Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްބާޕޭގެ ލަނޑާއެކު ޕެރަގުއޭ ބަލިކޮށް ފަރަންސޭސިވިލާތް ކުއާޓާ ފައިނަލަށް, ވާދަކުރަންޖެހޭނީ މޮރޮކޯއާ

އެމްބާޕޭގެ ލަނޑާއެކު ޕެރަގުއޭ ބަލިކޮށް ފަރަންސޭސިވިލާތް ކުއާޓާ ފައިނަލަށް, ވާދަކުރަންޖެހޭނީ މޮރޮކޯއާ

އައިޝަތު ރުވާ ރިފްޢަތު
55 ދުވަސް ކުރިން - 5 ޖުލައި 2026 08:23
މެޗުގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އެމްބާޕޭ---
މެޗުގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އެމްބާޕޭ---
ޚުލާސާ

ފަރަންސޭސިވިލާތަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ. މި ލަނޑާއެކު މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 7 އަށް އަރާފަ. ކުއާޓާ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ ޖުލައި 9 ވަނަ ދުވަހު ބޮސްޓަން ސްޓޭޑިއަމްގައި.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި 0-1 ގެ ނަތީޖާއަކުން ޕެރަގުއޭ ބަލިކޮށް، ފަރަންސޭސިވިލާތުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި މެޗުގައި ފަރަންސޭސިވިލާތަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭއެވެ. މި ލަނޑާއެކު މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 7 އަށް އަރާފައެވެ. މިއީ ލިއޮނަލް މެސީ މި މުބާރާތުގައި ޖަހާފައިވާ ލަނޑުގެ އަދަދާ އެއްވަރު އަދަދެއް ނަމަވެސް، އެސިސްޓް ގިނަވުމުގެ ސަބަބުން ރަން ބޫޓުގެ ރޭހުގައި މިވަގުތު ކުރީގައި އުޅެނީ އެމްބާޕޭއެވެ. މީގެ އިތުރުން، ވޯލްޑް ކަޕްގެ ތާރީހުގައި މެސީ ގާއިމުކޮށްފައިވާ 20 ލަނޑުގެ ރެކޯޑާ އަރާ ހަމަކުރުމަށް އެމްބާޕޭއަށް މިހާރު ބޭނުންވަނީ އެންމެ ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި، ކުރިން ކުޅުނު މެޗުގައި ޖަރުމަނު ބަލިކޮށް ހައިރާންކަން ގެނުވި ޕެރަގުއޭއިން ވަނީ ވަރަށް ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ފަރަންސޭސިވިލާތުން ވަނީ ކުޅުން ވަރުގަދަކޮށް ޕެރަގުއޭގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން އޮސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، މަނޫ ކޯނޭ ފޮނުވާލި ބާރު ހަމަލާ ޕެރަގުއޭގެ ކީޕަރު އޯލަންޑޯ ގިލް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

Advertisement

Advertisement 1

މި މޮޅާއެކު ފަރަންސޭސިވިލާތް ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ މޮރޮކޯއާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 9 ވަނަ ދުވަހު ބޮސްޓަން ސްޓޭޑިއަމްގައެވެ. މޮރޮކޯ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ގެ ބުރުގައި 0-3 ގެ ނަތީޖާއަކުން މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ ބަލިކުރުމަށްފަހުގައެވެ.

އެމްބާޕޭފްރާންސްޕެރަގުއޭފީފާ ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

7 ދުވަސް ކުރިން - 22:08

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

29 ދުވަސް ކުރިން - 22:24

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

40 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

40 ދުވަސް ކުރިން - 04:01

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

40 ދުވަސް ކުރިން - 03:01

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

41 ދުވަސް ކުރިން - 13:12