
ހިޒްބުﷲގެ ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ 96,000 އަށްވުރެ ގިނަމީހުން ގެދޮރު ދޫކޮށް ފިލަން ޖެހުނުއިރު، މިވީ ވިއްސަކަށް އަހަރުތެރޭ އެކަނިވެސް ހިޒްބުﷲ ނައްތާލަން 150ބިލިއަން ޑޮލަރު އިޒުރޭލުން ހޭދަކުރި. ނަމަވެސް ހިޒްބުﷲގެ ބާރު ދުވަހަށްވުރެ ދުވަހަކު ދަނީ ގަދަވަމުން. އެއީ މިނިވަން ޖަމާއަތެއްކަން އިޒުރޭލު އިންޓެލިޖެންސަށް އެނގިއްޖެ.
33 ދުވަސް ކުރިން - 16:45
ހިޒްބުﷲ އިން ބުނީ އެ ޖަމާއަތުގެ މުޖާހިދުން ތިބީ ކޮންމެ ފަދަ އުދުވާނަކާ ކުރިމަތިލާންވެސް ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރަށް ކަމަށް. ހިޒްބުﷲ އިން ބުނި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އެއްބަސްވުމަކަށް އިސްރާއީލުން ދުވަހަކުވެސް އިހުތިރާމެއް ނުކުރޭ.
81 ދުވަސް ކުރިން - 21:46
މަސްދަރުތަކުން އެމެރިކާގެ އިސް އޮފިޝަލަކާއި ޙަވާލާދީ ބުނީ ލުބުނާނުގެ ގަޑިން ހަވީރު 4 ޖެހިއިރު (ރާއްޖެއަށް މިއަދު އިރު އޮއްސެނިކޮށް) ހަމަލާތައް ދިނުން ހުއްޓާލާފައިވާ ކަމަށާއި، ޙަމަލާތައް ހުއްޓައިލީ، އިސްރާއީލާއި ލުބުނާނުގެ ބޯޑަރު ހަމައަކަށް އެޅުވުމަށާއި ހަމަނުޖެހުން އިތުރަށް ފުޅާވުން ހުއްޓުވުމަށް އެމެރިކާ އިސްނަގައިގެން ކުރި މަސައްކަތުން.
82 ދުވަސް ކުރިން - 18:49
ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ކަޓްޒް ނިންމީ ބެއިރޫތުގެ ދެކުނު ސަބަރބްސް އަށް ވަރުގަދަ ހަމަލާތަކެއް ދޭން. އެއީ ހިޒްބުاللهގެ ހަނގުރާމަވެރިންގެ ގިނަ ބަޔަކު ތިބޭ ސަރަހައްދެއް. ދެންމެ ދިން ހަމަލާގައި މަދުވެގެން 7 މީހުން ޝަހީދުވެ ގިނަބަޔަކު ވަނީ ޒަޚަމް ވެފަ.
87 ދުވަސް ކުރިން - 17:59
އިސްރާއީލު “ނަރަކައަކަށް” ހަދާލެވޭނެކަން އީރާނުން މީގެ ކުރިން ވެސް ވަނީ ދުނިޔެއަށް ސާފުކޮށް ދައްކާލާފަ. އެއީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާއި ދެކޮޅަށް ކުރި ހަނގުރާމައިގަ.
95 ދުވަސް ކުރިން - 10:43
އެމެރިކާގެ ހުށަހެޅުމުގައި އިޒުރޭލުން ހަނގުރާމަ ހުއްޓާލާނެ ކަމަށް ބުނެ ގެރެންޓީއެއް ދީފައި ނުވޭ. އަދި ލުބުނާނުގެ ސަރަހައްދުތަކުން އިސްރާއީލުން ފައިނާނެ ޓައިމްޓޭބަލެއް އަދި އެކަމާއި ގުޅޭ ޔަގީންކަމެއް ވެސް ދީފައެއް ނުވޭ. ވޮޝިންޓަނުން މިހާރު އިންތިޒާރު ކުރަމުންދަނީ ލުބުނާނުން ބުނާ އެއްޗަކަށް.
97 ދުވަސް ކުރިން - 11:09
ހިޒްބުالله އިން ބުނީ ރޭ ފަތިހު 3 ފަހަރެއްގެ މަތިން ރޮކެޓް ހަމަލާ ދިން ކަމަށާއި އޭގެތެރެއިން ފުރަތަމަ ހަމަލާ އަކީ “ރޮކެޓުގެ ރާޅެއް: ކަމަށް. ރޭ ވެސް ހިޒްބުاللهއިން ވަނީ އިޒުރޭލުގެ ސިފައިން ތިބި އެކި ތަންތަނަށް ހަމަލާ ދީފަ.
97 ދުވަސް ކުރިން - 07:17
ހިޒްބުﷲ އިން ވަނީ އެއްދުވަސް ތެރޭގައި ޖުމްލަ 41 އަސްކަރީ އޮޕަރޭޝަނެއް ވަނީ ހިންގާފަ. މި ޙަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ ސިފައިން ޖަމާވެފައި ތިބި ތަންތަނަށާއި، "އަޔަން ޑޯމް" ވައިގެ ދިފާޢީ ނިޒާމުތަކުގެ އިތުރުން އުތުރުގެ ވަޒަންވެރިން އުޅޭ ސަރަޙައްދުތަކަށް.
99 ދުވަސް ކުރިން - 05:32
ބެއިރޫތުގެ ދެކުނުގެ ސަބަރބްތަކަކީ ހިޒްބުاللهގެ އެންމެ ބާރުގަދަ ސަރަހައްދުތައް.
100 ދުވަސް ކުރިން - 13:54
މި ހަމަލާ ދީފައިވަނީ އިސްރާއީލުގެ އުތުރުގެ ގަލީލީ ސަރަހައްދުގެ ހޫލާ ވާދީގައި އޮންނަ ބައިތު ހިލޭލް ކައިރީގައި ހުރި އަސްކަރީ މަރުކަޒަކަށް.
100 ދުވަސް ކުރިން - 04:06
މި ހަމަލާގެ ކުރިން، މިއަދު މެންދުރުފަހު 2:30 ހާއިރު (ޖީއެމްޓީން 11:30) އިޒްރޭލުގެ އުތުރުގައިވާ ހަނީތާ ސަރަހައްދުގައި ހުރި އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ވެސް އެ ޖަމާއަތުން ވަނީ ހަމަލާދީފަ.
100 ދުވަސް ކުރިން - 02:59
ހިޒްބުﷲގެ ހަމަލާތައް ވަރުގަދަވެ، ނުރައްކާ ވުމާއި ގުޅިގެން ނަތަންޔާހޫ ވަނީ އެއީ "ބޮޑު ނުރައްކަލެއް" ކަމަށް ސިފަކޮށްފަ
101 ދުވަސް ކުރިން - 16:16
ލުބުނާނުގެ ދެކުނުގައި ދިން ޑްރޯން ޙަމަލާ އެއްގައި އިސްރާއީލު ސިފައިންގެ ކެޕްޓަނަކު މަރާލައިފި
114 ދުވަސް ކުރިން - 09:20