އެތައް ދުވަހެއް ވަންދެން ކަރަންޓާއި ފެން ކަނޑާލާފައިވާ ޖެނިންގެ ރައްޔިތުން ކާނާއަށް ޖައްސައި ބަނޑުހައިހޫނު ކަމުގައި ބޭތިއްބުމަށްފަހު އިއްޔެ އިސްރާއީލްގެ ސިފައިން ބުލްޑޯޒަރު ތަކުން ޖެނިންގެ އެކި ތަންތަނުގައި ހުރި އިންފްރާސްޓްރަކްޗަރު ތަކަށް ގެއްލުންދީފިއެވެ.
އިސްރާއީލުން ޖެނިންގައި ތިބި ރައްޔިތުންނަށް އެ ސރަހައްދު ދޫކޮށް ދަނީ އިންޒާރު ދެމުންނެވެ.
މިއަދަކީ ހުއްޓުމެއް ނެތި ޖެނިން ގައި އިސްރާއީލުން އެތަނުގެ ރައްޔިތުންނަށް ހިތުހުރި ގޮތެއް ހަދަމުންދާތާ ފަސްވަނަ ދުވަހެވެ. މިހާތަނަށް މި ފަސް ދުވަސްތެރޭ ވެސް ޖެނިން އިން 20 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް އާންމުންތައް ޝަހީދު ކުރަމުން ދާއިރު އީރާން ފިޔަވައި ވަށައިގެން ތިބި އެއްވެސް ސަރުކާރަކުން ފަލަސްތީނުގެ ދިފާއުގައި އިސްރާއީލަށް ހަމަލާ ދޭކަށް ވެސް އަދި އިސްރާއީޅުގެ އަމަލުތައްކުށްވެރިކޯށް ބައިނަލް އަގްވާމީ ކޯޓަށް ދާތަނެއް ވެސް ނުފެނެއެވެ.
އޭގެ ބަދަލުގައި ފެންނަނީ މުސްލިމު އަރަބި ގައުމުތަކުން ވެސް އެމެރިކާއާއި ގުޅުން ބަދަހި ކުރަމުންދާތަނެވެ. އަނެއްކޮޅުން އިސްރާއީލާއި ޖެހިގެން އޮތް މިސްރަކީ އެމެރިކާއިން ބުނި ގޮތެއް ހަދައިގެން އޮންނަ ސަރުކާރެކެވެ. ޣައްޒާއަށް ވަދެ ނުކުތުމަށް އޮންނަ ދޮރާށި މިއޮއްހާ ދުވަހު ބަނދްދުކޮށްގެން ތިބީ މިސްރުންނެވެ.









