އެކްޓްރެސް މޯނީ ރޯއީ އޭނާގެ 38 ވަނަ އުފަންދުވަސް ފާހަގަކުރުމަށްޓަކައި އިއްޔެ ރާއްޖެއަށް ޒިޔާރަތްކޮށްފި. މިއަދު އުފަންދުވަސް ފާހަގަކުރާ މޯނީ، މާލެ އަތޮޅުގައި ހުންނަ ކޮކޯ ޕާމް ބޮޑުހިތި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދާކަމަށް މަޢުލޫމާތު ލިބިފައިވޭ.
689 ދުވަސް ކުރިން - 15:19
ޕަރްނީތީ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ރާއްޖޭގައި ހޭދަކުރި އުފާވެރި ވަގުތުތަކުގެ ބައެއް މަންޒަރުތައް ހިއްސާކޮށްފަ. އޭގެ ތެރޭގައި ދެމަފިރިން ރާއްޖޭގެ ގޮނޑުދޮށުގައި ގޮނޑީގައި އިށީނދެގެން ތިބޭ މަންޒަރާއި، ދޮންވެލިގަނޑުގައި "ހެޕީ އެނިވާސަރީ" ލިޔެފައިވާ މަންޒަރު ހިމެނޭއިރު ވޯޓަރ ވިލާތަކާ ކައިރީގައި ދެމަފިރިން ތިބޭ މަންޒަރާއި، ގޮނޑުދޮށުގައި އަތާއަތް ޖޯޑުކޮށްގެން ހިނގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް ހިމަނާފައިވޭ.
690 ދުވަސް ކުރިން - 07:29
ފިލްމް ފެޑަރޭޝަންގެ 13 ޖަޖުންގެ ޕެނަލަކުން ނިންމީ "ލާޕަތާ ލޭޑީސް" އޮސްކާއަށް ހުށަހަޅަން. މިފަހަރު އިންޑިއާގެ އޮސްކާ ސިލެކްޝަނަށް 22 ފިލްމަކުން ވާދަކުރާއިރު އޭގެ ތެރޭގައި 12 ހިންދީ ފިލްމާއި، 6 ތަމަޅަ ފިލްމާއި، 4 މަލަޔާލަމް ފިލްމު ހިމެނޭ.
693 ދުވަސް ކުރިން - 20:00
މި ކަން އޭނާ ހާމަކުރީ ނެޓްފްލިކްސްގެ މަޝްހޫރު ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރުމާ" ގެ ދެވަނަ ސީޒަންގެ އެޕިސޯޑެއްގައި. އާލިއާ ބަޓް ކިޔާފައި އޭނާއާ މުހާތަބުކުރުމުން، އޭނާގެ ނަމަކީ އާލިއާ ބަޓް ކަޕޫރް ކަމަށް އޭނާ ބުނެފައިވޭ.
699 ދުވަސް ކުރިން - 20:50
"ސްކުއިޑް ގޭމްސް" އަކީ ބޮލީވުޑް ފިލްމު "ލަކް" ގެ ކޮޕީއެއް ކަމަށް ބުނެ އޭގެ ޑައިރެކްޓަރު ސޯހަމް ޝާހް ދަޢުވާކޮށްފި. މި ދަޢުވާއާ ގުޅިގެން ސޯހަމް ވަނީ ނެޓްފްލިކްސްއާއި "ސްކުއިޑް ގޭމްސް" ގެ ޑައިރެކްޓަރާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައި.
700 ދުވަސް ކުރިން - 14:03
ސިދާތު އާއި އަދިތީގެ ދެމެދުގައި ލޯބީގެ ގުޅުން އުފެދުނީ 2021 ވަނަ އަހަރު "މަހާ ސަމުދުރަމް" ފިލްމުގެ ޝޫޓިންގ ތެރޭގައި. މި ދެ ތަރިން އެންގޭޖުވެފައިވަނީ މިދިޔަ މާޗު މަހުގައި.
701 ދުވަސް ކުރިން - 18:53
އަމީތާބް ބުނި ގޮތުގައި ކުރަފި މަރަން އުނދަގޫވާތީ، އޭނާ ބޭނުންކުރަނީ ޚާއްސަ ޕައުޑަރެއް. މި ޕައުޑަރު ފުޅިއަކަށް އަޅައި، ކުރަފި އޭގެ ތެރެއަށް ލައިގެން މަރާކަމަށް އޭނާ ބުނެފައިވޭ.
703 ދުވަސް ކުރިން - 15:18
މި ފިލްމަކީ ކައިވެނީގެ ވީޑިއޯ ސީޑީއެއް ވަގަށް ނެގުމާ ގުޅޭ ވާހަކައެއް. "ވިކީ ވިދްޔާ ކާ ވޯ ވާލާ ވީޑިއޯ" ގެ ޓްރެއިލާ ބުރާސްފަތި ދުވަހު ނެރުމާއެކު، އެއް ދުވަހުގެ ތެރޭގައި ޔޫޓިއުބްގައި 18 މިލިއަން ވިއުސް ލިބި، ބޮޑު ތަރުހީބެއް ލިބިފައިވޭ.
703 ދުވަސް ކުރިން - 15:17
ހަރުޝްވަރުދަން މި ޚަބަރު ހިއްސާކުރީ އެ ފިލްމުގެ ޕްރޮޑިއުސަރު ދީޕަކް މުކުތުއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު. ފިލްމުގެ ދެވަނަ ބައި އަންނަން ކަނޑައެޅިފައިވާ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވޭ. ނަމަވެސް، ފިލްމުގެ ފުރަތަމަ ބައިގެ މަގުބޫލުކަމަށް ބަލާއިރު، ގިނަ ބެލުންތެރިން މި ފިލްމުގެ ދެވަނަ ބަޔަށް ވެސް ބޮޑަށް އިންތިޒާރުކުރާނެ ކަމަށް ލަފާކުރެވޭ.
704 ދުވަސް ކުރިން - 00:30
14 އަހަރު ކުރިން އަކްޝޭ ލީޑު ރޯލު ކުޅުނު "ބޫލް ބުލައްޔާ" އަކީ ވަރަށް ކާމިޔާބު އަދި މިހާރުވެސް މަޤުބޫލު ފިލްމެއް. ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި، "ބޫލް ބުލައްޔާ"ގެ ފުރަތަމަ ފިލްމުގެ ކާސްޓުގައި ހިމެނުނު މުހިންމު ބައެއް އެކްޓަރުން "ބޫތު ބަންގްލާ" އިން ފެންނާނެކަމަށާއި އޭގެ ތެރޭގައި ޕަރޭޝް ރާވާލް، އަސްރާނީ އަދި ރާޖްޕަލް ޔާދާވް ހިމެނޭ.
704 ދުވަސް ކުރިން - 00:01
މި މަހުގެ 27 ވަނަ ދުވަހު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ ވަނީ ހަތަރު ބަހަކުން ނެރެފައި. އެއީ ތެލުގޫ، ހިންދީ، މަލަޔާލަމް އަދި ތަމަޅަ ބަހުން. މި ފިލްމުގައި ވިލަންގެ ރޯލު ކުޅޭ ސައިފް އަލީ ހާންގެ ގިނަ މަންޒަރުތަކެއް ވެސް ޓްރެއިލާގައި ފެނިގެންދޭ،
705 ދުވަސް ކުރިން - 23:36
ބޮލީވުޑްގެ މަޝްހޫރު ތަރި ދިޕިކާ ޕަޑުކޯން ވިހެއުމާ ގުޅިގެން، ހުވަދޫ އަތޮޅުގެ ކުޅަދާނާ ޓިކްޓޮކް ކުޅުންތެރިޔާ ނައުފަލް ނަސީމު ވަނީ އަޅިބޮނޑި އާއި ހިލިބޭސް ތައްޔާރުކުރުމުގައި އަވަދިނެތި މަސައްކަތް ކޮށްފައި. ނަމަވެސް، ދިޕިކާ ވިހައިގެން އޮތީ މުމްބާއީގެ ހޮސްޕިޓަލެއްގައި ކަން އެނގުމުން، ނައުފަލް ތައްޔާރުކުރި ތަކެތި ފޮނުވޭނެ ގޮތެއް ނެތްކަން އެނގި، އޭނާ ވަރަށް ބޮޑަށް ހިތާމަކޮށްފި.
708 ދުވަސް ކުރިން - 22:44