Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޣައްޒާއާއި ގުޅޭ އިސްރާއީލުގެ ޕްލޭނެއް ލީކުވެއްޖެ

ޣައްޒާއާއި ގުޅޭ އިސްރާއީލުގެ ޕްލޭނެއް ލީކުވެއްޖެ

އައިޝަތު އީމާން
606 ދުވަސް ކުރިން - 14 އޮކްޓޫބަރު 2024 05:32
އިސްރާއީލުން ޖަބަލިޔާގެ ޢިމާރާތަކަށް ބޮން އަޅާއިރު ހަނގުރާމަމަތީ ޓޭންކަރެއް ޖަބަލިޔާގެ މަގުމަތީގައި ދުއްވަނީ. ފައިލް ފޮޓޯ
އިސްރާއީލުން ޖަބަލިޔާގެ ޢިމާރާތަކަށް ބޮން އަޅާއިރު ހަނގުރާމަމަތީ ޓޭންކަރެއް ޖަބަލިޔާގެ މަގުމަތީގައި ދުއްވަނީ. ފައިލް ފޮޓޯ
ޚުލާސާ

ލީކުވެފައިވާ ޕްލޭނުގައި ވަނީ ޣައްޒާގެ އުތުރަށް އެއްވެސް ކަހަލަ އެހީއެއް ނުވެއްދޭ ގޮތަށް އެންމެން ބަނޑަށް ޖައްސާލުން. މި ޕްލޭން ލީކުކޮށްލީ އެމެރިކާގެ އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިއެއް

ޣައްޒާގެ ހަނގުރާމައާއި ގުޅޭގޮތުން ހައްދުފަހަނައެޅި އިސްރާއީލުން ހަދާފައިވާ އައު ޕްލޭނެއްގެ ކޮޕީއެއް އެސޯސިއޭޓެޑް ޕްރެސް ، އޭޕީ އަށް ލިބި އެ ޕްލޭނުގައިވާ ބައެއް ކަންތައްތައް ލީކު ކޮށްލައިފިއެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަކީ އިތުބާރު ހުރި ޚަބަރުތައް ފޯރުކޮށްދިނުމުގައި މަޝްހޫރު ނޫސްވެރިންގެ ނެޓްވޯކެކެވެ. 1846 ވަނަ އަހަރުން ފެށިގެން ވަކި ފަރާތަކަށް ނުޖެހި ޚަބަރުތައް ގެނެސްދޭ ދިގު ތާރީހެއް އޮތުމުން އެސޯސިއޭޓެޑް ޕްރެސްއަށް ވަރަށް އިތުބާރު ކުރެވެއެވެ.

އެމެރިކާގެ އޭޕީން ބުނި ގޮތުގައި އެމީހުންނަށް ލިބިފައިވާ އެ ޕްލޭނުގައި ވާގޮތުން ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް ފެން، ބޭސް އަދި ކާބޯތަކެތި ލިބޭގޮތް މުޅިން ހުއްޓުވަން ޖެހޭ ކަމަށް އިސްރާއީލުން އޮތީ ޣައްޒާގައި ހަނގުރާމަކުރާ އިސްރާއީލުގެ ފޯސްއަށް އަންގާފައެވެ. މި ޕްލޭނުގައި ވާގޮތުން ޣައްޒާގެ އުތުރުގައި ދިރިއުޅޭ މުސްލިމުންނަށް އެއްވެސް ކަހަލަ އިންސާނީ އެހީއެއް ފޯރުކޮށްދީގެން ނުވާނެއެވެ. އޭރުން ބަނޑަށް ޖެހިދާނެތީވެ ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް އެމީހުންގެ ގެދޮރު ދޫކޮށް އެހެން ތަނަކަށް ދިޔުމަށް މަޖުބޫރު ވާނެއެވެ. 

Advertisement

Advertisement 1

އެ ޕްލޭނުގައި ވާގޮތުން ގެދޮރު ދޫކޮށްލަން ބޭނުންނުވާ ކޮންމެ މީހަކީ ހަނގުރާމަވެރިއެއް ކަމަށް ގިންތި ކުރެވޭނެއެވެ. 

މި ޕްލޭނަށް ޢަމަލުކުރެވިއްޖެނަމަ ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުން ވަށާލުން އިތުރަށް އެމީހުންނާއި ދެކޮޅަށް އެއްގަމުންނާއި ވައިގެމަގުން ހަމަލާދީ އެމީހުން ޝަހީދުކޮށްލުމުގެ ފުރުޞަތު އިސްރާއީލުގެ ފޯސްއަށް ލިބޭނެއެވެ.

އިސްރާއީލުގެ ހަނގުރާމަވެރިން މިހާރު ތިބީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިޔާ ވަށާލާފައެވެ. ޖަބަލިޔާ ވަށާލާފައި އޮންނަތާ މިހާރު ހަފްތާއެއް ވީއެވެ. ބެލެވޭ ގޮތުގައި އޭޕީއަށް ލިބުނު ކޮޕީއަކީ ޖަބަލިޔާއާއި ގުޅުންހުރި ޕްލޭނަކަށް ވެދާނެއެވެ. ޖަބަލިޔާ ވެސް އޮންނަނީ ޣައްޒާގެ އުތުރުގައެވެ. އެ ސިޓީއަކީ އިސްރާއީލު އުފެއްދުމަށްފަހު 1948 ވަނަ އަހަރު އުފެއްދި ޣައްޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕެވެ. އެތަނާއި އިސްރާއީލު ބޯޑަރާއި ވެސް ނުލާހިކު ކައިރިއެވެ. ގާތްގަނޑަކަށް ދެތިން ކިލޯމީޓަރެވެ. ރެފިއުޖީ ކޭމްޕް ހިމެނޭ ގޮތަށް ޖަބަލިޔާގެ އާބާދީއަކީ ގާތްގަނޑަކަށް 200،000 އެއްހާ މީހުންނެވެ.

އިސްރާއީލުން ޖަބަލިޔާއަށް ވަދެ ނުކުމެވޭ ސަރަހައްދުތައް ވެސް އިއްޔެ ނޫން ކުރީ ދުވަހު ބަންދުކޮށްފައިވާ ކަމަށް ފަލަސްޠީނުގެ މަސްދަރުތަކުން ބުނެއެވެ. އަދި އިސްރާއީލުގެ ސިފައިންނަށް ޖަބަލިޔާގައި ހަމަލާ ވެސް ދޭތެރެދޭތެރެއިން ދަނީ ދެމުންނެވެ. ޚުލާސާއަށް އެކި މަސްދަރުތަކުން ލިބިފައިވާ ވީޑިއޯ ތަކުގައި އިސްރާއީލު ސިފައިންނާއި ދެކޮޅަށް ޖަބަލިޔާ ތެރޭގައި ފިލައި ތިބެގެން ހަމަލާދޭ މަންޒަރު ފެނެއެވެ.

ޣައްޒާއިސްރާއީލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅަނގު އައްސޭރީގައި މިއިން ޒަމާނަކު ނުކުރާވަރަށް އިޒުރޭލުން ދަނީ މުސްލިމުންނަށް އަނިޔާ ކުރަމުން - އދ

ހުޅަނގު އައްސޭރީގައި މިއިން ޒަމާނަކު ނުކުރާވަރަށް އަނިޔާ - އދ

1 ގަޑިއިރު ކުރިން - 15:02

900 އަށްވުރެ ގިނަ ދުވަހު ޖަލުގައި ބޭއްވުމަށް ފަހު ޙަމާސްގެ ލީޑަރެއް މިނިވަން ކޮށްފި

900 އަށްވުރެ ގިނަ ދުވަހު ޖަލުގައި ބޭއްވުމަށްފަހު ޙަމާސްގެ ލީޑަރެއް މިނިވަންކޮށްފި

2 ގަޑިއިރު ކުރިން - 13:14

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

1 ދުވަސް ކުރިން - 13:37

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

3 ދުވަސް ކުރިން - 17:27

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

4 ދުވަސް ކުރިން - 12:57

އީރާނުން އިޒުރޭލަށް ޙަމަލާ ދީފި، ޓްރަމްޕް ބޭނުމީ މަޝްވަރާ

އީރާނުން އިޒުރޭލަށް ޙަމަލާ ދީފި، ޓްރަމްޕް ބޭނުމީ މަޝްވަރާ

4 ދުވަސް ކުރިން - 02:45