Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފައުންޑިންގ މެންބަރަކަށް ވުމަށް މޮރޮކޯ އިން އެދުމުން ފުރުޞަތެއް ނުދީ ބާރުތައް އެމެރިކާއަށް!

ފައުންޑިންގ މެންބަރަކަށް ވުމަށް މޮރޮކޯ އިން އެދުމުން ފުރުޞަތެއް ނުދީ ބާރުތައް އެމެރިކާއަށް!

ހުސައިން އިސްމާއިލް
139 ދުވަސް ކުރިން - 22 ޖެނުއަރީ 2026 10:25
މޮރޮކޯގެ ރަސްގެފާނު މުޙައްމަދު ހަވަނަ (ވ) ފުރަތަމަ އެދުނީ އެގްޒެކެޓިވް ބޯޑުން ފުރުސަތަކަށް. ލިބުނީ ޖެނެރަލް ކައުންސިލްގެ ފައުންޑިންގ މެންބަރުކަން. ޓްރަމްޕް (މ) ވަނީ ނަތަންޔާހޫ (ކ) ވެސް ޕީސް ބޯޑަށް ލާފަ.
މޮރޮކޯގެ ރަސްގެފާނު މުޙައްމަދު ހަވަނަ (ވ) ފުރަތަމަ އެދުނީ އެގްޒެކެޓިވް ބޯޑުން ފުރުސަތަކަށް. ލިބުނީ ޖެނެރަލް ކައުންސިލްގެ ފައުންޑިންގ މެންބަރުކަން. ޓްރަމްޕް (މ) ވަނީ ނަތަންޔާހޫ (ކ) ވެސް ޕީސް ބޯޑަށް ލާފަ.
ޚުލާސާ

މޮރޮކޯއިން އެދުނީ އެގްޒެކްޓިވް ބޯޑުގެ ފައުންޑިންގ މެންބަރަކަށް ވުމަށް. އެމެރިކާ އިން ބުނީ، ދެވޭނީ ޢާންމު މަޖިލީހުގެ ފައުންޑިންގ މެންބަރުކަމޭ.

ދުނިޔޭގެ ޞުލްޙަ ޤާއިމް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދި “ބޯޑް އޮފް ޕީސްގެ އެންމެ މުހިއްމު ނިންމުންތައް ނިންމާ ބޯޑު ކަމަށްވާ އެގްޒެކެޓިވް ބޯޑް”ގެ ފައުންޑިން މެމްބަރަކަށް ވުމަށްޓަކައި މޮރޮކޯގެ ރަސްގެފާނު މުޙައްމަދު ހަވަނަ އެދިވަޑައިގަތުމުން ވައިޓް ހައުސް އިން އެ ފުރުޞަތެއް ރަސްގެފާނަކަށް ނުދިނެވެ. އޭގެ ބަދަލުގައި އެ ބޯޑަށް ލާފައި ވަނީ އެމެރިކާއާއި އެމެރިކާގެ އައުވާނުންނެވެ. މޮރޮކޯ އަށް ދިނީ ޖެނެރަލް ކައުންސިލްގެ ފައުންޑިންގ މެންބަރު ކަމެވެ.

ޣައްޒާގެ ކަންކަމުގައި ވެސް، އަދި ދުނިޔޭގެ އެހެން ބޮޑެތި މައްސަލަތަކުގައި ވެސް މުހިއްމު ނިންމުންތައް ނިންމައި ޞުލްޙައިގެ ބޯޑަށް އިރުޝާދު ދޭނީ މިދެންނެވި “ބޯޑް އޮފް ޕީސް ގެ އެގްޒެކެޓިވް ކޮމިޓީ” އިންނެވެ. ޖެނެރަލް ކައުންސިލަކީ ކަންކަމުގައި މަޝްވަރާކޮށް ބަހުޘްކޮށް ތާއީދު ހޯދުމަށް އޮންނަ ކައުންސިލެކެވެ. މި ކައުންސިލުގައި ގިނަ ޤައުމުތައް ހިމެނޭނެއެވެ.

މެދުއިރުމަތީގެ ކަންކަމުގައި ރޭ ފޮނުވި ޓީވީ ބަހުޡެއްގައި ބޭރުގެ އެނަލިސްޓަކު ބުނީ މޮރޮކޯ އިން “ބޯޑް އޮފ ޕީސް”ގެ ހިންގާ ކޮމެޓީގައި ބައިވެރިވުމަށް ވަރަށް ގިނަ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ފުރުސަތު މޮރޮކޯ އަށް ނުދިން ކަމަށެވެ.

Advertisement

Advertisement 1

ޓްރަމްޕުގެ ޗެއާމަން ކަމުގެ ދަށުން ހިންގާ “ބޯޑް އޮފް ޕީސް ގެ އެގްޒެކްޓިވް ކޮމިޓީ” ގައި ތިބޭ މެމްބަރުންގެ ތެރޭގައި ހިމެނެނީ ޓްރަމްޕުގެ އިތުރުން ޔޫ.އެސް. ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި. މެދު އިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފް އަދި ވައިޓް ހައުސްގެ މުޝީރެއްގެ މަޤާމުގައި ހުރި ޓްރަމްޕްގެ ދަރިކަނބަލުންގެ ފިރިމީހާ ކަމަށް ވާ ކުޝްނަރއެވެ. މީގެ އިތުރުން ދެން ހުރީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލޭއާ އާއި، އެޕޯލޯ ގްލޯބަލް މެނޭޖްމަންޓްގެ ސީއީއޯ މާކް ރޯވާން އާއި ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ އަދި އެމެރިކާގެ ގައުމީ ސަލާމަތާއި ބެހޭ ކަންކަމުގައި ލަފާދޭ ރޮބަޓް ގެބްރިއަލްއެވެ.

މި ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ ސީދާ އެމެރިކާއަށް ނިސްބަތްވާ މެމްބަރުންނެވެ. އަނެއް ބަޔަކީ ހުޅަނގުގެ ސިޔާސީ އަދި މާލީ ނިޒާމުތަކާއި ވަރަށް ގާތުން ގުޅިފައިވާ މުއައްސަސާތަކުގެ މީހުން ކަމަށް ޚަބަރުތައް ބުނެއެވެ.

ސުލްހައިގެ ބޯޑްއެމެރިކާމޮރޮކޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

19 ގަޑިއިރު ކުރިން - 11:23

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

1 ދުވަސް ކުރިން - 10:24

އެމެރިކާއިން އީރާނަށް ވިސާ ދިނީ މެކްސިކޯގައި ބޭސް ވެގެން ތިބުމަށް މަޖުބޫރުކޮށްފަ

ވިސާ ދިނީ އީރާން ޓީމް މެކްސިކޯގައި ބޭސްވެގެން ތިބުމަށް މަޖުބޫރުކޮށްފަ

3 ދުވަސް ކުރިން - 09:14

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

6 ދުވަސް ކުރިން - 11:09

ކެލިފޯނިއާގައި މީހުން ރަހީނުކުރި މީހަކު އެފް.ބީ.އައި އިން ބަޑިޖަހައި މަރާލައިފި

ކެލިފޯނިއާގައި މީހުން ރަހީނުކުރި މީހަކު އެފް.ބީ.އައި އިން ބަޑިޖަހައި މަރާލައިފި

7 ދުވަސް ކުރިން - 22:13

ވޯލްޑް ކަޕް ބާއްވާ ސްޓޭޑިއަމްތަކުގެ ތަފްސީލް ހާމަކޮށްފި

ވޯލްޑް ކަޕް ބާއްވާ ސްޓޭޑިއަމްތަކުގެ ތަފްސީލް ހާމަކޮށްފި

7 ދުވަސް ކުރިން - 21:03