ސިޑިބަރި 50 ރުފިޔާއަށް އަދި ގޮނޑިބަރި 100 ރުފިޔާއަށް ވިއްކާއިރު، މާދަމާ ހަވީރު ރާއްޖެއާއި ޕާކިސްތާން ބައްދަލުކުރާ މެޗަށް 4000 ޓިކެޓު ދޫކުރާނެ. ފައިނަލް އޮންނާނީ ޖޫން 10 ގައި.
138 ދުވަސް ކުރިން - 10:38
75 އަހަރުގެ ކީގަންއަށް ކެންސަރު ޖެހިފައިވާކަން އޭނާގެ އާއިލާއިން އެންމެ ފުރަތަމަ ހާމަކުރީ މިއަހަރުގެ ޖެނުއަރީ މަހު. އެއީ ބަނޑުގެ މައްސަލަތަކަކާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް.
139 ދުވަސް ކުރިން - 06:44
މި އުފާފާޅުކުރުމުގައި ފިރިހެން ޓީމުގެ އިތުރުން، މި ސީޒަނުގައި ފީފާ ވިމެންސް ޗެމްޕިއަންސް ކަޕް ކާމިޔާބުކުރި އާސެނަލްގެ އަންހެން ޓީމުވެސް ވަނީ ބައިވެރިވެފަ. އިސްލިންގްޓަންގެ ފަސް މޭލުގެ ސަރަހައްދެއްގައި ބޭއްވި މި ރެލީ ނިންމާލާފައިވަނީ އެމިރޭޓްސް ސްޓޭޑިއަމް ކައިރިން.
141 ދުވަސް ކުރިން - 03:22
މިއީ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ސިފަކުރެއްވި. މި މައްސަލަ ހައްލުކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވެސް ދަނީ އެމެރިކާގެ ކޮންސިއުލޭޓާ ގުޅިގެން މަސައްކަތް ކުރަމުން.
141 ދުވަސް ކުރިން - 20:15
މިއީ ޔޫރަޕުގެ އެންމެ ބޮޑު މުބާރާތުގެ ފައިނަލުން އާސެނަލް ނަކާމިޔާބީއާ ކުރިމަތިލާންޖެހުނު ދެވަނަ ފަހަރު. ޕީއެސްޖީ މެޗު ކާމިޔާބުކުރީ ޕެނަލްޓީގައި ކުރި ހޯދައިގެން. ޕީސްޖީން ވަނީ މި ސީޒަނުގައި ފްރާންސް ލީގާއި، ފްރެންޗު ސުޕަ ކަޕާއި، ފީފާ އިންޓަ ކޮންޓިނެންޓަލް ކަޕުގެ އިތުރުން ޔޫއެފާ ސުޕަ ކަޕްވެސް ކާމިޔާބުކޮށްފަ.
142 ދުވަސް ކުރިން - 00:00
މި ސީޒަނުގައި އެއްވެސް ޑޮމެސްޓިކް ކަޕެއް ކާމިޔާބު ކުރެވިފައި ނުވާއިރު، ޖުމްލަ 19 މެޗުން އެ ޓީމު ވަނީ ބަލިވެފަ. ލިވަޕޫލުން އާ ކޯޗަކު ހޯދުމަށް މަސައްކަތް ފަށާފައިވާއިރު އެ މަގާމާ އެންމެ ގާތީ ބޯންމައުތަށް ލީގުގެ ހަވަނަ ހޯދައިދިން އެންޑޯނީ އިރައޯލާ.
142 ދުވަސް ކުރިން - 19:29
އާސެނަލްއަކީ މި މުބާރާތުގައި އެންމެ މަދު ގޯލު ވަދެފައިވާ އަދި އެންމެ ގިނަ ކްލީން ޝީޓް ހޯދާފައިވާ ޓީމު. އަދި ޕީއެސްޖީއަކީ މި މުބާރާތުގައި ގޯލަށް އެންމެ ނުރައްކާތެރި ޓީމު. ވަކި ވަކި ކުޅުންތެރިންނަށް ބަލާއިރު ޕީއެސްޖީގެ ބަލިފަޔަކީ އެޓީމުގެ ގޯލް ކީޕަރު ސަފޮނޯވް.
142 ދުވަސް ކުރިން - 14:46
މާޒީއަށް ބަލާއިރު 2010 ވަނަ އަހަރު މެސީ އަދި 2014 ވަނަ އަހަރު ރޮނާލްޑޯ ވޯލްޑް ކަޕް ކާމިޔާބު ނުކުރި ނަމަވެސް ބެލޮންޑިއޯ ހޯދާފައިވޭ. މިރޭ އާސެނަލްއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗަކީ ކްވަރަޓްސްކޭލިއާގެ ބެލޮންޑިއޯ ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބޭނެ އެންމެ ބޮޑު ފުރުސަތު.
142 ދުވަސް ކުރިން - 14:11
ނޭމާ ބަހައްޓާނެތޯ ނިންމުމަށް ބްރެޒިލުން ދީފައިވާ ތާރީހަކީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަސް. އެދުވަހަކީ މިސްރާ ދެކޮޅަށް ކުޅޭ މެޗު. އޭނާގެ ކަނާތު ފައިގެ ކޮފް މަސްގަނޑަށް ވަނީ 'ގްރޭޑް-ޓޫ' ގެ އަނިޔާއެއް ލިބިފައި. އެހެންކަމުން ޕެނަމާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ.
144 ދުވަސް ކުރިން - 19:47
ބުދު ވެއްޓި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި މަސައްކަތްތެރިން މިހާރު ދަނީ ބުދުގެ ކޮނޑުގައި ވާޖަހައި ހިފެހެއްޓުމުގެ މަސައްކަތް ކުރަމުން. މިއީ މިދިޔަ ޑިސެމްބަރު މަހު މެސީ އިންޑިއާއަށް ކުރި ދަތުރުގައި އޭނާއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ސަޕޯޓަރުން ބެހެއްޓި ބުދެއް.
144 ދުވަސް ކުރިން - 15:05
73 ވަނަ މިނެޓުގައި އޭނާ ދަނޑުން ފޭބީ ވާތު ފައިގެ ފަހަތް މަސްގަނޑުގައި ހިފަހައްޓައިގެން ހުރެ. އޭނާ ދަނޑުން ފޭބުމަށް އެދުނީ އަމިއްލައަށް.
146 ދުވަސް ކުރިން - 12:31
މި ސީޒަނުގައި ޗެލްސީއަށް ޔޫރަޕުގެ މުބާރާތުން ޖާގަ ނުލިބުނުއިރު ޓޮޓެންހަމް ހަނގުރާމަކުރީ ރެލިގޭޝަނުން ސަލާމަތްވޭތޯ. ލިވަޕޫލް މި ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާ.
147 ދުވަސް ކުރިން - 13:01