ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ސްކުއިޑް ގޭމްސް" އަކީ ބޮލީވުޑް ފިލްމު "ލަކް" ގެ ކޮޕީއެއް ކަމަށް ބުނެ އޭގެ ޑައިރެކްޓަރު ސޯހަމް ޝާހް ދަޢުވާކޮށްފިއެވެ.

މި ދަޢުވާއާ ގުޅިގެން ސޯހަމް ވަނީ ނެޓްފްލިކްސްއާއި "ސްކުއިޑް ގޭމްސް" ގެ ޑައިރެކްޓަރާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ސޯހަމް ޝާހް ބުނީ ދެ އުފެއްދުމުގައިވެސް ހުރީ އެއްގޮތް ކެރެކްޓަރުތަކާއި ހާދިސާތަކެއް ކަމަށެވެ. ނަމަވެސް، ނެޓްފްލިކްސްއިން މި ދަޢުވާތައް ވަނީ ދޮގުކޮށްފައެވެ. އަދި "ސްކުއިޑް ގޭމްސް" އަކީ އޭގެ ޑައިރެކްޓަރުގެ އަމިއްލަ އުފެއްދުމެއް ކަމަށް ނެޓްފްލިކްސް އިން ވަނީ ބުނެފައެވެ.

މި މައްސަލަ ކުރިމަތިވެފައިވަަނީ "ސްކުއިޑް ގޭމްސް" ގެ ދެވަނަ ސީޒަން ޕްރިމިއާކުރާ ދުވަސް ކައިރިވަމުން އަންނަ ދަނޑިވަޅެއްގައެވެ. މި ސީޒަން ޑިސެމްބަރު 26 ގައި ޕްރިމިއާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މައްސަލައިގެ ޝަރީޢަތް ކުރިއަށްދާނެ ގޮތާއި، ދެފަރާތުން ހުށަހަޅާނެ ހެކިތަކަށް ގިނަ ބަޔަކު ވަނީ ޝައުޤުވެރިވެފައެވެ.