ޣައްޒާގެ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުން ހުއްޓުވައިފި

ޖަވާދު | 359 ދުވަސް ކުރިން - 23 އޮކްޓޯބަރު 2024 19:05
ޚުލާސާ

ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ އަނިޔާވެރިކަމުގެ ސަބަބުން ކުޑަކުދިންނަށް ޕޯލިއޯ ވެކްސިންގެ ދެވަނަ ޑޯޒް ނުލިބި، ސިއްހަތަށް ނުރައްކާ ކުރިމަތިވެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި.

ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ އަނިޔާވެރިކަމުގެ ސަބަބުން ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ކުރާ މަސައްކަތަށް ހުރަސްއެޅޭ ކަމަށް ހެލްތު މިނިސްޓަރު މާޖިދު އަބޫ ރަމަޟާން ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ. އަނިޔާވެރިކަމުގެ ސަބަބުން ކުޑަކުދިންނާއި ޞިއްޙީ ޚިދުމަތްތެރިންނަށް ވެކްސިން ދޭ މަރުކަޒުތަކަށް ވަނުމަށް ދަތިވެ، ޕޯލިއޯ ވެކްސިން ދިނުމުގެ ދެވަނަ ފިޔަވަހީގެ ކެމްޕޭން ވަނީ ހުއްޓިފައެވެ.

ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ޑަބްލިއުއެޗްއޯ އާއި އެހެން ބައިވެރިންނާ ގުޅިގެން ގާތްގަނޑަކަށް 640،000 ކުދިންނަށް ނޮވެލް އޯރަލް ޕޯލިއޯ ވެކްސިން ޓައިޕް 2 (nOPV2) ވެކްސިން ދިނުމަށް ދެ ބުރުގެ ވެކްސިން ކެމްޕޭނެއް ފެށިއެވެ. ފުރަތަމަ މަރުހަލާގައި ގޮންޖެހުންތަކާއެކު ވެކްސިން ދެވުނީ 187،000 ކުދިންނަށެވެ. 

މިނިސްޓަރު އަބޫ ރަމަޟާން ވަނީ އާއިލާތަކަށާއި ސިއްހީ ހިދުމަތްދޭ ޓީމުތަކަށް ރައްކާތެރިކަމާއެކު ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ހުއްދަ ދިނުމަށް އިސްރާއީލުން ހިންގާ ޢުދުވާނީ ޢަމަލުތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ ޞިއްޙީ ޖަމިއްޔާތަކުން ޕްރެޝަރު ކުރުމަށް ގޮވާލާފައެވެ. 

އެތައް ހާސް ކުދިންނަށް ވެކްސިން ދިނުމަށް ދަތިވެފައިވާއިރު، ޣައްޒާގެ މެދުތެރޭގައި ވެކްސިން ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސް، ކުރިއަށް އޮތް މަސްތަކުގައި ދެކުނާއި އުތުރުގެ ސަރަހައްދުތަކަށް ވެސް މި ކެމްޕެއިން ފުޅާކުރުމުގެ ޕްލޭންތައް ޑަބުލިޔުއެޗްއޯއިން ދަނީ ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%