ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން މިއަދު ހެނދުނު ހިބްރޫންގެ އަވަށެއް ބަންދުކޮށްފިއެވެ.
މިއަދު ހެނދުނު އިޒްނާ އަވަށަށް ވަދެ ހުރިހާ ދިމާލަކުން އެ އަވަށް އެކީ އެކަށް ބަންދުކޮށްފައިވާއިރު، އިސްރާއީލްގެ ސިފައިން ވަނީ އެއްވެސް މީހަކަށް އެ އަވަށުން ނުނުކުމެވޭ ގޮތް ހަދައިފައެވެ.
ހަބަރުތައް ލިބޭ ގޮތުގައި ޔަހޫދީ ސިފައިން ގެންދަނީ އެ އަވަށުގެ ގެތަކަށް ވަދެ ރެއިޑް ކުރަމުންނެވެ.
ބައެއް ހަބަރުތައް ބުނާ ގޮތުގައި އިސްރާއީލުން ހުޅަނގު އައްސޭރީގައިވާ މި އަވަށް ބަންދުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި އެސަރަހައްދުގެ ޗެކްޕޮއިންޓަކުން އިޒްރޭލުގެ ފުލުހުންނަށް އަމާޒުކޮށް ހަމަލާއެއްދީ ތިން ފުލުހުން މަރާލުމާއި ގުޅިގެންނެވެ.









