ފީފާ ވޯލްޑް ކަޕަކީ އެއްބައިވަންތަކަމާއި ތަފާތުތަކަށް އިހުތިރާމްކުރުން ފާހަގަކުރާ މުނާސަބަތެއް ކަމަށާއި އަދި މި އަގުތަކާ ހިލާފަށް އަމަލުކުރާ އެއްވެސް މީހަކަށް ފުޓްބޯޅައިގެ ތެރެއިން ފުރުސަތެއް ނޯންނާނެ ކަމުގެ އިންޒާރު ފީފާއިން ވަނީ ދީފައި.
103 ދުވަސް ކުރިން - 19:18
މި މެޗުގެ ފަހު ވަގުތު ކޮޅުގައި މިސްރަށް ލިބެންޖެހޭ ދެ ޕެނަލްޓީއެއް ދީފައި ނުވާއިރު މިސްރުން ކާމިޔާބުކުރި ގޯލެއް އުފާފާޅުވެސް ކޮށް ނިމުނު ފަހުން ރެފްރީ ވަނީ ބާތިލުކޮށްފަ. އަދި އެއްމުބާރާތެއްގައި 2 ޕެނަލްޓީ މިސްކުރި ފީކަޅާ ރެކޯޑު މެސީ ވަނީ ހަދާފަ.
103 ދުވަސް ކުރިން - 23:38
ޑޮނަލްޑް ޓްރަމްޕް ސީދާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވައި ނުފޫޒު ފޯރުއްވުމުން، އެމެރިކާގެ ތަރި ފޯލަރިން ބަލޮގުންއަށް ދެއްކި ރަތްކާޑުގެ ސަސްޕެންޝަން ފީފާއިން އޮތީ އުވާލާފަ. މި ނިންމުމާއެކު އޭނާއަށް މެޗުގައި ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެމެރިކާގެ ޓީމަށް ބެލްޖިއަމް ހުއްޓުވޭ ގޮތެއް ނުވި.
104 ދުވަސް ކުރިން - 10:30
މުޅި މެޗުގައިވެސް ޕޯޗުގަލްގެ ފޯވާޑްލައިނަށް ސްޕެއިންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އުނދަގޫވިިއިރު، ރޮނާލްޑޯއަށް އެކަށީގެންވާ ވަރަށް އެހެން ކުޅުންތެރިންގެ އެހީތެރިކަމެއް ނުލިބޭ. މެޗުގެ ހަމައެކަނި ލަނޑު ސްޕެއިނުން ޖެހީ 90 މިނިޓްގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އާސެނަލްގެ މިޑްފީލްޑަރު މިކެލް މެރީނޯ.
104 ދުވަސް ކުރިން - 02:41
ސިޔާސީ ގޮތުންނާއި ދުނިޔޭގެ މަސްރަހުގައި ހިނގާ ކަންކަމުގެ ސަބަބުން ގިނަ ބަޔަކު މިރޭ އެމެރިކާ ބަލިވާތަން ދެކެން ބޭނުންވާއިރު، މި ކުރިމަތިލުން ވެގެންދާނީ މުޅި މުބާރާތުގައިވެސް ފެންނާނެ އެންމެ ފޯރިގަދަ އެއް މެޗަށެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިހު 5 ޖަހާއިރު އެމެރިކާގެ ލުމެން ފީލްޑް ސްޓޭޑިއަމްގައެވެ.
104 ދުވަސް ކުރިން - 23:09
ބޮސްނިއާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ބަލޯގަންއަށް ދެއްކި ރަތްކާޑު ސަސްޕެންޑް ކޮށް، އޭނާ އަށް މިރޭ ކުޅެވޭ ގޮތް ހަދައިފި. މިއީ ފީފާގެ ތާރީޚުގައި ސިޔާސީ ނުފޫޒުން ރަތްކާޑެއް ކެންސަލްކުރި ފުރަތަމަ ފަހަރު. އެއް އަހަރު ދުވަހުގެ ޕްރޮބޭޝަން މުއްދަތަކަށް ފަސްކޮށްދީފަ.
104 ދުވަސް ކުރިން - 23:05
މެޗުގައި ދެ ގޯލު ވެސް ޖެހީ ހާލަންޑު. ބްރެޒިލް އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ހިފޭ ގޮތް ވަނީ ނުވެފަ. ކުއާޓާ ގައި ނޯވޭ ބައްދަލުކުރަންޖެހޭނީ މިރޭ ފަތިހު ކުޅޭ މެކްސިކޯ-އިންގްލެންޑު މެޗުން މޮޅުވާ ގައުމަކާ ދެކޮޅަށް.
105 ދުވަސް ކުރިން - 03:02
ފަރަންސޭސިވިލާތަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ. މި ލަނޑާއެކު މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 7 އަށް އަރާފަ. ކުއާޓާ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ ޖުލައި 9 ވަނަ ދުވަހު ބޮސްޓަން ސްޓޭޑިއަމްގައި.
106 ދުވަސް ކުރިން - 08:23
މި މެޗު މޮރޮކޯ އިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއިން. ފުރަތަމަ ދެ ގޯލު ކާމިޔާބުކުރީ އަޒެދިން އޫނާހީ. ފަހު ގޯލު ޖެހީ ރަހީމީ. ކުއާޓާ ފައިނަލުގައި މޮރޮކޯ ބައްދަލުކުރަން ޖެހޭނީ ފްރާންސާއި ޕެރަގުއޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ.
106 ދުވަސް ކުރިން - 00:20
އިނގިރޭސި ޓީމުން ތިބޭ ވަކި ތަނެއް ސިއްރުކުރަން ބޭނުންވި ނަމަވެސް، އެ މަޢުލޫމާތު ވަނީ ލީކުވެފަ. މެކްސިކޯ ސިޓީގެ އުސްމިނުގެ ސަބަބުންނާއި، ކުރިއަށް އޮތް ގަދަ ވިއްސާރައިގެ ސަބަބުން މެޗަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ.
106 ދުވަސް ކުރިން - 23:27
މޮރޮކޯ އެންމެ ފަހުން ކުޅުނު 33 މެޗުން ވެސް ބަލިވެފައި ނުވާ އިރު ގަދަ 16 އަށް ދަތުރުކުރީ ވަރުގަދަ ނެދަލެންޑްސް ޕެނަލްޓީ ޖަހައިގެން ބަލިކުރުމަށްފަހު. ކެނެޑާ ވަނީ ގަދަ 32 ގައި ދެކުނު އެފްރިކާ ބަލިކޮށް، ތާރީޚުގައި ފުރަތަމަ ފަހަރަށް ގަދަ 16 އިން ޖާގަ ހޯދާފަ.
106 ދުވަސް ކުރިން - 21:47
މިއާމީގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެން. މެސީ އާއި ރޮމޭރޯ އަދި މާޓީނޭޒް އާޖެންޓީނާއަށް ލަނޑުތައް ކާމިޔާބުކޮށްދިންއިރު، ދެން އެ ޓީމު ބައްދަލުކުރާނީ މިސްރާ.
107 ދުވަސް ކުރިން - 05:56