ހުރްމުޒް ސަރަހައްދުން ތެޔޮ އެތެރެކުރުމުގެ ނެޓްވޯކެއް އެމެރިކާ އާއި ޔޫއޭއީ (ޔުނައިޓެޑް އަރަބް އެމިރޭޓްސް) އިން ހިންގަމުންދާ ކަމަށް އީރާނުގެ ސަލާމަތީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރެޒާއީ ތުހުމަތުކޮށްފިއެވެ.
އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ވަނީ މި ނެޓްވޯކްގެ މަގްސަދަކީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އެ ގައުމުގެ އިގްތިސާދަށް ގެއްލުން ދިނުމާއި، މިކަމުގެ ތެރެއިން ލާބަ ހޯދުން ކަމަށް ވިދާޅުވެފައެވެ.
މިފަދަ ހަރަކާތްތަކުގެ ސަބަބުން އެ ކަނޑުއޮޅީގެ ސަރަހައްދުގެ އަމަންއަމާންކަން ގެއްލި، ބައިނަލްއަގްވާމީ ގާނޫނުތަކާއި ހަމަތަކަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ވެސް އީރާނުގެ ސަލާމަތީ އިސްވެރިޔާ ފާހަގަކުރެއްވިއެވެ.


