Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓްގެ ނަމަށް ކަޕޫރް އިތުރުކޮށްފި

ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓްގެ ނަމަށް ކަޕޫރް އިތުރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
699 ދުވަސް ކުރިން - 18 ސެޕްޓެންބަރު 2024 20:50
އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް / ފޮޓޯ: އިންޓަނެޓް
އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް / ފޮޓޯ: އިންޓަނެޓް
ޚުލާސާ

މި ކަން އޭނާ ހާމަކުރީ ނެޓްފްލިކްސްގެ މަޝްހޫރު ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރުމާ" ގެ ދެވަނަ ސީޒަންގެ އެޕިސޯޑެއްގައި. އާލިއާ ބަޓް ކިޔާފައި އޭނާއާ މުހާތަބުކުރުމުން، އޭނާގެ ނަމަކީ އާލިއާ ބަޓް ކަޕޫރް ކަމަށް އޭނާ ބުނެފައިވޭ.

ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް ވަނީ އޭނާގެ ނަމަށް ފިރިމީހާ ރަންބީރް ކަޕޫރްގެ އާއިލީ ނަން ކަމަށްވާ "ކަޕޫރް" އިތުރުކޮށްފައެވެ. މި ކަން އޭނާ ހާމަކުރީ ނެޓްފްލިކްސްގެ މަޝްހޫރު ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރުމާ" ގެ ދެވަނަ ސީޒަންގެ އެޕިސޯޑެއްގައެވެ.

އާ ސީޒަންީޒަންގެ ޓީޒާއެއް މިހާރު ވަނީ އާންމުކޮށްފައެވެ. މި ޓީޒާގައި އާލިއާ ބަޓް ކިޔާފައި އޭނާއާ މުހާތަބުކުރުމުން، އޭނާގެ ނަމަކީ އާލިއާ ބަޓް ކަޕޫރް ކަމަށް އޭނާ ވަނީ ބުނެފައެވެ. މި ކަމުން ފޭނުންނަށް ވަނީ ހައިރާންކަމެއް ލިބިފައެވެ. އެއީ، ރަންބީރް ކަޕޫރްއާ ކައިވެނިކުރި ފަހުން އޭނާގެ ނަމަށް ރަންބީރުގެ އާއިލީ ނަން އިތުރުކުރި ކަމަށް އާލިއާ މީގެ ކުރިން އެއްވެސް އިރަކު ބުނެފައި ނުވާތީއެވެ.

އާލިއާ އާއި ރަންބީރްގެ ކައިވެންޏަށް މިހާރު ވަނީ ދެ އަހަރު ފުރިފައެވެ. އަދި އެ ދެމަފިރިންނަށް ވަނީ ކުއްޖަކު ވެސް ލިބިފައެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި އާލިއާ ވަނީ ސޯޝަލް މީޑިއާގައި ވެސް "ކަޕޫރް" ނަން އިތުރުކޮށްގެން ބޭނުން ކޮށްފައިނުވެއެވެ.

Advertisement

Advertisement 1

"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރުމާ" ގެ ޝޯގެ ދެވަނަ ސީޒަންގެ އެޕިސޯޑަކަށް އާލިއާ އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޖިގްރާ" ގެ ޕްރޮމޯޝަނަށެވެ. މި ފިލްމުގައި އާލިއާއާއެކު ލީޑު ރޯލު ކުޅޭ ވެދަންގް ރައިނާ އާއި ކޯ-ޕްރޮޑިއުސަރު ކަރަން ޖޯހަރު ވެސް ކަޕިލް ޝޯއަށް މެހުމާނުންގެ ގޮތުގައި ދެއެވެ. އާލިއާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު ވެސް ކަމަށްވާ "ޖިގްރާ" ޕްރިމިއަރ ކުރަނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ.

ބޮލީވުޑްގެ ވަރަށް މަދު އަންހެން ތަރިއެއް ނޫނީ ކައިވެންޏަށް ފަހު ފިރިމީހާގެ އާއިލީ ނަން ނަމަށް އިތުރެއް ނުކުރެއެވެ. ފިރިމީހާގެ އާއިލީ ނަން ބޭނުންކުރާ މަޝްހޫރު ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި ކަރީނާ ކަޕޫރް ހާން އަދި އައިޝްވާރިޔާ ރާއީ ބައްޗަން ހިމެނެއެވެ. މިހާރު އާލިއާ ބަޓް ކަޕޫރް ވެސް މި ލިސްޓަށް އިތުރުވެއްޖެއެވެ.

ބޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

29 ދުވަސް ކުރިން - 20:37

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

47 ދުވަސް ކުރިން - 13:17

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

92 ދުވަސް ކުރިން - 14:37

އަކްޝޭގެ 'ބޫތު ބަންގްލާ' ބޮކްސް އޮފީހުގައި ރަސްކަން ކުރަނީ: 10 ދުވަހުން 150 ކްރޯޑްގެ ރެކޯޑް އާމްދަނީއެއް

'ބޫތު ބަންގްލާ'އަށް 150 ކްރޯޑްގެ އާމްދަނީއެއް ލިބިއްޖެ

113 ދުވަސް ކުރިން - 23:08

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބޭކަމުގެ އުފާވެރި ހަބަރު ދީފި

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބެނީ

121 ދުވަސް ކުރިން - 23:38

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާ އަރުޖުންތަ؟

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާތަ؟

128 ދުވަސް ކުރިން - 23:00