑިން މިރޭ 00:00 ގައި ފަށާއިރު، ހުޅުމާލޭގެ ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މިހާރު ވަނީ މެޗު ބެލުމަށް ބޭނުންވާ އެންމެހާ ތައްޔާރީތައް ނިމިފައެވެ.

ފީފާ ވޯލްޑް ކަޕްހުޅުމާލެހުޅުމާލެ ފޭސް-2އެޗްޑީސީޕީއެސްއެމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފެންޓަސީ އެކައުންޓެއް ހުޅުވާލައިފިންތަ؟ އަވަހަށް ހުޅުވާލާ! ޚުލާސާއިން މި ދެނީ 5000 ރުފިޔާ

ވޯލްޑް ކަޕް ފެންޓަސީގައި ބައިވެރިވެގެން 5،000 ރުފިޔާ ހޯދުމުގެ ފުރުސަތު!

28 މިނެޓު ކުރިން - 17:38

ފީފާ ވޯލްޑް ކަޕް މިރޭ ފަށަނީ: ފުރަތަމަ މެޗުގައި މެކްސިކޯއާއި ދެކުނު އެފްރިކާ ބައްދަލުކުރަނީ

ވޯލްޑް ކަޕް މިރޭ ފަށަނީ: ފުރަތަމަ މެޗުގައި ވާދަކުރާނީ މެކްސިކޯއާއި ދެކުނު-އެފްރިކާ

9 ގަޑިއިރު ކުރިން - 08:42

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

10 ގަޑިއިރު ކުރިން - 07:34

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

1 ދުވަސް ކުރިން - 11:23

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

2 ދުވަސް ކުރިން - 10:24

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

3 ދުވަސް ކުރިން - 17:20