Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ލާޕަތާ ލޭޑީސް: އިންޑިއާގެ އޮސްކާ އުންމީދު

ލާޕަތާ ލޭޑީސް: އިންޑިއާގެ އޮސްކާ އުންމީދު

އައިޝަތު ރުވާ ރިފްޢަތު
647 ދުވަސް ކުރިން - 24 ސެޕްޓެންބަރު 2024 20:00
"ލާޕަތާ ލޭޑީސް"
"ލާޕަތާ ލޭޑީސް"
ޚުލާސާ

ފިލްމް ފެޑަރޭޝަންގެ 13 ޖަޖުންގެ ޕެނަލަކުން ނިންމީ "ލާޕަތާ ލޭޑީސް" އޮސްކާއަށް ހުށަހަޅަން. މިފަހަރު އިންޑިއާގެ އޮސްކާ ސިލެކްޝަނަށް 22 ފިލްމަކުން ވާދަކުރާއިރު އޭގެ ތެރޭގައި 12 ހިންދީ ފިލްމާއި، 6 ތަމަޅަ ފިލްމާއި، 4 މަލަޔާލަމް ފިލްމު ހިމެނޭ.

އިންޑިއާއިން އަންނަ އަހަރުގެ އޮސްކާ އެވޯޑްސްގައި ވާދަކުރަން ގެންދާ ފިލްމުގެ ގޮތުގައި "ލާޕަތާ ލޭޑީސް" ހަމަޖައްސައިފި އެވެ. ފިލްމް ފެޑަރޭޝަން އޮފް އިންޑިއާއިން މި ނިންމުން އިއްޔެ އިއުލާންކޮށްފައިވެއެވެ.

ފިލްމް ފެޑަރޭޝަންގެ 13 ޖަޖުންގެ ޕެނަލަކުން ނިންމީ "ލާޕަތާ ލޭޑީސް" އޮސްކާއަށް ހުށަހަޅަށެވެ. މިފަހަރު އިންޑިއާގެ އޮސްކާ ސިލެކްޝަނަށް 22 ފިލްމަކުން ވާދަކުރިއެވެ. އޭގެ ތެރޭގައި 12 ހިންދީ ފިލްމާއި، 6 ތަމަޅަ ފިލްމާއި، 4 މަލަޔާލަމް ފިލްމު ހިމެނެއެވެ.

"ލާޕަތާ ލޭޑީސް" އަކީ އާމިރް ހާންގެ ކުރީގެ އަންހެނުން ކިރަން ރާއޯ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ވާދަކުރާނީ އޮސްކާގެ ބެސްޓް ފޮރިން ފިލްމް ކެޓަގަރީންނެވެ. ކިރަންއާ އެކު މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އާމިރު ހާން އާއި ޖިޔޮތީ ދޭޝްޕާންޑޭ އެވެ.

Advertisement

Advertisement 1

މި ފިލްމަކީ އަލަތު ކައިވެނި ކޮށްގެން އުޅޭ ދެ އަންހެނަކު، ފިރިމީހާއާ އެކު ގެއަށް ދިއުމުގެ މަގުމަތީގައި އެމީހުންގެ ފިރިން އޮޅޭ ހިސާބުން ހިނގާ ތަފާތު ކަންތައްތަކެއް ދައްކާ އަސަރުގަދަ ފިލްމެކެވެ. މި ވާހަކައަކީ އިންޑިއާގެ ރަށްފުށު ހިސާބަކަށް ނިސްބަތްވާ ފަގީރު ބައެއްގެ ވާހަކައެކެވެ.

ފިލްމުގެ މުހިންމު ރޯލުތައް އަދާކޮށްފައިވަނީ ނިތަންޝީ ގޯއެލް، ޕްރަތީބާ ރަންތާ، ސްޕާޝް ޝްރިވަސްތާވް، ޗަޔާ ކަދަމް އަދި ރަވީ ކިޝަން އެވެ.

ފިލްމީ ދުނިޔޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާގެ 97 ވަނަ އެވޯޑް ހަފުލާ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޭގެ ތާރީޚު އަދި އިޢުލާންކޮށްފައެއް ނުވެއެވެ.

ބޮލީވުޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

1 ދުވަސް ކުރިން - 13:17

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

46 ދުވަސް ކުރިން - 14:37

އަކްޝޭގެ 'ބޫތު ބަންގްލާ' ބޮކްސް އޮފީހުގައި ރަސްކަން ކުރަނީ: 10 ދުވަހުން 150 ކްރޯޑްގެ ރެކޯޑް އާމްދަނީއެއް

'ބޫތު ބަންގްލާ'އަށް 150 ކްރޯޑްގެ އާމްދަނީއެއް ލިބިއްޖެ

67 ދުވަސް ކުރިން - 23:08

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބޭކަމުގެ އުފާވެރި ހަބަރު ދީފި

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބެނީ

75 ދުވަސް ކުރިން - 23:38

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާ އަރުޖުންތަ؟

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާތަ؟

82 ދުވަސް ކުރިން - 23:00

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

82 ދުވަސް ކުރިން - 17:08