ޣައްޒާގެ އުތުރުގެ ބެއިތުލަހިޔާގައި އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި 100އެއްހާ މީހުން ޝަހީދުވެއްޖެ. މުޅި ސަރަޙައްދު ބަންދުކޮށް ޙަމަލާދެމުން އަންނަތާ މިއަދަށް މިވީ 25 ދުވަސް. ކާބޯޓަކެއްޗާއި ބޭސް ދަނީ ހުސްވަމުން.
680 ދުވަސް ކުރިން - 22:17
މިޤާނޫނުގެ ސަބަބުން އަންރުވާގެ ޙަރަކާތްތަކަށް އިޒްރޭލުން ހުރަސްއަޅައި އަންރުވާގެ މުވައްޒަފުންނާއި ތަކެއްޗަށް އިޒްރޭލާއި އެމީހުންގެ ބާރުގެ ދަށުގައި ތިބި ތަންތަނުގައި ޙިމާޔަތްދިނުން ނިމުމަކަށް އަންނާނެ.
681 ދުވަސް ކުރިން - 12:33
ޣައްޒާގެ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ތިން ހަފްތާތެރޭ 800 މީހުން ޝަހީދުކޮށްލައިފި، އުތުރުގައި ކުރިއަށްދާ ހަމަލާތަކުގެ ތެރޭގައި ޖަބަލިޔާ ވަނީ ފަނާވެފައި.
682 ދުވަސް ކުރިން - 17:38
ޔަހޫދީ ބާރުތަކުން ޣައްޒާގެ ކަމާލް އަދުވާނީ ހޮސްޕިޓަލަށް ވަދެ، ހޮސްޕިޓަލުގެ ޑިރެކްޓަރު ހިމެނޭ ގޮތަށް ޑޮކްޓަރުންނާއި މުވައްޒަފުންނާއި ބަލިމީހުން ހައްޔަރުކޮށް، އައިސީޔޫ ހަލާކުކޮށްލައި އެތަނުގައި ތިބި ދެކުދިން ޝަހީދުކޮށްލި.
683 ދުވަސް ކުރިން - 18:07
އިސްރާއީލުން ޣައްޒާގެ ސްކޫލަކާއި ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާތަކުގައި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަބަޔަކު ޝަހީދުވެއްޖެ. ސްކޫލަށް ދިން ޙަމަލާގައި އެކަނިވެސް މަދުވެގެން 16 މީހުން ޝަހީދުވި.
685 ދުވަސް ކުރިން - 23:07
ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ އަނިޔާވެރިކަމުގެ ސަބަބުން ކުޑަކުދިންނަށް ޕޯލިއޯ ވެކްސިންގެ ދެވަނަ ޑޯޒް ނުލިބި، ސިއްހަތަށް ނުރައްކާ ކުރިމަތިވެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި.
686 ދުވަސް ކުރިން - 19:05
ޚަބަރުތައް ބުނާ ގޮތުގައި ފާއިތުވި 24 ގަޑިއިރުތެރޭ އިސްރާއީލުން ޣައްޒާގައި 7 ޤަތުލުޢާންމު ހިންގައި 117 މީހުން ޝަހީދުކޮށް އިތުރު 478 މީހަކު ޒަހަމްކޮށްފައިވޭ.
688 ދުވަސް ކުރިން - 15:16
ޣައްޒާގެ އުތުރާއި ދެކުނުގައި އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ބޮން އަޅައި އާންމުންގެ ތިން މީހަކު ޝަހީދުކޮށް އިތުރު ބަޔަކު ޒަހަމްވެއްޖެ.
691 ދުވަސް ކުރިން - 14:39
ހަމާސްގެ ލީޑަރު ޔަހްޔާ ޝަހީދުކޮށްލައިފައިވާ ކަމަށް އަނިޔާވެރި އިޒްރޭލުން ވަނީ ކަށަވަރުކޮށްދީފަ. ހަމާސްއިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ މީހުން ދޫކުރުމަށް ނަތަންޔާހޫ ވަނީ ގޮވާލާފަ.
692 ދުވަސް ކުރިން - 23:04
ހަމާސްގެ ލީޑަރަކަށް ސިންވާރު ވެވަޑައިގަތީ ޖުލައި މަހު އިސްރާއީލުން ހަނިއްޔާ އަވަހާރަކޮށްލުމުން. އިސްރާއީލުން އޭނާ ސިފަކޮށްފައިވަނީ "ރަހުމުކުޑަ" އަދި "ބާރުގަދަ" މީހެއްގެ ގޮތުގައި.
692 ދުވަސް ކުރިން - 19:58
ފާއިތުވީ 1 އަހަރުތެރޭގައި 902 ޢާއިލާއެއްގެ އެންމެ މެންބަރަކު ވެސް ނުބަހައްޓައި ހުރިހާ އެންމެން ޝަހީދުކޮށްލިއިރު އިތުރު 1364 ޢާއިލާއެއްގެ އެކަކު ފިޔަވައި އެންމެން ޝަހީދުކޮށް އެހެން 3،472 އާއިލާއެއްގައި ބާކީ ތިބީ ދެމީހުން.
695 ދުވަސް ކުރިން - 11:03
ލީކުވެފައިވާ ޕްލޭނުގައި ވަނީ ޣައްޒާގެ އުތުރަށް އެއްވެސް ކަހަލަ އެހީއެއް ނުވެއްދޭ ގޮތަށް އެންމެން ބަނޑަށް ޖައްސާލުން. މި ޕްލޭން ލީކުކޮށްލީ އެމެރިކާގެ އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިއެއް
696 ދުވަސް ކުރިން - 05:32