ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރެއިން ރާޖްކުމާރް ރާއޯ އާއި ތުރިޕްތީ ދިމްރީ އެކުގައި ފުރަތަމަ ފަހަރަށް ކުޅެފައިވާ ކޮމެޑީ ފިލްމު "ވިކީ ވިދްޔާ ކާ ވޯ ވާލާ ވީޑިއޯ" ގެ ޓްރެއިލާ ބުރާސްފަތި ދުވަހު ނެރުމާއެކު، އެއް ދުވަހުގެ ތެރޭގައި ޔޫޓިއުބްގައި 18 މިލިއަން ވިއުސް ލިބި، ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ރާޖް ޝާންދިލްޔާ ޑައިރެކްޓުކޮށްފައިވާ މި ފިލްމަކީ ކައިވެނީގެ ވީޑިއޯ ސީޑީއެއް ވަގަށް ނެގުމާ ގުޅޭ ވާހަކައެއް ކަމަށް ބުނެވެއެވެ. މި ފިލްމުގައި 6 އަހަރުގެ މެދުކެނޑުމަކަށްފަހު ފިލްމީ ދާއިރާއަށް އަނބުރާ އައިސްފައިވާ މަލިކާ ޝެރާވަތުވެސް ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
ފިލްމުގެ ޓްރެއިލާއަށް ލިބުނު މި ބޮޑު ތަރުހީބާއެކު، ގިނަ ބަޔަކު މި ފިލްމަށް އިންތިޒާރުުކުރަމުންދާކަން ފާހަގަކުރެވެއެވެ. "ވިކީ ވިދްޔާ ކާ ވޯ ވާލާ ވީޑިއޯ" ފިލްމު ޕްރިމިއާކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.
މި ފިލްމުގެ ޓްރެއިލާއަށް ލިބުނު ތަރުހީބަކީ ފިލްމުގެ ކާމިޔާބީގެ ފެށުން ކަމުގައި ބެލެވޭއިރު، ގިނަ ބަޔަކު މި ފިލްމު ބަލަން ދާނެކަމަށް ލަފާކުރެވެއެވެ.









