ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްލޮވާން ބްރެޓިސްލާވާ އަތުން 3-2 އިން އޭސީ މިލާން މޮޅުވި މެޗުގައި ބެންޗުން ކުޅެން އެރި ޕޯޗުގަލްގެ ފޯވާޑް ރަފައެލް ލިއާއޯ ވަނީ މީޑިއާގައި އަމާޒުވި ފާޑުކިޔުންތަކަށް ކުޅުމުން ރައްދެއް ދީފައެވެ.
3 ލަނޑު ދެލަނޑުން މޮޅުވި މެޗު ފެށުމުގެ ކުރިން ވެސް މީޑިއާގައި އޮތީ ފޮންސެކާގެ ފުރަތަމަ 11 ގައި ލިއާއޯ ނުހިމެނިދާނެ ކަމަށެވެ. މެޗުން ވެސް ނުފެނިދާނެ ކަމަށެވެ.

ގުޅުން ހުރި ޚަބަރު: މިރޭ މެޗުން ލިއާއޯ ފެންނާނެތަ؟
ލިއާއޯ ކުޅެން އެރުވީ ދެވަނަ ހާފަށެވެ. އޭނާ އެރުވިތާ ވިއްސަކަށް މިނެޓްތެރޭގައި ގޯލެއް ޖަހައި، ފުރަތަމަ އެގާރައިގައި ހިމަނަން ޖެހޭކަން ސާބިތު ކޮށްދިނެވެ.
މެޗަށްފަހު ލިއާއޯ ބުންޏެވެ. “ފޮންސެކާއަށް އެނގޭ އަހަރެން ބެންޗުގައި އިށީންނަން ކަމުނުދާކަން، ކޯޗުގެ އުސޫލަށް އަހަރެން ތައުރީފުކުރަން”
ކޯޗު ޕައުލޯ ފޮންސެކާ ބުނީ ފުރަތަމަ 11 އަށް ރަފާ އަށް ޖާގަ ނުދިނީ ކީއްވެގެންކަން ވިސްނޭ ކަމަށާއި ރަފާ އަކީ މޮޅު ކުޅުންތެރިއެއް ކަމަށެވެ.
ރޭގެ މެޗުގައި އޭސީމިލާނުގެ އަނެއް ދެ ލަނޑު ޖެހީ ކްރިސްޓިއަން ޕުލިސިޗް އާއި ޓެމީ އަބްރަހަމް އެވެ.









