އިސްރާއީލުގެ ކަމާބެހޭ ދެ އޮފިޝަލަކު ހާމަކުރި ގޮތުގައި، މި މައްސަލާގައި ތުހުމަތު ކުރެވޭ ޕައިލެޓް، އެއާލައިންގެ ވަޒީފާއަށް ވަދެފައިވަނީ ވެސް މަތިންދާބޯޓެއް ބޭނުންކޮށްގެން ނުރައްކާތެރި ޙަމަލާއެއް ދިނުމުގެ ނިޔަތުގަ.
10 ދުވަސް ކުރިން - 14:32
ބްރެންޓް ކްރޫޑްގެ އަގު ފީފާއަކުން 72 ސެންޓް (%0.71) ދަށްވެ، އޭގެ އަގު 101.59 ޑޮލަރަށް ތިރިވެފައިވާއިރު، ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ގެ އަގު ވަނީ ފީފާއަކުން 1.05 ޑޮލަރު ދަށްވެ، 90.05 ޑޮލަރަށް ވެއްޓިފަ.
10 ދުވަސް ކުރިން - 12:46

ހަމަލާތަކުގައި ހޫޘީންގެ ގިނަ އަދަދެއްގެ ހަތިޔާރާއި އަސްކަރީ އުޅަނދުތައް ހަލާކުކޮށްލެވިފައިވާ ކަމަށްވެސް ޔަމަނު ސަރުކާރުގެ ފައުޖުތަކުން ބުނޭ. ބޮޑު ސަރަޙައްދެއް އަދިވެސް އޮތީ ހޫޘީންގެ ބާރުގެ ދަށުގަ.
10 ދުވަސް ކުރިން - 10:02
ގަސްދުގައި ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދީ ޝަހީދުކުރުމަށްފަހު، އެއީ ހަނގުރާމަވެރިން ކަމަށް ދެއްކުމަށް އިޒުރޭލުން މަސައްކަތް ކުރޭ. މިއީ ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާންމު ފޮރުވުމަށްޓަކައި ޒަމާނުއްސުރެ އިޒުރޭލުން ކުރަމުން އަންނަ ކަމެއް ކަމަށް ފަލަސްތީނުގެ ހައްގުތަކާ ބެހޭ އދ. ގެ ޚާއްސަ ރެޕަޓުއަރ އަލްބަނީޒް ވިދާޅުވި.
10 ދުވަސް ކުރިން - 09:55
މީގެ ކުރިން އީރާނުން ލުބުނާނުގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވާކަމަށް ބުނެ، ލުބުނާނުގެ ސިޔާސީ ބައެއް ވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ. ޚާއްޞަކޮށް ލުބުނާނުގެ މައްސަލަތަކުގައި ބޭރުގެ އެއްވެސް ޤައުމަކުން "ބެލެނިވެރިކަން" ދައްކަން އުޅޭ އުޅުން ބަލައިނުގަނެވޭނެ ކަމަށް މީގެ ކުރިންވެސް ބޮޑުވަޒީރު ވިދާޅުވެފައިވޭ.
10 ދުވަސް ކުރިން - 09:45
ބާރުގެ ބޭނުން ކޮށްގެން އަދި އަސްކަރީ ކުރިމަތިލުންތަކުގެ ތެރެއިން މައްސަލަތައް ހައްލު ކުރުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަކީ ނާކާމިޔާބު ވެފައިވާ ސިޔާސަތެއް ކަމަށާއި، މައްސަލަ ހައްލުވާނެ ހަމައެކަނި ގޮތަކީ ޑިޕްލޮމެޓިކް ގޮތުން ކަމަށް އީރާނުން ބުނޭ.
10 ދުވަސް ކުރިން - 09:30
އިސްރާއީލު ސިފައިން ވަނީ ބަދަވީންނަށް ފެން ފޯރުކޮށްދޭ މަގުތަކާއި، ފެން ވަޅުތަކަށް ދެވޭނެ މަގުތައް ވެސް ބަންދުކޮށް، ވަކި ހުރަސްތަކެއް ޖަހާފައ. މިކަމުގެ ސަބަބުން ކުޑަކުދިންނާއި އާއިލާތަކަށް ބޭނުންވާ ޒަރޫރީ ފެން ނުލިބި، ދަނޑުވެރިކަމާއި ގެރިބަކަރި ގެންގުޅުމަށް ބަރޯސާވެފައިވާ މި މީހުންގެ ދިރިއުޅުން ވަނީ ހުއްޓުމަކަށް އައިސްފަ.
12 ދުވަސް ކުރިން - 09:15
ހުރްމުޒް ކަނޑުއޮޅީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ހުރެ އިރާގުން ބޭރުކުރާ ތެލަށް ބުރޫއެރުމުން، އޮގަސްޓް 1 ގައި ދެ ގައުމުން ވަނީ 1 އަހަރުގެ ވަގުތީ އެއްބަސްވުމެއްގާ ސޮއިކޮށްފަ. މި އެއްބަސްވުމުގެ ދަށުން ކިރްކުކް-ޖޭހާން ހޮޅިން ދުވާލަކު 750,000 ފީފާގެ ތެޔޮ ތުރުކީގެ ބަނދަރަށް ފޮނުވަން ވަނީ ނިންމާފަ.
12 ދުވަސް ކުރިން - 09:00
ޣައްޒާ ސިޓީގެ ގިނަ ބަޔަކު ހިޔާވަހިކަން ހޯދައިގެން ތިބި އެޕާޓްމަންޓަކަށް އަމާޒުކޮށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ބޮން އަޅައި ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުން ޝަހީދު ކޮށްލައިފި.
12 ދުވަސް ކުރިން - 08:40
މަދަނީ ބޭނުންތަކަށް ނިއުކްލިއާ މަޝްރޫޢު ހިންގުމަށް އެމެރިކާއާއި ސައޫދީ އާއި ދެމެދު ޖުލައި މަހު އެއްބަސްވެފައި ވާއިރު، ފަހުން އެމެރިކާ އިން ބުނީ އެކަން ކުރެވޭނީ އިޒުރޭލާއި އެކު ގުޅުން ޤާއިމް ކުރުމަށް ސައޫދީއިން އެއްބަސްވުމުން. ނަމަވެސް ސައޫދީން އެކަމަށް ރަސްމީ ޖަވާބެއް ދީފައެއް ނުވޭ.
12 ދުވަސް ކުރިން - 08:15

ޔަމަނުގެ ހަނގުރާމަ ވަރުގަދަވެ ފާއިތުވި 24 ގަޑިއިރުތެރޭ އެކަނިވެސް ޖުމްލަ 474 އަސްކަރީ ހަމަލާ ބަދަލުކުރެވި، 1,500 އަށް ވުރެ ގިނަ ހޫތީން މަރުވެ ޒަޚަމް ވެއްޖެ.
12 ދުވަސް ކުރިން - 07:57
މިއީ މެދުއިރުމަތީގެ މަސްރަޙު ގޯސްވެ، ހަކަތައިގެ ބާޒާރަށް ކުރިމަތިވެދާނެ ލޮޅުންތަކުން އަރައިގަތުމަށާއި، ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ޖީ7 ގެ ޤައުމުތަކުން ގުޅިގެން އަޅަން ނިންމި މުހިންމު ފިޔަވަޅެއް.
13 ދުވަސް ކުރިން - 21:34