މިސީޒަން ނިމުމުން ކޮންޓްރެކްޓް ހަމަވާ ސަލާހު، ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި "މޯރ އައުޓް ދަ އިން" ކަމަށް ބުނުމުން ރެޑްސްގެ ލެޖެންޑް ޖޭމީ ކެރަގާ އެ ވާހަކަތަކަށް ފާޑުކިޔާއިރު، ރިއޯ ފާޑިނަންޑް ވަނީ ސަލާހުގެ ތެދުވެރިކަމާއި، ގޯލް ޖެހުމަށް ކުރާ މަސައްކަތަށް ތައުރީފުކޮށް ސަލާހު ދިފާއުކޮށްފަ އެވެ.
ރިއަލް މެޑްރިޑްގެ ކުރީގެ ވިންގާ ގެރެތު ބޭލް ލަފާދީފައި ވަނީ ލިވަޕޫލްގެ މުސްތަގުބަލުގެ ޔަގީންކަން ނެތް މައްސަލައިގައި މުހައްމަދު ސަލާހު ދެއްކި ވާހަކަތަކަކީ މާލީ ގޮތުން ބާރުއަޅާ ވާހަކަތަކެއް ކަމަށް ވެދާނެ ކަމަށެވެ.
މެޑްރިޑް އަތުން 2-0 އިން ލިވަޕޫލް މޮޅުވުމުގެ ކުރިން ވާހަކަ ދައްކަމުން ބޭލް ލަފާކުރި ގޮތުގައި ސަލާހުގެ ވާހަކަތަކަކީ "ތަންކޮޅެއް ގިނައިން ފައިސާ ހޯދުމަށް" ކަމަށް ވެދާނެ އެވެ.
އެ ޔަގީންކަން ނެތްކަމުގެ އަސަރު ސަލާހުއަށް ކުރި ކަހަލަ ގޮތަކަށް، މެޗުގެ ތެރޭގައި މުހިއްމު ޕެނަލްޓީއެއް އޭނާއަށް ގެއްލުނެވެ. ނަމަވެސް ލިވަޕޫލުން 2-0 އިން މޮޅުވިއިރު، އެލެކްސިސް މެކް އެލިސްޓާ އާއި ކޯޑީ ގަކްޕޯގެ ލަނޑުތަކުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރިއަލް މެޑްރިޑް ބަލިކޮށް ލިވަޕޫލް އޮތީ ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފައެވެ.
މި ސީޒަނަށްފަހު ސަލާހު ސައޫދީން ވެސް ފެނިދާނެ ކަމަށް ބުނެވެއެވެ. ލިވަޕޫލްގެ ސަޕޯޓަރުން މިހާރު އިންތިޒާރު ކުރަނީ އެ ޓީމުގެ ފޯވާޑުގެ މުސްތަގުބަލާ މެދުގައެވެ.









