އިސްރާއީލާއި ހިޒްބުالله އާއި ދެމެދު އުފެދިފައިވާ މައްސަލަތައް ފުޅާވެ ހަނގުރާމައިގެ ބިރުވެރިކން އިތުރުވަމުންދާ ދަނޑިވަޅެއްގައި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ ފަރާތްތަކާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް ގާއިމްކުރުމަށް އެމެރިކާއިން ކެތްތެރިކަމެއް ނެތި މަސައްކަތް ކުރަމުންދާކަމަށް ވޮޝިންޓަނުން ބުނެފިއެވެ.
އިސްރާއީލާއި ހިޒްބުالله އިން ވެސް ބޯޑަރު ހުރަސްކޮށް އިސްރާއީލަށް ހަމަލާ ދެމުންދާތީ އެމެރިކާ ކަންބޮޑުވެއެވެ. ނަމަވެސް، އިސްރާއީލުން ޣައްޒާ މުސްލިމުން 40،000 އަށްވުރެ ގިނައިން ޝަހީދުކޮށްފައިވާއިރު އިސްރާއީލާއި ދެކޮޅަށް އެމެރިކާއިން ފިޔަވަޅެއް ނާޅައެވެ.
ހިޒްބުالله އިން ވަނީ އެގައުމުގެ އިސް ކޮމާންޑަރު ފުއާދު ޝުކުރު ޝަހީދުކޮށްލުމާއި ގުޅިގެން އިސްރާއީލަށް ރޮކެޓާއި ޑްރޯން ފޮނުވާލާފަ އެވެ. ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.
ޤާހިރާގައި ޣައްޒާގައި ކުރިއަށް ގެންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ނާކާމިޔާބުވީއިރު، ޖުލައި މަހުގެ ދެވަނަ ދުވަހު އިސްރާއީލުން ވެފައިވާ އެއްބަސްވުންތަކަށް ތަބާވުމަށް ހަމާސްއިން ޑިމާންޑް ކުރިއެވެ.









