އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެކި ހިސާބުތަކުގައި ބަޑީގެ ޙަމަލާތަކެއް ދީފި ކަމަށާއި ބާރުގަދަ ދެ ބޮން ވެސް ގޮއްވާލާފައިވާ ކަމަށް ޚަބަރު ލިބިއްޖެ. މީހަކު މަރުވިކަމެއް ކަށަވަރުނުވޭ.
334 ދުވަސް ކުރިން - 00:43
އަފްޣާނިސްތާނު ބިންހެލުމާއި ގުޅިގެން ސަލާމަތްވީ މީހުންނަށް އެހީވުމަށް ޔޫކޭއިން 1.3 މިލިއަން ޑޮލަރު ދިންއިރު އީޔޫއިން 1.2 މިލިއަން ޑޮލަރާއި 185މިލިއަން ޑޮލަރުގެ ސާމާނު ފޮނުވާނެ.
371 ދުވަސް ކުރިން - 09:47
ރޭ އިރުމަތީ އަފްޣާނިސްތާނަށް އައި ބިންހެލުމުގައި ހަތަރު އަވަށް ސުންނާފަތިވެ 800 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެއްލި ޒަޚަމް ވެއްޖެ.
373 ދުވަސް ކުރިން - 17:53
އީރާނުން ޑީޕޯޓްކޮށްލި އަފްޣާނިސްތާނުގެ ރެފިއުޖީން ދަތުރުކުރި ބަސް އެކްސިޑެންޓްވެ އަލިފާން ރޯވުމުގެ ސަބަބުން 79 މީހުން މަރުވެއްޖެ. މީގެތެރޭގައި 19 ކުޑަކުދިން ވެސް ހިމެނޭ.
384 ދުވަސް ކުރިން - 01:01
ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، އަފްޣާނިސްތާން އަދި މޮރޮކޯ އިން 7 ޖޫން އަކީ ޢީދު ދުވަސް ކަމަށް ވަނީ ނިންމާފަ. އެމީހުން މިކަމުގައި ސަޢޫދީއަށް ބޯނުލަނބާ.
460 ދުވަސް ކުރިން - 17:02
ޕާކިސްތާނުން ތުހުމަތު ކުރަނީ އަފްޣާން ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް ހަމަލާދޭ ޖަމާޢަތްތަކަށް އަފްޣާން ސަރުކާރުން ހިމާޔަތް ދޭކަމަށް. ނަމަވެސް އެކަން އަފްޣާނުން ދޮގުކުރޭ.
533 ދުވަސް ކުރިން - 12:34
އިންޑިއާ ހިމެނޭ ގޮތަށް އަވަށްޓެރި އެއްވެސް ގައުމަކުން ޠާލިބާނުންގެ ވެރިކަމަކީ އަފްޣާނިސްތާނުގެ ސަރުކާރެއްގެ ގޮތުގައި ރަސްމީކޮށް ބަލައިނުގަނޭ. ނަމަވެސް، ވިޔަފާރިއާއި އެހީއާއި ސިއްހީ އެހީތެރިކަމަށް ކާބުލްގައި އިންޑިއާގެ ކުޑަ ޑިޕްލޮމެޓިކް މިޝަނެއް ހުރޭ.
608 ދުވަސް ކުރިން - 13:57
އަފްޣާނިސްތާނުގައި ޓްރެފިކް އެކްސިޑެންޓްތައް އާންމުވެފައިވަނީ އެޤައުމުގެ މަގުތަކުގެ ހާލަތު ދަށްވުމާއި، ހައިވޭތަކުގައި ދުއްވާއިރު ނުރައްކާތެރިކޮށް ދުއްވުމާއި، ހަދާފައި ހުންނަ ގަވާއިދުތައް ދޯހަޅިވުމުގެ ސަބަބުން.
628 ދުވަސް ކުރިން - 08:49
ރަޙްމާން ޙައްޤާނީ ޝަހީދުވީ އިއްޔެ މެންދުރު ނަމާދަށްފަހު ކާބުލްގެ މިސްކިތަކުން ނުކުތްއިރު ގޮއްވާލި ބޮމަކުން. އެމެރިކާއިން ވަނީ އޭނާ ހައްޔަރުކުރުމަށް އެހީތެރިވާ ފަރާތަކަށް 5 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމެއް ހުށަހަޅާފަ.
636 ދުވަސް ކުރިން - 16:01
ޕާކިސްތާނު-އަފްޣާނިސްތާން ސަރަޙައްދީ ރޮނގުގައި ހިނގި ހަމަނުޖެހުންތަކެއްގައި ޕާކިސްތާނުގެ 6 ސިފައިންނާއި 22 ހަނގުރާމަވެރިން މަރުވެއްޖެކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ހާމަކޮށްފި.
640 ދުވަސް ކުރިން - 11:58
އަފްޣާނިސްތާނުގައި ހިންގަމުންދިޔަ ޕޯލިއޯ ވެކްސިން ކޭމްޕްތައް ތާލިބާނުން ހުއްޓުވާލައިފިއެވެ. މިއީ ދުނިޔޭގައި ޕޯލިއޯ ނައްތާނުލެވި އޮތް ދެ ގައުމުންކުރެ އެއް ގައުމު. މި ހުއްޓުވުމުގެ ސަބަބުން ޕޯލިއޯ ނައްތާލުމުގެ މަސައްކަތަށް ބޮޑު ހުރަހެއް އެޅި، ބަލި އިތުރަށް ފެތުރުމުގެ ނުރައްކާ އޮތް އޮތްކަމަށް ސިއްޙީ ދާއިރާއިން ކަންބޮޑުވުން ފާޅުކޮށްފައިވޭ
721 ދުވަސް ކުރިން - 00:21