Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަފްޢާން ބިންހެލުން: އިނގިރޭސީންނާއި އީޔޫއިން ފައިސާ ދިންއިރު ސައޫދީ ހިމޭނުން

އަފްޢާން ބިންހެލުން: އިނގިރޭސީންނާއި އީޔޫއިން ފައިސާ ދިންއިރު ސައޫދީ ހިމޭނުން

ޢަބްދުﷲ ޖުނައިދު
278 ދުވަސް ކުރިން - 3 ސެޕްޓެންބަރު 2025 09:47
ބިންހެލުމާއި ގުޅިގެން އީޔޫގެ އެހީތައް އަފްޣާނިސްތާނަށް ގެންދަނީ / ފޮޓޯ: ޔޫރަޕިއަން ކޮމިޝަން
ބިންހެލުމާއި ގުޅިގެން އީޔޫގެ އެހީތައް އަފްޣާނިސްތާނަށް ގެންދަނީ / ފޮޓޯ: ޔޫރަޕިއަން ކޮމިޝަން
ޚުލާސާ

އަފްޣާނިސްތާނު ބިންހެލުމާއި ގުޅިގެން ސަލާމަތްވީ މީހުންނަށް އެހީވުމަށް ޔޫކޭއިން 1.3 މިލިއަން ޑޮލަރު ދިންއިރު އީޔޫއިން 1.2 މިލިއަން ޑޮލަރާއި 185މިލިއަން ޑޮލަރުގެ ސާމާނު ފޮނުވާނެ.

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ޠާލިބާން ސަރުކާރުން އެހީ އަށް އެދުމުން ޤައުމުތަކުން އެހީ ފޮނުވަން ފަށައިފިއެވެ. މިހާތަނަށް އެންމެ ގިނައިން ފައިސާ ދިނީ އިނގިރޭސީވިލާތުން ކަމަށް އަފްޣާނިސްތާުން ބުނެއެވެ. އެއީ 1.3 މިލިއަން އެމެރިކާ ޑޮލަރެވެ.

މި ބިންހެލުމުގައި މިހާތަނަށް 1،400 އަށް ވުރެ ގިނަ މީހުން މަރުވެ 3،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، އިތުރު އެތައް ހާސް ބަޔަކު ވަނީ ގެއްލިފައެވެ. އެ ޤައުމުގެ މަސްދަރުތަކުން ބުނާ ގޮތުގައި 8،000 އެއްހާ ގެދޮރު މުޅިން ހަލާކުވެފައިވާއިރު، ބިންހެލުން އައި ސަރަޙައްދުގެ މީހުން ބިރަށް ނިދަނީ ވެސް މަގުމަތީގައާއި ޕާކުތަކުގައެވެ.

Advertisement

Advertisement 1

ޙާލުގައި ޖެހިފައިވާ އަފްޣާނިސްތާނުގެ ކުދިންތަކެއް މަގުމަތީގައި ނިދާފައި: ބިންހެލުމުގައި ޙާލުގައި ޖެހުނު މީހުންގެ ޢަދަދު 1.3 މިލިއަން މީހުން ަށް އަސަރުކުރި. (ފައިލް ފޮޓޯ)

މި ބިންހެލުމާއި ގުޅިގެން ސަލާމަތްވީ މީހުންނަށް އެހީވުމަށް ސައުދީ އަރަބިއްޔާއިން އެއްވެސް ފައިސާއެއް ހަދިޔާ ކުރިކަން މިހާތަނަށް ޢާންމުކޮށް އިޢުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭއެސްރިލީފް) މެދުވެރިކޮށް 1،000 ފުޑް ބާސްކެޓާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. ސައުދީން ވަނީ މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ކިޔާފައެވެ.

އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަރުވެފައިވާ ބައެއް ކުދިންގެ ހަށިތައް ގެންދަނީ؛ މި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު ވަނީ 1400 އަށް އަރާފައި. / ފޮޓޯ: ގެޓީ

އަފްޣާނިސްތާނުގެ މީޑިއާތަކުން ބުނާ ގޮތުގައި ޔޫރަޕިއަން ޔޫނިއަނުން ވަނީ 1 މިލިއަން ޔޫރޯ (1.2 މިލިއަން އެމެރިކާ ޑޮލަރު) އާއި 130 ޓަނުގެ ކުއްލި ސާމާނު ފޮނުވާފައެވެ. މީގެ އިތުރުން ޖުމްލަ 185 މިލިއަން ޑޮލރުގެ އެހީގެ ސާމާނު އީޔޫއިން ވަނީ ދޭން ނިންމާފައެވެ. އަވަށްޓެރި އިންޑިއާއިން 1000 ޓެންޓާއި 15 ޓަނުގެ ކާބޯތަކެތި ފޮނުވާފައިވާއިރު، ޔޫއޭއީން ވަނީ ގެއްލިފައިވާ މީހުން ހޯދުމަށް ޓީމުތަކާއި ޓެންޓްތަކާއި ޞިއްޙީ ސާމާނު ފޮނުވާލާފައެވެ. އީރާނު ސަރުކާރުން ވެސް 80 ޓަނުގެ ފުށާއި ތެޔޮ ފޮނުވާފައިވާއިރު، ޗައިނާއިން ވަނީ މި ކާރިސާގައި އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުރިކަން ހާމަކޮށްފައެވެ.

ބިންހެލުން، ޒަލްޒަލާއަފްޣާނިސްތާންސައުދީ އަރަބިއްޔާޔޫރަޕިއަން ޔޫނިއަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، 12 މީހުން މަރުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، 12 މީހުން މަރުވެއްޖެ

13 ގަޑިއިރު ކުރިން - 11:06

އަފްޣާން ރައްޔިތުން ދަތުރުކުރި ލޮރީއެއް ފުރޮޅާލައި 18 މީހުން މަރުވެއްޖެ

އަފްޣާން ރައްޔިތުން ދަތުރުކުރި ލޮރީއެއް ފުރޮޅާލައި 18 މީހުން މަރުވެއްޖެ

9 ދުވަސް ކުރިން - 19:34

ހޯރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮވެއްޖެނަމަ ތެލުގެ ދަތިކަން ކުރިމަތިވެދާނެކަމުގެ އިންޒާރު އީޔޫގެ އެއާލައިންތަކުން ދީފި

ތެލުގެދަތިކަން ކުރިމަތިވެދާނެކަމުގެ އިންޒާރު އީޔޫގެ އެއާލައިންތަކުން ދީފި

58 ދުވަސް ކުރިން - 21:46

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސްފި

67 ދުވަސް ކުރިން - 12:34

އަރަބީންނަށްޓަކައި މިހިރީ ސާބިތުކަމާއެކު އީރާނާއި ދެކޮޅަށް: އީޔޫ

އަރަބީންނަށްޓަކައި މިހިރީ ސާބިތުކަމާއެކު އީރާނާއިދެކޮޅަށް: އީޔޫ

71 ދުވަސް ކުރިން - 23:45

އަފްޣާނިސްތާން - ޕާކިސްތާން ހަނގުރާމަ: އަފްޣާނިސްތާނުގެ 352 މީހުން މަރާލައިފި

އަފްޣާނިސްތާން-ޕާކިސްތާން ހަނގުރާމަ: އަފްޣާނިސްތާނުގެ 352 މީހުން މަރާލައިފި

100 ދުވަސް ކުރިން - 23:47