
މި މެޗު ފްރާންސުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއިން. މި މެޗުގައި ގޯލުތައް ޖެހީ އެމްބާޕޭ އަދި ޑެމްބަލޭ. މިއީ އެމްބާޕޭ ވޯލްޑް ކަޕުގައި ކާމިޔާބުކުރި 20 ވަނަ ގޯލު. މި މޮޅާއެކު ފްރާންސް ވެފައިވަނީ ޖެހިޖެހިގެން ސެމީ ފައިނަލަށް ދަތުރުކުރި ތިން ވަނަ ގައުމަށް.
98 ދުވަސް ކުރިން - 03:18
މި މެޗު މޮރޮކޯ އިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއިން. ފުރަތަމަ ދެ ގޯލު ކާމިޔާބުކުރީ އަޒެދިން އޫނާހީ. ފަހު ގޯލު ޖެހީ ރަހީމީ. ކުއާޓާ ފައިނަލުގައި މޮރޮކޯ ބައްދަލުކުރަން ޖެހޭނީ ފްރާންސާއި ޕެރަގުއޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ.
103 ދުވަސް ކުރިން - 00:20
މޮރޮކޯ އެންމެ ފަހުން ކުޅުނު 33 މެޗުން ވެސް ބަލިވެފައި ނުވާ އިރު ގަދަ 16 އަށް ދަތުރުކުރީ ވަރުގަދަ ނެދަލެންޑްސް ޕެނަލްޓީ ޖަހައިގެން ބަލިކުރުމަށްފަހު. ކެނެޑާ ވަނީ ގަދަ 32 ގައި ދެކުނު އެފްރިކާ ބަލިކޮށް، ތާރީޚުގައި ފުރަތަމަ ފަހަރަށް ގަދަ 16 އިން ޖާގަ ހޯދާފަ.
103 ދުވަސް ކުރިން - 21:47