މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އަލް މަވާސީ އަށް ފަސް މިސައިލް އަމާޒުވި. ރޭ ދިން ހަމަލާއަކީ ވަރަށް ބާރުގަދަ އަދި ނުރައްކާތެރި ހަމަލާއެއް ކަމަށާއި އެއީ މިފަހުން ދިން އެންމެ ބާރުގަދަ އެއް ހަމަލާ ކަމަށް ހަބަރުތައް ބުނޭ. ހަމަލާގެ ބާރުގަދަކަމުން ބައެއް މީހުން ވަނީ ވަޅުލެވިފައި. ޝަހީދުވާ މީހުން އިތުރުވާނެ ކަމަށް ބެލެވޭ.
730 ދުވަސް ކުރިން - 10:19
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 16 މީހަކު ޝަހީދުވެ، 64 މީހަކު ޒަޚަމްވެފައިވޭ. އިސްރާއީލުން އެމްބިއުލާންސާއި ސިވިލް ޑިފެންސް ކްރޫންގެ ހަރަކާތްތަކަށް ހުރަސް އަޅަމުންދާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ނުވަތަ ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް އަދިވެސް ނެގޭ ގޮތެއް ނުވޭ
731 ދުވަސް ކުރިން - 21:10
ހަމަލާ އަމާޒުކުރީ އިސްރާއީލުގެ ހަނގުރާމަވެރި މަތިންދާބޯޓުން މީހުން ދިރިއުޅޭ ގެއަކަށް އަމާޒުކޮށް. މިހަމަލާގައި ދެ ކުޑަކުދިންނާއި 3 އަންހެނުން ޝަހީދުވި
733 ދުވަސް ކުރިން - 21:08
މިއަދު އެކި ތަންތަނަށް ދިން ހަމަލާތަކުގައި 13 މީހުން ޝަހީދުވިކަން ކަށަވަރުވެފައިވާއިރު އަދަދުތައް އިތުރުވާނެ ކަމަށް ބެެލެވޭ. މިހާތަނަށް އިސްރާއީލުން ވަނީ ޣައްޒާއިން ގާތްގަނޑަކަށް ދެ މިލިއަން މީހުން ގަދަކަމުން ގެދޮރުން ނެރެލާފަ. އޭގެތެރެއިން ބޮޑު ބައެއް ވަނީ މިސްރާ ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ ތޮއްޖެހިފައިވާ ސިޓީ ރަފާއަށް ބަދަލުވެފަ
734 ދުވަސް ކުރިން - 20:22
އަނިޔާވި މީހުން ޚާން ޔޫނިސް އަށް ގެންދަނިކޮށް އަނެއްކާވެސް އިސްރާއީލުން ހަމަލާތައް އަމާޒުކުރި. އެހަމަލާގައި ވެސް އެއްބަޔަކު ޒަހަމްވި ކަމުގެ ރިޕޯޓްތައް ލިބިފައިވޭ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 40،878 މީހުން ޝަހީދުވެފައިވާއިރު، 94،454 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ
734 ދުވަސް ކުރިން - 19:54
މިލިޓަރީ އިންޓެލިޖެންސް ޑިރެކްޓަރޭޓްގެ ރިސާޗް ޑިވިޝަންގެ އިސް އޮފިސަރަކާއި، ޣައްޒާ ޑިވިޝަންގެ ކޮމާންޑަރާއި، ގްރައުންޑް ފޯސްގެ ވެރިޔާ ވެސް ވަނީ މަގާމުން ވަކިވެފަ
736 ދުވަސް ކުރިން - 18:30
ޔަހޫދީން ބޮން އަޅައި އިއްޔެ ޝަހީދު ކޮށްލީ ޚާން ޔޫނިސްއިން 3 މީހުންނާއި. ރަފާގެ އިރުމަތިން ދެ މީހުންނާއި، ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް ބުރެއިޖް ކޭމްޕްގެ އިރުމަތިން އެކަކު އަދި އިރުދެކުނު ސަރަހައްދުގައި އޮންނަ އަލް ޒައިތޫން ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ސަފާދު ސްކޫލަށް ބޮން އަޅައި 4 މީހުން
738 ދުވަސް ކުރިން - 07:04
ޖެނިންގެ ރައްޔިތުންނަށް ޒަރޫރީ އެއްވެސް ހިދުމަތެއް ނެތި ބަނޑށް ޖެހިފައި. އިސްރާއީލުން ވަނީ އަވަށް ދޫކޮށް އެންމެން ދިޔުމށ އިންޒާރުދީފައި. ބުލްޑޯޒަރުތަކުން ތަންތަން ހަލާކުކުރަން ފަށައިފި
739 ދުވަސް ކުރިން - 12:55
މި އަވަށް ބަންދުކުރީ މިއަދު ހެނދުނު އިސްރާއީލްގެ ފުލުހުން ތިބި ޗެކްޕޮއިންޓަކަށް ހަމަލާދީ ތިން ފުލުހުން މަރާލުމާއި ގުޅިގެން ކަމަށް ހަބަރުލިބޭ
739 ދުވަސް ކުރިން - 12:26
އިސްރާއީލުން ޣައްޒާގެ އިރުމައްޗާއި އުތުރަށް ހަމަލާދިން. މި ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު މަރުވެ ޒަޚަމްވެފައިވެއެވެ. އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 40،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ގާތްގަނޑަކަށް ދެ މިލިއަން މީހުން ގެދޮރު ދޫކޮށްފައިވާއިރު، ގިނަ މީހުން ހިޖުރަކުރީ މިސްރު ބޯޑަރު ކައިރީ އޮންނަ ރަފާއަށް.
739 ދުވަސް ކުރިން - 10:14
އިސްރާއީލާއި ހިޒްބުاللهގެ ފިތުނަތައް އިތުރުވަމުންދާއިރު އެމެރިކާއިން މަސައްކަތް ކުރަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށެވެ. ޤާހިރާގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އެއްބަސްވުމެއް ނެތި ނިމުނުއިރު، ޣައްޒާގައި މަރުވި މީހުންގެ އަދަދު 40،400 އަށް ވުރެ މައްޗަށް ގޮސްފައިވަނީ ނަސްލު ނައްތާލުމުގެ ތުހުމަތުތަކެއް ކުރަމުންނެވެ.
745 ދުވަސް ކުރިން - 15:54
އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 40،000 އަށް ވުރެ ގިނަ މީހުން މަރުވެ ގާތްގަނޑަކަށް 94،000 މީހުން ޒަޚަމްވެފައިވާއިރު، އިންސާނީ ދަތިކަން އިތުރަށް ބޮޑުވެއްޖެ. ޤާހިރާގައި ކުރިއަށް ގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ނާކާމިޔާބުވެ ނިމުނީ، އިސްރާއީލާއި ފަލަސްތީނުގެ ފެކްޝަންތަކުގެ މެދުގައި އެއްބަސްވުމަކަށް އައިސްފައި ނުވާތީ
745 ދުވަސް ކުރިން - 14:52