އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ތަމްރީނު ސިލްސިލާގެ ބައެއްގެ ދަށުން އައްޑޫ ސިޓީގެ 68 އިމާމުންނަށް އަމާޒުކޮށްގެން ތާޒާކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި.
675 ދުވަސް ކުރިން - 20:37
އައްޑޫ ސިޓީގައި ކުރި ވިއްސާރައިގައި ގެއްލުންވި ގޭގެއަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ފަށައި، ފުރާޅު އެއްލާލި ގެއެއްގައި ދިރިއުޅޭ 17 މީހުންނަށް ވަގުތީ ހިޔާވަހިކަން ހަމަޖައްސައިދިނުމާއި، އެހެނިހެން ގެއްލުންވި ގޭގެއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ.
675 ދުވަސް ކުރިން - 20:18
ރޭ 19:30 ހާއިރު އައްޑޫ ހިތަދޫ ފަޅުގޯއްޗެއްގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން 15 މިނެޓުގެ ތެރޭގައި ނިއްވާލައިފި. އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ.
689 ދުވަސް ކުރިން - 13:48
މިމަސައްކަތް ފަށައި ނިންމާނެ ކަމަށް ކުރީގެ ސަރުކާރުން ބުނި ކަމުގައިވިޔަސް އެކަމެއް އައްޑޫއަކަށް ނުކޮށްދިން. ނަމަވެސް މިސަރުކާރުން އަންނަ އަހަރު އެ މަސައްކަތް ފަށާނެ. ފައިސާވެސް މިހާރު ވަނީ ހަމަޖެހިފައި.
706 ދުވަސް ކުރިން - 11:16
ގަމުގައި ޑްރޯން ބޭސްއެއް ގާއިމުކުރަން ސަރުކާރުން ނިންމި ނިންމުމާމެދު މޭޔަރު ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައި، މިއީ އައްޑޫގެ ތަރައްޤީއަށް ހުރަސްއެޅިދާނެ ކަމެއްކަމަށާއި، މިކަން ނިންމާފައިވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމެއްނެތި ކަމަށް ވިދާޅުވެއްޖެ
725 ދުވަސް ކުރިން - 06:24
ފެނަކައިން ބުނެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރްއޯ ޕްލާންޓުގެ ބޯރްހޯލް ޕަންޕަށް މައްސަލައެއް ދިމާވެގެން ފެން ޕްލާންޓް ހުއްޓިފައިވަނީ މިއަދު ހެނދުނު ކަމަށާއި، މިހާރު އެ މައްސަލަ ޙައްލުކޮށް، ފެން ޕްލާންޓް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް.
736 ދުވަސް ކުރިން - 14:05
އައްޑޫ ސިޓީ މަރަދޫއިން ގެއްލިގެން ހޯދަމުންދިޔަ އަޙްމަދު ހާރޫން ނަމަކަށް ކިޔާ މީހަކު އެމީހާގެ ގޭގެ ގޯތިތެރޭގައި ވަކިން ހުންނަ ކޮޓަރިއަކުން ފެނިއްޖެ. އޭނާގެ ސިއްޙީ ހާލަތު ބެލުމަށް މަރަދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވޭ.
745 ދުވަސް ކުރިން - 20:17
ޝަހީމް ވިދާޅުވީ، ވަޤުފް މަޝްރޫއުއަށް ޕްރޮޕޯސަލް ހުށައެޅި ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައެޅީ އައްޑޫ ސިޓީ ކައުންސިލުންކަމަށާއި އެ ޕްރޮޕޯސަލްއާއެކު ކުރިއަށް ދިއުމަށް ނިންމާ އެ ޕްރޮޖެކްޓުގެ ފީޒިބިލިޓީ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް.
747 ދުވަސް ކުރިން - 15:37
އައްޑޫ ސިޓީގައި ބައިނަލްއަގްވާމީ ސީފުޑް ހަބެއް ޤާއިމްކުރުމަށް އެމްޕީއެލް އިން ރާވައިފައިވާއިރު މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ސީފުޑް ސަޕްލައި ކުރުމަށް ބޭރު ޤައުމުތަކުން އިމްޕޯޓްކުރާ މިންވަރު މަދުކުރެވޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވަނީ ވިދާޅުވެފައި.
749 ދުވަސް ކުރިން - 13:47
އިންވެސްޓަރުންނަށް މި މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަނީ ޖޮއިންޓް ވެންޗަރ، ކޮންޓްރެކްޓަރ ފައިނޭންސް އަދި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން. މި މަޝްރޫޢަކީ ރާއްޖެއަށް އެތެރެކުރެވޭ ފޭރާމުގެ މިންވަރު މަދުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއް.
750 ދުވަސް ކުރިން - 09:34