Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މިއަދު ފަލަސްޠީނުގައި ޝަހީދުވި މީހުންގެ ޢަދަދު 100 އާއި ކައިރިކޮށްފި

ޖަވާދު
727 ދުވަސް ކުރިން - 29 އޮކްޓޫބަރު 2024 22:17
ޣައްޒާގެ އުތުރުގެ ބެއިޓް ލަހިޔާގައި އިސްރާއީލުން މިއަދު ދިން ޙަމަލާއަކަށް ފަހު ފަލަސްޠީނުގެ އަންހެން ކުއްޖަކު ޝަހީދުވެފައި ނުވަތަ ތާށިވެފައި އޮތް މީހަކު ފެނޭތޯ ބަލަނީ / ފޮޓޯ: އޭއެފްޕީ
ޣައްޒާގެ އުތުރުގެ ބެއިޓް ލަހިޔާގައި އިސްރާއީލުން މިއަދު ދިން ޙަމަލާއަކަށް ފަހު ފަލަސްޠީނުގެ އަންހެން ކުއްޖަކު ޝަހީދުވެފައި ނުވަތަ ތާށިވެފައި އޮތް މީހަކު ފެނޭތޯ ބަލަނީ / ފޮޓޯ: އޭއެފްޕީ
ޚުލާސާ

ޣައްޒާގެ އުތުރުގެ ބެއިތުލަހިޔާގައި އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި 100އެއްހާ މީހުން ޝަހީދުވެއްޖެ. މުޅި ސަރަޙައްދު ބަންދުކޮށް ޙަމަލާދެމުން އަންނަތާ މިއަދަށް މިވީ 25 ދުވަސް. ކާބޯޓަކެއްޗާއި ބޭސް ދަނީ ހުސްވަމުން.

ޣައްޒާގެ އުތުރުގެ އަވަށެއް ކަމަށްވާ ބެއިތުލަހިޔާގެ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަކަށް އިޒްރޭލުން ދިން ވައިގެ ޙަމަލާތަކުގައި ފަލަސްތީނުން މިއަދު ޝަހީދުވި މީހުންގެ ޢަދަދު 100އާއި ކައިރިކޮށްފި ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮޮތުގައި 93 މީހުން ޝަހީދުވިއެވެ. މި ޙަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެއެވެ.

އިސްރާއީލުން ވަނީ 200 އެއްހާ މީހުން ދިރިއުޅޭ ޢިމާރާތަކަށް އަމާޒުކޮށް މިސައިލް ޙަމަލާދީ މުޅި ޢިމާރާތް ފުނޑުފުނޑު ކޮށްފައި ކަމަށާ ޝަހީދުވި މީހުންގެ ތެރޭގައި އިއްޔެ އެ ސަރަޙައްދަށް ހިޖުރަކުރި ބައެއް މީހުން ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

Advertisement

Advertisement 1

ހެލްތް މިނިސްޓްރީން ބުނެފައިވަނީ ޙަމަލާގެ ސަބަބުން ގިނަ ބަޔަކު އަދިވެސް ތިބީ ޢިމާރާތުގެ ކުނިތަކުގެތެރޭގައި ތާށިވެފައި ކަމަށާއި، އެމްބިއުލާންސްތަކާއި ސިވިލް ޑިފެންސް ކްރޫތަކަށް އެ މީހުންނާ ހަމައަށް ނުދެވޭ ކަމަށެވެ. އަދި ޒަޚަމްވި މީހުންނަށް ފަރުވާ ނުދެވުނީ ކައިރީގައި ހުރި ކަމަލް އަދްވާން ހޮސްޕިޓަލް ހުސްކުރަން ޑޮކްޓަރުންނަށް މަޖުބޫރުވެފައިވާތީ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުން ޣައްޒާގެ އުތުރުގެ ސަރަޙައްދު ވަށާލައި ބޮން އަޅާތާ މިއަދަށް 25 ދުވަސް ވެފައިވާ އިރު، އެ ސަރަހައްދުގައި ގާތްގަނޑަކަށް ލައްކައެއްހާ މީހުން ތާށިވެފައި ތިބި ކަމަށް ބެލެވެއެވެ. މެޑިކަލް ނުވަތަ ކާބޯތަކެތީގެ ސާމާނު އެ ސަރަޙައްދުގައި ނެތް އިރު، އެހީގެ ތަކެތި ގެނައުމަށް އިޒްރޭލު ސިފައިން ދެކޮޅު ހަދަމުން އަންނަތާ ހަފްތާތަކެއް ވެއްޖެއެވެ.

މި ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ޣައްޒާއިން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 43،020 އަށް އަރާފައިވާ އިރު، އޭގެތެރެއިން 16،750 އަކީ ކުޑަކުދިންނެވެ. އަދި 10،000 އަށްވުރެ ގިނަ މީހުންގެ ހަށިތައް ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި އެބަތިބި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ

ޣައްޒާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އިސްރާއީލުގެ ދެ ސިފައިން މަރުވެ، ހަމަލާދިން ދެމީހުން ޝަހީދުވެއްޖެ

އިސްރާއީލުގެ ދެ ސިފައިން މަރުވެ، ހަމަލާދިން ދެމީހުން ޝަހީދުވެއްޖެ

3 ދުވަސް ކުރިން - 11:49

ޙަމާސް އާއި އިސްލާމިކް ޖިހާދުގެ ދެ ކޮމާންޑަރަކު ޝަހީދު ކޮށްލައިފި

ޙަމާސް އާއި އިސްލާމިކް ޖިހާދުގެ ދެ ކޮމާންޑަރަކު ޝަހީދު ކޮށްލައިފި

4 ދުވަސް ކުރިން - 11:21

ލޭއޮހޮރުވުމަށް ހުއްޓުމެއް ނެތް! ޣައްޒާގެ ޝަހީދުންގެ ޢަދަދު 75,000 އަށް!

5 ދުވަސް ކުރިން - 14:44

ޣައްޒާގެ ޒައިތޫން އަވަށަށް ބޮންއަޅައި މަދަނީއަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ޒައިތޫން އަވަށަށް ބޮންއަޅައި މަދަނީއަކު ޝަހީދުކޮށްލައިފި

6 ދުވަސް ކުރިން - 16:32

ޣައްޒާގެ ބައި މިލިއަން މީހުންނަށް ދެމުންދިޔަ ކާބޯތަކެތީގެ އެހީ ހުއްޓާލައިފި

ޣައްޒާގެ ބައި މިލިއަން މީހުންނަށް ދެމުންދިޔަ ކާބޯތަކެތީގެ އެހީ ހުއްޓާލައިފި

7 ދުވަސް ކުރިން - 12:36

ޣައްޒާ ސިޓީއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެއްޖެ

ޣައްޒާ ސިޓީއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެއްޖެ

10 ދުވަސް ކުރިން - 14:33