އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި އާއިލާތަކާ ދެކޮޅަށް ދެ ޤަތުލުއާންމު ހިންގާފައިވާއިރު ، އޭގެ ސަބަބުން ފަލަސްތީނުގެ 16 މީހަކު މަރުވެ، 64 މީހަކު ޒަޚަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 40،988 އަށް އަރާފައިވާއިރު، އިތުރު 94،825 މީހަކަށް ޒަހަމްވެފައިވެ އެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ހަމަ އެ މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އެމްބިއުލާންސާއި ސިވިލް ޑިފެންސް ކްރޫންގެ ހަރަކާތްތަކަށް ހުރަސް އަޅަމުންދާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ނުވަތަ ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް އަދިވެސް ނެގޭ ގޮތެއް ނުވެއެވެ.
ފަލަސްތީނުގެ ހާލަތު މިހާ ގޯސްވެފައިވާއިރު ހަނގުރާމަ ހުއްޓޭ ކަމުގެ ކޮޅުމައްޗެއް ހަމަ އެއްގޮތަކަށް ވެސް ނުފެނެއެވެ. އިސްރާއީލުން ބުނަނީ ހަނގުރާމަ ހުއްޓާލާނީ ހަމާސްގެ ބާރު އެއްކޮށް ކެނޑުމުންނެވެ. ނަމަވެސް ހަމާސްގެ ބާރު ކެނޑުމަކީ ކޮބައިކަމެއް އިސްރާއީލުން ހާޟައެއް ނުކުރެއެވެ. އެހެންކަމުން އެއީ، ހަމާސްގެ ހުރިހާ ލީޑަރުން ޝަހީދުކޮށްލުންތޯ ސުވާލު އުފެދެއެވެ.









