ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ސިދާތު ސޫރިޔާނާރަޔަން އާއި ބޮލީވުޑްގެ ފަންނާނު އެކްޓްރެސް އަދިތި ރާއޯ ހައިދަރީ މިއަދު ކައިވެނީގެ ގުޅުމަކުން ގުޅިއްޖެއެވެ.
މި ދެ ތަރީގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައިވަނީ ތެލަންގާނާގެ 400 އަހަރު ވެފައިވާ ތާރީޚީ ފައްޅިއެއްގައެވެ.
ސިދާތު އާއި އަދިތީގެ ދެމެދުގައި ލޯބީގެ ގުޅުން އުފެދުނީ 2021 ވަނަ އަހަރު "މަހާ ސަމުދުރަމް" ފިލްމުގެ ޝޫޓިންގ ތެރޭގައެވެ. މި ދެ ތަރިން އެންގޭޖުވެފައިވަނީ މިދިޔަ މާޗު މަހުއެވެ. އަދި ކައިވެނި ކޮށްފައި މިވަނީ އޭގެ ހަތަރު މަސް ފަހުން މިއަދުއެވެ.
މި ދެ ތަރިންނަކީވެސް ކުރިން ކައިވެނިކޮށްފައިވާ ދެ ތަރިންނެވެ. ސިދާތުގެ ކުރީގެ އަނބިމީހާއަކީ މެގްނާ ނަރަޔަން އެވެ. އަދި އަދިތީގެ ކުރީގެ ފިރިމީހާއަކީ ސަތުޔާދީޕް މިޝްރާއެވެ.
މި ދެ ތަރިންގެ ކައިވެންޏާއެކު، ބޮލީވުޑް އަދި ދެކުނު އިންޑިއާގެ ސިނަމާ ދާއިރާގެ ގިނަ ބަޔަކު އުފާވެ، ސޯޝަލް މީޑިއާގައި މި ދެ ތަރިންނަށް ހެޔޮ އެދުންތައް ފޮނުވަމުންދާކަން ފާހަގަކުރެވެއެވެ. ސިދާތު އާއި އަދިތީގެ މުސްތަޤުބަލުގެ ފިލްމީ މަސައްކަތްތަކާ މެދު ވެސް ގިނަ ބަޔަކު ދަނީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ.









