Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޮރޮކޯ އަދި ޕާކިސްތާނާއި އިންޑިއާއަށް ޢީދަކީ މާދަމާ

މޮރޮކޯ އަދި ޕާކިސްތާނާއި އިންޑިއާއަށް ޢީދަކީ މާދަމާ

ޢަބްދުﷲ ޖުނައިދު
460 ދުވަސް ކުރިން - 6 ޖޫން 2025 17:02
ރަޝިއާގައި މިއަދު ޢީދު ނަމާދު ކުރާއިރު މުޅި މަގުތައްވެސް ފުރިފައި - ހިތާމައަކީ ބައެއް މުސްލިމު ޤައުމުތަކުން ޢީދު ފާހަގަކުރުމުގައި ސަޢޫދީއަށް ބޯނުލަނބާތީ.
ރަޝިއާގައި މިއަދު ޢީދު ނަމާދު ކުރާއިރު މުޅި މަގުތައްވެސް ފުރިފައި - ހިތާމައަކީ ބައެއް މުސްލިމު ޤައުމުތަކުން ޢީދު ފާހަގަކުރުމުގައި ސަޢޫދީއަށް ބޯނުލަނބާތީ.
ޚުލާސާ

ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، އަފްޣާނިސްތާން އަދި މޮރޮކޯ އިން 7 ޖޫން އަކީ ޢީދު ދުވަސް ކަމަށް ވަނީ ނިންމާފަ. އެމީހުން މިކަމުގައި ސަޢޫދީއަށް ބޯނުލަނބާ.

އިއްޔެ އަކީ ޙައްޖު ދުވަހެވެ. މިއަދަކީ ޢިދުގެ ފުރަތަމަ ދުވަހެވެ. މިއީ ތައުޙީދުގެ ބިން ކަމަށްވާ ސަޢޫދީން ޢަމަލުކުރާ ގޮތެވެ. އެހެންނަމަވެސް، ބައެއް ޤައުމުތަކުން ސަޢޫދީއަށް ބޯނުލަނބަން ވެގެން މިއަދަކީ ޢީދުދުވަސް ނޫން ކަމަށް ނިންމައިފިއެވެ. އެ ޤައުމުތަކުގެ ތެރޭގައި ހިންދޫންގެ ސަރުކާރު އޮންނަ އިންޑިއާ އާއި، އެޤައުމާއި އިންވެގެން އޮތް ޕާކިސްތާނާއި ޠާލިބާނުން ވެރިކަންކުރާ އަފްޣާނިސްތާނާއި، ބަންގްލަދޭޝް، މަޣްރިބް ނުވަތަ މޮރޮކޯ ވެސް ހިމެނެއެވެ. އިންޑޮނޭޝިޔާގެ ބައެއް ގަބީލާތަކުގެ ވެސް މިއަދު ޢީދު ފާހަގަ ނުކުރެއެވެ.

މިޞްރުގައި މިއަދު ޢީދުކުޅިވަރު ކުޅެނީ.

Advertisement

Advertisement 1

މިދެންނެވި ޤައުމުތަކުން ވެސް މައްކާގައި އިއްޔެ ވަނީ ޙައްޖުގެ އަޅުކަން އަދާކޮށް މިއަދު ޢީދު ދުވަސް ފާހަގަ ކޮށްފައެވެ. ނަމަވެސް، އެޤައުމުގެ ސަރުކާރުތަކުން ބުނެފައި ވަނީ ޢީދަކީ މާދަމާއެވެ. މިއީ ސިޔާސީ ނިންމުންތަކެއް ކަމަށް ބެލެވެއެވެ.

މިއަދު ސަޢޫދީ ޢަރަބިއްޔާ އާއި ދިވެހިރާއްޖެ އަދި އެމިރޭޓްސް ފަދަ ޤައުމުތަކުގައި އަޟްޙާ ޢީދު ފާހަގަކޮށް އުޟުޙިއްޔާ ކަތިލާއިރު މިދެންނެވި ޤައުމިތަކުގެ ދީނީ ކޮމެޓީތަކުން (ސިޔާސީ ނުފޫޒު އޮންނަ ކޮމެޓީތަކުން ބުނެފައި ވަނީ) މި ތަފާތުވުން އައިސްފައިވަނީ ހަނދު ފެނުމުގެ މައްސަލައިގައި ޤައުމުތަކުގެ މެދުގައި ދެބަސްވުން އުފެދުމާ ގުޅިގެންނެވެ.

ޕާކިސްތާން، އަފްޣާނިސްތާން އަދި މޮރޮކޯ ވެސް ވަނީ އެ ޤައުމުތަކުގެ ހަނދު ބެލުމުގެ ކޮމިޓީތަކުގެ ނިންމުމާ އެއްގޮތަށް 7 ޖޫން އަކީ ޢީދު ދުވަސް ކަމުގައި އިޢުލާނުކޮށްފައެވެ. މި ޤައުމުތަކުން ވަނީ ސަޢޫދީ ޢަރަބިއްޔާގެ ނިންމުމަށް ތަބާނުވާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް މިޤައުމުތަކުގެ ސަރުކާރުގެ ނިންމުންތަކަށް ގޮންޖަހައި ބައެއް މީހުން މިއަދު ޢީދުކަމަށް ނިންމައިގެން އެބަތިއްބެވެ.

ފާހަގަކޮށްލަން ޖެހޭ މުހިންމު ކަމަކީ ޗެޗްނިއާ އަދި ރަޝިއާ ފަދަ ޤައުމުތަކުގައި މިއަދު ޢީދު ފާހަގަ ކުރިއިރު މަގުތައް ވެސް އޮތީ ޢީދު ނަމާދުކުރަން ތިބި މީހުންނާއިގެން ފުރިފައެވެ. ހިތާމައަކީ މުސްލިމު ވެރިކަން އޮންނަ ޤައުމުތައް ދެބައިވީމައެވެ. ވުމާއެކު، މި ދެބަސްވުމުގެ ސަބަބުން ދުނިޔޭގެ މުސްލިމު އުންމަތް ދެދުވަހަކަށް ބެހިގެން ޢީދު ފާހަގަކުރާ މަންޒަރު ފެންނާނެއެވެ.

ޢީދުޕާކިސްތާންއިންޑިއާމޮރޮކޯއިންޑޮނޭޝިއާއަފްޣާނިސްތާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަނަކް ކްރަކަތައޮ އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ބަންދުކުރި އިންޑޮނޭޝިއާގެ މައި އެއާޕޯޓުތައް އަލުން ހުޅުވައިފި

އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ބަންދުކުރި އިންޑޮނޭޝިއާގެ އެއާޕޯޓުތައް ހުޅުވައިފި

1 ގަޑިއިރު ކުރިން - 18:42

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

1 ގަޑިއިރު ކުރިން - 18:39

އިންޑޮނޭޝިއާގެ މާރުކޭޓެއްގައި ރޯވެ 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ!

އިންޑޮނޭޝިއާގެ މާރުކޭޓެއްގައި ރޯވެ 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ!

1 ދުވަސް ކުރިން - 20:12

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

އިންޑޮނޭޝިއާގެ އަލިފާންފަރުބަދައެއް ގޮވައި 6 އެއާޕޯޓެއް ބަންދުކޮށް، 1.5 ލައްކަ ފަސިންޖަރުން ތާށިވެއްޖެ

އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް ގޮވައި، 1.5 ލައްކަ ފަސިންޖަރުން ތާށިވެއްޖެ

3 ދުވަސް ކުރިން - 16:20

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެ، ފެތުރެމުންދާ ވަރުގަދަ ދުމުގެ އަސަރު މެލޭޝިއާއާއި ފިލިޕީންސަށް

އިންޑޮނޭޝިއާ އަލިފާނުގެ އަސަރު މެލޭޝިއާއާއި ފިލިޕީންސަށް

6 ދުވަސް ކުރިން - 12:45