Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގިނަބަޔަކު ބުރަވަނީ މިރޭ މޮރޮކޯ އިން ކެނެޑާ ކަޓުވާލާނެ ކަމަށް

ގިނަބަޔަކު ބުރަވަނީ މިރޭ މޮރޮކޯ އިން ކެނެޑާ ކަޓުވާލާނެ ކަމަށް

ހުސައިން އިސްމާއިލް
1 ގަޑިއިރު ކުރިން - 4 ޖުލައި 2026 21:47
ފުޓްބޯޅަ އެނަލިސްޓުން ލަފާކުރާ ގޮތުގައި މިރޭ މޮރޮކޯ މޮޅުވުމުގެ ފުރުސަތު 53  ޕަސަންޓަށް ވުރެ ބޮޑު.
ފުޓްބޯޅަ އެނަލިސްޓުން ލަފާކުރާ ގޮތުގައި މިރޭ މޮރޮކޯ މޮޅުވުމުގެ ފުރުސަތު 53 ޕަސަންޓަށް ވުރެ ބޮޑު.
ޚުލާސާ

މޮރޮކޯ އެންމެ ފަހުން ކުޅުނު 33 މެޗުން ވެސް ބަލިވެފައި ނުވާ އިރު ގަދަ 16 އަށް ދަތުރުކުރީ ވަރުގަދަ ނެދަލެންޑްސް ޕެނަލްޓީ ޖަހައިގެން ބަލިކުރުމަށްފަހު. ކެނެޑާ ވަނީ ގަދަ 32 ގައި ދެކުނު އެފްރިކާ ބަލިކޮށް، ތާރީޚުގައި ފުރަތަމަ ފަހަރަށް ގަދަ 16 އިން ޖާގަ ހޯދާފަ.

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި މިރޭ ކެނެޑާއާ ދެކޮޅަށް ނުކުންނަ މެޗުން މޮޅުވާނެ ކަމަށް ގިނަ ބަޔަކު ބުރަވަނީ މޮރޮކޯ އެވެ. ދުނިޔޭގެ ރޭންކިންގެ 6 ވަނައިގައި އޮތް މޮރޮކޯ އާއި ކެނެޑާ ބައްދަލުކުރާ މި ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ހޫސްޓަންގައެވެ.

ފުޓްބޯޅަ އެނަލިސްޓުން ލަފާކުރާ ގޮތުގައި މިރޭ މޮރޮކޯ މޮޅުވުމުގެ ފުރުސަތު 53 ޕަސަންޓަށް ވުރެ ބޮޑެވެ.

އެނަލިސްޓުން ބުރަވާ ގޮތުގައި މިރޭ މޮރޮކޯގެ އިސްމާއިލް ސައިބާރީ ގޯލެއް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭއިރު، ކެނެޑާގެ ފަރާތުން އެންމެ ނުރައްކާ ކުރާނެ ކަމަށް ބެލެވެނީ ޖޮނަތަން ޑޭވިޑް އެވެ.

Advertisement

Advertisement 1

ދެޓީމުގެ ފޯނަށް ބަލާއިރު މޮރޮކޯ އެންމެ ފަހުން ކުޅުނު 33 މެޗުން ވެސް ބަލިވެފައި ނުވާ އިރު ގަދަ 16 އަށް ދަތުރުކުރީ ވަރުގަދަ ނެދަލެންޑްސް ޕެނަލްޓީ ޖަހައިގެން ބަލިކުރުމަށްފަހުއެވެ.

މުބާރާތް ބާއްވާ އެއް ގައުމުގެ ގޮތުގައި ކުޅޭ ކެނެޑާ ވަނީ ގަދަ 32 ގައި ދެކުނު އެފްރިކާ ބަލިކޮށް، ތާރީޚުގައި ފުރަތަމަ ފަހަރަށް ގަދަ 16 އިން ޖާގަ ހޯދާފައެވެ.

މޮރޮކޯގެ ވަރުގަދަ ސްކޮޑާއި ތަޖުރިބާއަށް ބަލާއިރު، މިރޭގެ މެޗު ކާމިޔާބުކޮށް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އެ ޓީމަށް ވަރަށް ބޮޑެވެ.

މޮރޮކޯކެނެޑާފީފާ ވޯލްޑް ކަޕް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެކްސިކޯ ސިޓީގައި އިނގިރޭސި ޓީމަށް ގޮންޖެހުންތަކެއް: ސަޕޯޓަރުންގެ އުނދަގުލާއި މޫސުމީ ބިރުވެރިކަން

މެކްސިކޯ ސިޓީގައި އިނގިރޭސި ޓީމަށް ގޮންޖެހުންތަކެއް: ސަޕޯޓަރުންގެ އުނދަގުލާއި މޫސުމީ ބިރުވެރިކަން

12 މިނެޓު ކުރިން - 23:27

އާޖެންޓީނާއިން ކޭޕް ވާޑޭ ދެކޮޅަށް ތަޅުވާލުމަށްފަހު ގަދަ 16 އަށް ދަތުރުކޮށްފި

އާޖެންޓީނާއިން ކޭޕް ވާޑޭ ދެކޮޅަށް ތަޅުވާލުމަށްފަހު ގަދަ 16 އަށް ދަތުރުކޮށްފި

17 ގަޑިއިރު ކުރިން - 05:56

60 އަހަރުވީ ރެކޯޑް! ހާނީގެ އަނިޔާ އާއި ބައިކޮޅަށް ޖެހި ގޯލް

60 އަހަރުވީ ރެކޯޑް! ހާނީގެ އަނިޔާ އާއި ބައިކޮޅަށް ޖެހި ގޯލް

20 ގަޑިއިރު ކުރިން - 02:58

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

1 ދުވަސް ކުރިން - 06:25

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

1 ދުވަސް ކުރިން - 06:12

އޮސްޓްރިއާ ބަލިކޮށް ސްޕެއިން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި

އޮސްޓްރިއާ ބަލިކޮށް ސްޕެއިން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި

1 ދުވަސް ކުރިން - 02:54