Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައްޑޫގައި ތަރައްޤީކުރާ ގާމެންޓް ފެކްޓްރީއަށް އިންވެސްޓްކުރުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލަނީ

އައްޑޫގައި ތަރައްޤީކުރާ ގާމެންޓް ފެކްޓްރީއަށް އިންވެސްޓްކުރުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލަނީ

އާނާ ފަހީމް
673 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2024 09:34
އައްޑޫގެ ގާމެންޓު ފެކްޓަރީ ސަރަހައްދުގައި ބީސީސީގެ އޮފިޝަލުން. ފޮޓޯ: ބީސީސީ
އައްޑޫގެ ގާމެންޓު ފެކްޓަރީ ސަރަހައްދުގައި ބީސީސީގެ އޮފިޝަލުން. ފޮޓޯ: ބީސީސީ
ޚުލާސާ

އިންވެސްޓަރުންނަށް މި މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަނީ ޖޮއިންޓް ވެންޗަރ، ކޮންޓްރެކްޓަރ ފައިނޭންސް އަދި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން. މި މަޝްރޫޢަކީ ރާއްޖެއަށް އެތެރެކުރެވޭ ފޭރާމުގެ މިންވަރު މަދުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއް.

އައްޑޫ ސިޓީގައި ޤާއިމްކުރާ ގާމެންޓް ފެކްޓްރީއަށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފްތާގައި އެ ފުރުޞަތު ހުޅުވާލާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި، ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ބީސީސީން މަޢުލޫމާތު ދީފައިވެއެވެ.

އިންވެސްޓަރުންނަށް މި މަޝްރޫޢު ހުޅުވާލަން ހަމަޖެހިފައިވަނީ ޖޮއިންޓް ވެންޗަރ، ކޮންޓްރެކްޓަރ ފައިނޭންސް އަދި ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ އުސޫލުންނެވެ.

Advertisement

Advertisement 1

ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވި ގޮތުގައި، މި މަޝްރޫޢަކީ އައްޑޫ ސިޓީގައި ފެހުމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭނެ ފަހި ފުރުޞަތެކެވެ. އަދި މި ފެކްޓްރީ މެދުވެރިކޮށް އުފައްދާ އުފެއްދުންތައް ފަސޭހައިން މާކެޓްކޮށް، ބާޒާރަށް ނެރުމަށް މަގުފަހިކޮށްދިނުމަކީ ބީސީސީގެ އަމާޒެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢާއެކު ރާއްޖެއަށް އެތެރެކުރާ ފޭރާމުގެ ބާވަތްތައް މަދުކޮށް، ވަޒީފާގެ އިތުރު ފުރުޞަތުތައް އިތުރުކުރުމަކީ ބީސީސީގެ އަމާޒެއް ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ އިސްނެގުމާއެކު ތަރައްޤީކުރާ މި ފެކްޓްރީއަކީ ފެހުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ވިޔަފާރިތަކަށް ފުރުޞަތު ފަހިވެ، ސަރުކާރުގެ ސިނާޢީ ތަރައްޤީގެ ހެޔޮ ބަދަލު އައްޑޫ ސިޓީއާއި މުޅި ރާއްޖެއަށް ފެނިގެންދާނެ ކަމެއް ކަމަށް ޒިޔާއު ވަނީ ވިދާޅުވެފައެވެ.

ގާމެންޓް ފެކްޓްރީ ޤާއިމްކުރުމަށް ބޭނުންވާ ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ބީސީސީއާއި އައްޑޫ ސިޓީ ކައުންސިލުން ސޮއިކުރީ 9 ޖޫން 2024 ގައެވެ. މި މަޝްރޫޢުގެ ދަށުން 30،000 އަކަފޫޓުގެ ބިމެއް ވަނީ ބީސީސީއަށް ކުއްޔަށް ދޫކޮށްފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އައްޑޫ ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

5 ދުވަސް ކުރިން - 20:34

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

51 ދުވަސް ކުރިން - 01:55

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

57 ދުވަސް ކުރިން - 00:42

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

57 ދުވަސް ކުރިން - 14:14

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

58 ދުވަސް ކުރިން - 10:11