ލިވަޕޫލްގެ މުސްތަގުބަލާއި ބެހޭ ގޮތުން މުހައްމަދު ސަލާހު ދެއްކެވި ވާހަކަތަކުގެ މަގުސަދަކީ ރަނގަޅު ކޮންޓްރެކްޓެއް ހޯދުން ކަމަށް ގެރެތު ބޭލް ބުނާއިރު، ރިއޯ ފާޑިނަންޑް ސަލާހުގެ ތެދުވެރިކަމާއި ޕްރޮފެޝަނަލިޒަމް ދިފާއު ކުރޭ.
678 ދުވަސް ކުރިން - 09:05
ސްލޮވާން ބްރެޓިސްލާވާ އާއި ދެކޮޅަށް އޭސީމިލާން ކުޅުނު ޗެމްޕިއަންސް ލީގުގެ މުހިންމު މެޗަށް ޕޯޗުގަލްގެ ލިއާއޯ ފުރަތަމަ ބެހެއްޓީ ބެންޗުގައި. މީޑިއާގައި ލިއާއޯއާއި ދިމާކުރުމުން ބުނީ ގޯލެއް ޖަހުމުން އުފާ ވެއްޖެ ކަމަށް.
678 ދުވަސް ކުރިން - 12:19
އޭސީ މިލާނުގެ ކޯޗު ބުނީ ބޭނުންވަނީ ކަށވަރު ކަމާއެކު މޮޅުވާނެ ޓީމެއް މިރޭ ނެރެން. ގަދަ 24 އަށް ވަދެ ނޮކްއައުޓް ބުރުގެ ޕްލޭއޮފްގެ ޖާގައެއް ކަށަވަރު ކުރުމަށް މިރޭގެ މެޗް ވަރަށް މުހިންމު.
679 ދުވަސް ކުރިން - 14:15
މި ސީޒަން ނިމޭއިރު އެންމެ މަތީގައިވާ ދެ ޤައުމަށް ދެން އަންނަ ޗެމްޕިއަންސް ލީގުގެ އިތުރު ގޮނޑިއެއް ލިބޭނެ. ޓްރާންސްފަރމާކެޓުން ހާމަކުރި މަޢުލޫމާތުގެ މަތިން، 2024-25 ވަނަ އަހަރުގެ މުބާރާތްތަކަށް އިޓަލީ ވަރަށް ކައިރިކޮށްފި.
697 ދުވަސް ކުރިން - 10:00
ޗެމްޕިއަންސް ލީގުގެ 12 ވަނައިގަ އޮތް އާސެނަލް ރޭ މިލާން އަތުން ބަލިވިއިރު ފަހަކަށް އައިސް ރަށުން ބޭރުގައި ގޯލެއް ނުޖެހޭ. އޮޑެގާޑް އެނބުރި އަޔަސް، އުނދަގޫތައް ޙައްލުވާނެކަމަށް ނުފެނޭ.
699 ދުވަސް ކުރިން - 11:04
ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ މެޗުގައި ފޯމުގައި އޮތް ސްޕެއިނުގެ ބާސެލޯނާ ވަނީ ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް ކޮޅަށް 5 ލަނޑު ޖަހާފަ. 5-2 ގެ މި ނަތީޖާއާއެކު ގަދަ 16އިގެ ޖާގަ ގާތްގަނޑަކަށް ޔަޤީންވުމުމުގެ އުއްމީދު ކޯޗަށް އެބައޮތް.
699 ދުވަސް ކުރިން - 09:30
ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިލް އާއި ޔުވެންޓަސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ޔުވެންޓަސް ތާވަލުގެ 10 ވަނައިގައި އަދި ލިލް 12 ވަނައިގައި އޮތުމާއެކު ދެ ޓީމަށްވެސް މުހިންމު ނަތީޖާއެއް.
699 ދުވަސް ކުރިން - 16:47
ޗެމްޕިއަންސް ލީގުގައި މެޑްރިޑް ބަލިކޮށް މިލާން 6 ޕޮއިންޓާއެކު 18 ވަނައަށް އަރައިފި. ރެއާލް މެޑްރިޑަށްވެސް 6 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް 17 ވަނަ ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުން.
699 ދުވަސް ކުރިން - 16:12
ޔުއެފާ ޗެމްޕިއަންސް ލީގުގައި ލުއިސް ޑިއާޒްގެ ހެޓްރިކާއެކު ލިވަޕޫލް 4-0 އިން ލެވަކޫސަން ބަލިކޮށް، 4 މެޗުން 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިފި.
699 ދުވަސް ކުރިން - 12:47
ސިޓީގެ ފޯޑެން ގޯލެއް ޖަހާފައި ވަނިކޮށް ސްޕޯޓިންގެ ވިކްޓަރ ޖިއޮކެރެސްގެ ހެޓްރިކާއި މެކްސިމިލިއާނޯ އަރައުޖޯގެ ގޯލުން، މެންޗެސްޓާ ސިޓީ ބަލިވީ 1-4 ލަނޑުން. ހާލަންޑު ޖެހި ޕެނަލްޓީވެސް އަމާޒުވީ ގޯލު ދަނޑިއަށް.
700 ދުވަސް ކުރިން - 06:59
ސްޕޯޓިންގެ ކޯޗު އަދި ކުރިއަށް އޮތް ތަނުގައި ޔުނައިޓެޑްގެ ކޯޗު އަމޮރިމް ބުނީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަތުން މޮޅުވުމަށް އިސްކަންދޭ ކަމަށާއި ޔުނައިޓެޑާއިމެދު ވިސްނަން ފަށާނީ ނޮވެމްބަރު 11ގެ ފަހުން ކަމަށް.
700 ދުވަސް ކުރިން - 18:44
ރޭގެ މެޗުގައި ރަފީނިއާ ހެޓްރިކް ހެދިއިރު އޭނާގެ 3ވަނަ ގޯލަކީ ޒުވާން ޔަމާލްގެ އެހީތެރިކަމާއެކު ޖެހި ގޯލެއް. ބާސާއިން ކުޅުނު 3 މެޗުން 6 ޕޮއިންޓް ލިބުނުއިރު ބަޔާނަށް ތިންމެޗުން ލިބުނީ ތިން ޕޮއިންޓް.
712 ދުވަސް ކުރިން - 11:57