Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓްރަމްޕު ނުފޫޒު ފޯރުވައި ހުރިހާ ބާރެއް ބޭނުންކުރީމާ ވެސް އެމެރިކާ ކަޓައިފި

ޓްރަމްޕު ނުފޫޒު ފޯރުވައި ހުރިހާ ބާރެއް ބޭނުންކުރީމާ ވެސް އެމެރިކާ ކަޓައިފި

ހުސައިން އިސްމާއިލް
53 ދުވަސް ކުރިން - 7 ޖުލައި 2026 10:30
ވޯލްޑްކަޕުން އެމެރިކާ ކަޓައިފި. ނުފޫޒު ބޭނުން ކުރުމުން ޓަރަމްޕަށް ބެލްޖިއަމުން ވަނީ މަލާމާތް ކޮށްފަ.
ވޯލްޑްކަޕުން އެމެރިކާ ކަޓައިފި. ނުފޫޒު ބޭނުން ކުރުމުން ޓަރަމްޕަށް ބެލްޖިއަމުން ވަނީ މަލާމާތް ކޮށްފަ.
ޚުލާސާ

ޑޮނަލްޑް ޓްރަމްޕް ސީދާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވައި ނުފޫޒު ފޯރުއްވުމުން، އެމެރިކާގެ ތަރި ފޯލަރިން ބަލޮގުންއަށް ދެއްކި ރަތްކާޑުގެ ސަސްޕެންޝަން ފީފާއިން އޮތީ އުވާލާފަ. މި ނިންމުމާއެކު އޭނާއަށް މެޗުގައި ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެމެރިކާގެ ޓީމަށް ބެލްޖިއަމް ހުއްޓުވޭ ގޮތެއް ނުވި.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި އެމެރިކާގެ މައްޗަށް ބެލްޖިއަމްއިން ހޯދި ބޮޑު ކާމިޔާބީއާއެކު، އެމެރިކާ މުބާރާތުން ކަޓައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސީދާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވައި ނުފޫޒު ފޯރުއްވުމުން، އެމެރިކާގެ ތަރި ފޯލަރިން ބަލޮގުންއަށް ދެއްކި ރަތްކާޑުގެ ސަސްޕެންޝަން ފީފާއިން އޮތީ އުވާލާފައެވެ. މި ނިންމުމާއެކު އޭނާއަށް މެޗުގައި ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެމެރިކާގެ ޓީމަށް ބެލްޖިއަމް ހުއްޓުވޭ ގޮތެއް ނުވިއެވެ.

މި މެޗުން ބެލްޖިއަމް މޮޅުވީ 4-1 ގެ ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ބެލްޖިއަމްއިން ކުޅުން ކޮންޓްރޯލް ކުރިއިރު، އެމެރިކާގެ ޑިފެންސަށް ވަނީ ބޮޑެތި ގޯސްތަކެއް ހެދިފައެވެ. ބެލްޖިއަމްގެ ފަރާތުން ފެނުނު މޮޅު ކުޅުމާއެކު، އެމެރިކާގެ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކޮށް، ބެލްޖިއަމް ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

އެމެރިކާގެ ސިއެޓްލްގެ ލޫމެން ފީލްޑްގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ 19 ވަނަ މިނެޓުގައި ބެލްޖިއަމްއަށް ގޯލް ކާމިޔާބުކޮށްދިނީ ހޭންސް ވަނާކެންއެވެ.

Advertisement

Advertisement 1

އެމެރިކާގެ ކޮޅަށް ބެލްޖިއަމް އިން މެޗުގެ 19 ވަނަ މިނެޓުގައި ލަނޑު ޖަހާ މަންޒަރު.

އޭގެ ފަހުން 34 ވަނަ މިނެޓުގައި ޗާލްސް ޑި ކެޓެލެއާ ވަނީ ބެލްޖިއަމްގެ ދެވަނަ ލަނޑު ޖަހައި، ލީޑު ފުޅާކޮށްދީފައެވެ. އެމެރިކާއިން އުންމީދެއް ހޯދީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި (45+1 މިނެޓުގައި) މަލިކް ޓިލްމަން ޖެހި ލަނޑުންނެވެ.

ނަމަވެސް ދެވަނަ ހާފުގައި ބެލްޖިއަމްއިން ވަނީ އެމެރިކާގެ ޑިފެންސް މުޅިން “ރޫޅާލާފައެވެ”. މެޗުގެ 52 ވަނަ މިނެޓުގައި ޗާލްސް ޑި ކެޓެލެއާ އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 3-1 އަށް ބަދަލުކުރިއެވެ. ބެލްޖިއަމްގެ ތަޖުރިބާކާރު ފޯވާޑް ރޮމެލޫ ކުލާކޫ ވަނީ މެޗުގެ 73 ވަނަ މިނެޓުގައި ބެލްޖިއަމްގެ ހަތަރުވަނަ ލަނޑު ޖަހައި އެމެރިކާ މުބާރާތުން ކަޓުވާލިކަން ކަށަވަރުކޮށްދީފައެވެ.

އެމެރިކާ ކޮޅަށް ގޯލު ޖެހުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ

މި މެޗުގެ ކުރިން ބޮޑު ހޫނުގަނޑެއް އުފެދުނީ ބޮސްނިއާ މެޗުގައި ބަލޮގުންއަށް ދެއްކި ރަތްކާޑުގެ ސަސްޕެންޝަން ފީފާއިން އުވައިލުމުންނެވެ. ޓްރަމްޕް ވަނީ މިއީ ރެފްރީގެ ވަރަށް ގޯސް ނިންމުމެއް ކަމަށް ވިދާޅުވެ، ފީފާގެ ރައީސްއާ ފޯނުން ވާހަކަދައްކަވައި، އެ ނިންމުން މުރާޖައާ ކުރުމަށް އެދިވަޑައިގެންފައެވެ. ފީފާގެ ބައެއް އުސޫލުތަކުގެ ބޭނުން ހިފައި، އެއް އަހަރުގެ ޕްރޮބޭޝަނެއްގެ ދަށުން ބަލޮގުންގެ ސަސްޕެންޝަން ފީފާއިން ފަސްކޮށްދިނެވެ.

މި ނިންމުމާ ގުޅިގެން ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އާއި ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ވަރަށް ބޮޑަށް ހޫނުވެ، ފާޑުކިޔާފައެވެ. ޔުއެފާއިން ބުނިގޮތުގައި ފީފާއިން އެ ނިންމި ނިންމުމަކީ ފުޓްބޯޅައިގެ ރަތް ރޮނގު ހުރަސްކުރުމެކެވެ. ބެލްޖިއަމްގެ އެޕީލް ފީފާއިން ބޭރުކޮށްލުމާ ގުޅިގެން، ބެލްޖިއަމްގެ ބޮޑުވަޒީރުވެސް ވަނީ މިއީ ސިޔާސީ ނުފޫޒުން ނިންމި ނިންމުމެއް ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާގައި ފާޑުވިދާޅުވެފައެވެ.

މެޗަށްފަހު ބެލްޖިއަމްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ޓްރަމްޕަށާއި އެމެރިކާއަށް ވަރަށް ބޮޑަށް މަލާމާތް ކޮށްފައެވެ. އެގޮތުން މެޗުގެ ފަހު ލަނޑަށްފަހު ބެލްޖިއަމްގެ ކުޅުންތެރިން ދަނޑުމަތީގައި ޓްރަމްޕްގެ މަޝްހޫރު ނެށުން ނަށައި އުފާފާޅުކުރިއެވެ. އަދި ބެލްޖިއަމް ފުޓްބޯޅަ އެސޯސިއޭޝަނުން ސޯޝަލް މީޑިއާގައި "މި ނިންމުންވެސް ބަދަލުކޮށްބަލަ" ޖަހައި، ޓްރަމްޕްގެ ނުފޫޒަށް ވަރުގަދަ ރައްދެއް ދީފައި ވެއެވެ.

އެމެރިކާބެލްޖިއަމްފީފާ ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

13 ގަޑިއިރު ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

6 ދުވަސް ކުރިން - 15:57

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

7 ދުވަސް ކުރިން - 22:08

ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދޭ ކަމަށް ބުނެ، އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް 1 ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

10 ދުވަސް ކުރިން - 17:33

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

12 ދުވަސް ކުރިން - 11:18

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

29 ދުވަސް ކުރިން - 22:24