Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަލަބޮލި އެފްކޮން ފައިނަލަށް ފަހު ސެނެގާލް އާއި މޮރޮކޯ އަށް ސަސްޕެންޝަންތަކާއި ބޮޑެތި ޖޫރިމަނާތަކެއް

ހަލަބޮލި އެފްކޮން ފައިނަލަށް ފަހު ސެނެގާލް އާއި މޮރޮކޯ އަށް ސަސްޕެންޝަންތަކާއި ބޮޑެތި ޖޫރިމަނާތަކެއް

އައިޝަތު ރުވާ ރިފްޢަތު
213 ދުވަސް ކުރިން - 30 ޖެނުއަރީ 2026 21:17
އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗުގައި ސެނެގާލް އާއި މޮރޮކޯގެ ކުޅުންތެރިން ހަމަނުޖެހުން ހިންގަނީ. / ފޮޓޯ: ގެޓީ އިމޭޖަސް
އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗުގައި ސެނެގާލް އާއި މޮރޮކޯގެ ކުޅުންތެރިން ހަމަނުޖެހުން ހިންގަނީ. / ފޮޓޯ: ގެޓީ އިމޭޖަސް
ޚުލާސާ

މި ނިންމުމުގެ ދަށުން ސެނެގާލްގެ ފުޓްބޯޅަ ފެޑަރޭޝަން ވަނީ ޖުމްލަ 615,000 ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މޮރޮކޯގެ ފެޑަރޭޝަން ވަނީ ޖުމްލަ 315,000 ޑޮލަރުން ޖޫރިމަނާކޮށްފައި.

އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ފައިނަލް މެޗަށް ފަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، ސެނެގާލް އާއި މޮރޮކޯގެ ގައުމީ ޓީމުތަކަށް ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކަފް) އިން ބޮޑެތި ޖޫރިމަނާތަކަކާއި ސަސްޕެންޝަންތަކެއް ދީފި އެވެ.

މި މެޗަށް ފަހު ދަނޑުމަތީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކަފްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ ދެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަން ވެސް ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށެވެ. މީގެ އިތުރުން، ހަމަނުޖެހުމުގައި ބައިވެރިވި ދެ ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ކުރިއަށް އޮތް މެޗުތަކަށް ސަސްޕެންޑްކޮށްފަ އެވެ.

ކަފް އިން ހާމަކޮށްފައިވާ ގޮތުގައި މި ފިޔަވަޅުތައް އަޅަން ޖެހުނީ މެޗުގެ ފަހު ވަގުތު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހިނގި ކުރިމަތިލުންތަކުގެ ސަބަބުން ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް ފެނިގެން ދިއުމާ ގުޅިގެންނެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން މުބާރާތުގެ އަބުރާއި ގަދަރަށް އުނިކަން ލިބިފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.

Advertisement

Advertisement 1

މި ނިންމުމުގެ ދަށުން ސެނެގާލްގެ ފުޓްބޯޅަ ފެޑަރޭޝަން ވަނީ ޖުމްލަ 615,000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ. މިއީ އެ ޓީމުގެ ކުޅުންތެރިންނާއި ޓެކްނިކަލް ސްޓާފުންގެ ފަރާތުން ފެނިގެންދިޔަ ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކުގެ ސަބަބުން ދިން އަދަބެކެވެ. ސެނެގާލްގެ ކޯޗު ޕާޕޭ ތިއޯ ވަނީ 100,000 ޑޮލަރުން ޖޫރިމަނާކޮށް، ކުރިއަށް އޮތް އެފްކޮން ކޮލިފައިންގެ ހަ މެޗުގެ ތެރެއިން ފަސް މެޗަށް ސަސްޕެންޑްކޮށްފަ އެވެ. މީގެ އިތުރުން އެ ޓީމުގެ އިލީމަން އެންޑިއާއީ އާއި އިސްމާއިލާ ސާރް އަށް ވެސް ވަނީ ދެ މެޗުގެ ސަސްޕެންޝަނެއް ދީފަ އެވެ.

މޮރޮކޯގެ ފެޑަރޭޝަން ވަނީ ޖުމްލަ 315,000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ. މީގެ ތެރެއިން 200,000 ޑޮލަރަކީ މެޗުގެ ތެރޭގައި އެ ގައުމުގެ ބޯލް ބޯއީން، ސެނެގާލްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ބޭނުންކުރި ތުވާއްޔެއް އަތުލަން އުޅުމާއި، އޭނާގެ ސަމާލުކަން ގެއްލުވާލަން މަސައްކަތް ކުރުމުން ދިން ޖޫރިމަނާއެކެވެ. އަދި ވީއޭއާރު ރިވިއު އޭރިއާއަށް ވަދެ ރެފްރީގެ މަސައްކަތަށް ހުރަސްއެޅުމުން 100,000 ޑޮލަރުގެ ޖޫރިމަނާއެއް ވަނީ ދީފައެވެ. މީގެ އިތުރުން މޮރޮކޯގެ ސަޕޯޓަރުން ލޭޒަރު ބޭނުންކުރުމުން 15,000 ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ކުޅުންތެރިންނަށް ބަލާއިރު، މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ އަށް ދެ މެޗުގެ ސަސްޕެންޝަނެއް ދީފައިވާއިރު، އިސްމާއިލް ސައިބާރީ ވަނީ ތިން މެޗަށް ސަސްޕެންޑްކޮށްފަ އެވެ.

މި މައްސަލައިގައި ސެނެގާލްގެ މުހިންމު ބައެއް ކުޅުންތެރިންނަށް ސަސްޕެންޝަން އައުމަކީ އެ ޓީމަށް ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. ހަމައެފަދައިން، މޮރޮކޯގެ ޓީމަށް ވެސް މި ނިންމުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބެލެވެ އެވެ.

ކަފް އިން އިތުރަށް ބުނެފައިވަނީ، ފުޓްބޯޅަ ދަނޑުމަތީގައި މިފަދަ އަހުލާގީ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. ދެ ގައުމުގެ ފެޑަރޭޝަނުން މި ނިންމުން އިސްތިއުނާފު ކުރާނެ ކަމެއް އަދި ސާފެއް ނުވެ އެވެ.

މި މަހު 18 ވަނަ ދުވަހު ކުޅުނު މި މުބާރާތުގެ ފައިނަލް މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ސެނެގާލެވެ.

އިންޖަރީ ޓައިމްގެ ގޮތުގައި އަށް މިނެޓު ރެފްރީ ދެއްކި ނަމަވެސް މޮރޮކޯ އަށް ޕެނަލްޓީއެއް ދިން މައްސަލައިގައި ސެނެގާލްގެ ކުޅުންތެރިން ނުރުހުން ފާޅުކުރުމުގެ ސަބަބުން އިންޖަރީ ޓައިމް 23 މިނެޓަށްވުރެ ދިގުވެގެންދިޔަ އެވެ. ވީއޭއާރު ބެލުމަށްފަހު މޮރޮކޯއަށް ޕެނަލްޓީއެއް ދޭން ނިންމީ ސެނެގާލްގެ މަލިކް ޑިއޯފް، ބްރަހިމް ޑިއާޒް ކަރުގައި ހިފައި ވައްޓާލުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ސެނެގާލްގެ ގިނަ ކުޅުންތެރިންތަކެއް މެޗު ދޫކޮށް ޗޭންޖިން ރޫމަށް ދިޔަ އެވެ. ނަމަވެސް މައްސަލަ ހައްލުކުރުމަށް ސާޑިއޯ މާނޭ ވަނީ ކެޕްޓަންގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށްފަ އެވެ. ޗޭންޖިން ރޫމަށް ގޮސް ކުޅުންތެރިންނަށް ނަސޭހަތްދީ މެޗު ހުއްޓިފައި އޮތް ހިސާބުން ފެށުމަށް އޭނާ ވަނީ ކުޅުންތެރިންނަށް ހިތްވަރުދީފަ އެވެ.

އެފްރިކާސެނެގާލްމޮރޮކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޓްލާންޓިކް ކަނޑަށް ބޯޓެއް ބަންޑުންވެ 140 އަށްވުރެ ގިނަ ހިޖުރަވެރިން މަރުވެއްޖެ!

އެޓްލާންޓިކް ކަނޑަށް ބޯޓެއް ބަންޑުންވެ 140 އަށްވުރެ ގިނަ ހިޖުރަވެރިން މަރުވެއްޖެ!

35 ދުވަސް ކުރިން - 10:04

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

މޮރޮކޯ ބަލިކޮށް ފަރަންސޭސިވިލާތް ސެމީ ފައިނަލަށް، އެމްބާޕޭއަށް އަނިޔާގެ ކަންބޮޑުވުމެއް

53 ދުވަސް ކުރިން - 03:18

މޮރޮކޯ އިން ކެނެޑާ ބަލިކޮށް، ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި

މޮރޮކޯ އިން ކެނެޑާ ބަލިކޮށް، ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި

58 ދުވަސް ކުރިން - 00:20

ގިނަބަޔަކު ބުރަވަނީ މިރޭ މޮރޮކޯ އިން ކެނެޑާ ކަޓުވާލާނެ ކަމަށް

ގިނަބަޔަކު ބުރަވަނީ މިރޭ މޮރޮކޯ އިން ކެނެޑާ ކަޓުވާލާނެ ކަމަށް

58 ދުވަސް ކުރިން - 21:47

ވޯލްޑް ކަޕު ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ހޮލެންޑް، މޮރޮކޯ އަތުން ބަލިވެ މުބާރާތުން ކަޓައިފި

ވޯލްޑް ކަޕު ނަގާނެ ކަމަށް ބެލެވުނު ހޮލެންޑް ކަޓައިފި

62 ދުވަސް ކުރިން - 08:54

ސްކޮޓްލޭންޑް އަތުން ހޯދި މޮޅާއެކު މޮރޮކޯ އަށް ދެވަނަ ބުރުގެ އުންމީދު ބޮޑުވެއްޖެ

މޮރޮކޯ އަށް ދެވަނަ ބުރުގެ އުންމީދު ބޮޑުވެއްޖެ

73 ދުވަސް ކުރިން - 05:07